އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުންކުރާ ކުކިންގ އޮއިލް އިން ކެންސަރަށް މަގުފަހިވޭ: ދިރާސާ
އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުންކުރާ ކައްކާތެޔޮ ނުވަތަ ޔޫސްޑް ކުކިންއޮއިލް އަކީ ގޭގައި ވެސް އަދި ވިޔަފާރިކަމަށް ކާބޯތަކެތި އުފެއްދުމާއި ހިދުމަތްދޭ ވިޔަފާރިތަކުގައި ވެސް ވަރަށް ގިނައިން ބޭނުންކުރާ ތެލެކެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އަދި ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ތަކުރާރުކޮށް ތެޔޮ ބޭނުންކުރުމަކީ ކެންސަރު، ހިތުގެ ބަލި، އަދި ގުނަވަންތަކަށް ގެއްލުން ލިބޭ ފަދަ ބަލިތަކަށް މަގުފަހި ކޮށްދޭ ކަމެކެވެ.
އޮބްޒާވަރ ރިސާޗް ފައުންޑޭޝަނުން ނެރުނު އާ ރިޕޯޓެއްގައި ހާމަވެފައިވާ ގޮތުގައި އިންޑިއާގެ ކާބޯތަކެތީގެ ދާއިރާގައި ޔޫސްޑް ކޫކިން އޮއިލް (ޔޫސީއޯ) ޑައިވަރޝަން ކުރުމުން އާންމު ސިއްހަތަށް ކުރާ އަސަރާއި މިންވަރާ ބެހޭ ގޮތުން އާ ހޯދުންތަކެއް ހޯދިއްޖެ އެވެ. އެރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެއީ އެއްފަހަރަށް ވުރެ ގިނަފަހަރު ބޭނުންކޮށްފައިވާ ތެލުގައި ކާބޯތަކެތި ތައްޔާރު ކުރުމުން ދިމާވެދާނެ ސިއްޙީ ނުރައްކާ ދެނެގަނެ އެފަދަ ކަންކަމާއި ދެކޮޅަށް ވަކާލާތު ކުރުމުގެ ބޭނުމުގައި ގިނަބައެއްގެ އެހީތެރިކަމާއެކު ހެދިފައިވާ ދިރާސާއެކެވެ.
އިންޑިއާގައި ހެދިފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގަވާއިދުތަކުގައި އެއްވެސް ގޮތަކަށް ޔޫސްޑް ކުކިންގ އޮއިލް ބޭނުންކުރުން ގާނޫނާ ހިލާފުވި ނަމަވެސް އިންޑިއާގައި އުފެދޭ ޔޫސީއޯގެ ގާތްގަނޑަކަށް 60 ޕަސެންޓް އަނބުރާ ބޭނުންކުރާ ކަމަށް ރިޕޯޓުން ހާމަވެ އެވެ.
އަންގާރަ ދުވަހު ޝާއިއުކުރި މިރިޕޯޓުގައި އިންޑިއާގައި ޔޫސީއޯއާ ގުޅޭ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގަވާއިދުތަކަށް އަމަލުކުރުމަށް އަސަރުކުރާ މުހިންމު ރެގިއުލޭޓަރީ މައްސަލަތައް ދެނެގަނެ، ދުނިޔޭގެ އަދި ސަރަހައްދީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް ހައްލުތައް ހުށަހަޅާފައިވެ އެވެ.
ވިޔަފާރި ޔޫސީއޯ އުފެއްދުމާއި ކާބޯތަކެތީގެ ދާއިރާއަށް ޑައިވަރޝަންގެ މިންވަރު ދެނެގަތުމަށްޓަކައި، މިހާރު ކުރެވިފައިވާ މިދިރާސާގައި އިންޑިއާގެ ހަތަރު މެޓްރޯއެއް ކަމަށްވާ މުމްބާއީ، ނިއުދިއްލީ، ޗެންނާއީ، އަދި ކޮލްކަތާ ހިމެނެއެވެ.
ސާވޭގެ ހޯދުންތަކުން ދައްކާ ގޮތުގައި ކޮމާޝަލް ފުޑް ބިޒްނަސް އޮޕަރޭޓަރުން (އެފްބީއޯ) ތަކުން ޔޫސީއޯ އަލުން ބޭނުންކުރުމަކީ ނިއުދިއްލީ، ކޮލްކަތާ، އަދި މުމްބާއީގެ ކުދި ތަންތަނާއި މަގުމަތީގައި ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ޢާޢްމު ކަމެކެވެ.
މީގެ އިތުރުން އެފްބީއޯތަކުގެ މެދުގައި ޔޫސީއޯ އަލުން ބޭނުންކުރުމާ ބެހޭ ގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގަވާއިދުތަކަށް ހޭލުންތެރިވުމާއި އަމަލުކުރުން މަދުކަމުން ބަލިތަކުގެ ނުރައްކާ އިތުރުވުމާއި ސިއްހީ ނަތީޖާ ދަށްވަމުންދާކަމަށް މިރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ސާވޭގައި ބައިވެރިވި ސިޓީތަކުގެ ތެރެއިން އެފްބީއޯތަކުގެ މެދުގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގަވާއިދުތަކަށް އަމަލުކުރުން އެންމެ ގިނައިން ފެނިފައިވަނީ ޗެންނާއީގައި ކަމަށް ވެއެވެ.
“މި ސާވޭއިން އަޅުގަނޑުމެންނަށް ސާފުކޮށް ފެންނަނީ މާކެޓުގައި ބޭނުންކުރާ ބޭނުންކޮށްފައިވާ ކެއްކުމަށް ބޭނުންކުރާ ތެޔޮ ރެގިއުލޭޓް ކުރުމަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުމުގެ މަންޒަރެކެވެ. މިސާލަކަށް ބޭނުންކޮށްފައިވާ ކެއްކުމަށް ބޭނުންކުރާ ތެޔޮ އަނބުރާ އިންސާނުން ބޭނުންކުރުމަށް ދިމާވާ އާންމު ސިއްހަތަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަންކަން ނިންމުމަށް ސަރުކާރާއި މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭއިރު، މި ގޮންޖެހުން ހައްލުކުރުމަށް އިންޑިއާއަށް އެހީތެރިވުމަށް ނެސްޓޭއިން ވައުދުވެފައިވާއިރު، އަޅުގަނޑުމެން ފާހަގަކުރަން ބޭނުންވަނީ، އިންސާނުން ބޭނުންކުރާ ކެއްކުމަށް ބޭނުންކުރާ ތެޔޮ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އަމާޒުކޮށްގެން، އާންމު ސިއްހަތުގެ ނުރައްކާ ކުޑަކޮށް، މޫސުމީ ދަތިކަމާ ދެކޮޅަށް އިންޑިއާއަށް އެއްފަހަރާ ކުރިމަތިލެވޭނެ ކަމެވެ. ނެސްޓޭ އިން މިހާރުވެސް ދުނިޔޭގެ ބާޒާރަށް ލޯ އެމިޝަން އިއާދަކުރަނިވި ޑީސަލް އާއި ދެމެހެއްޓެނިވި އޭވިއޭޝަން ފިއުލް ފަދަ އިއާދަކުރަނިވި ތަފާތު އުފެއްދުންތައް އުފެއްދުމަށް ރޯ މެޓީރިއަލްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޯދާފައިވާ ބޭނުންކޮށްފައިވާ ކެއްކުމަށް ބޭނުންކުރާ ތެޔޮ ބޭނުންކުރެއެވެ.” ނެސްޓޭގައި ހުންނަ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ހެޑް އޮފް ޕަބްލިކް އެފެއާޒް ސްޓީވަން ބާތޮލޮމިއުޒް އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.
މީގެ އިތުރުން، ޒިންމާދާރު ސުލޫކީ ބަދަލާއި ކޮންސިއުމަރ ހޭލުންތެރިކަން އިތުރުކޮށް ރެގިއުލޭޓަރީ އަދި ޕޮލިސީ ފްރޭމްވޯކެއް އުފެއްދުމަށްޓަކައި ސަރުކާރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ އިދާރާތަކާއި، ޑޮކްޓަރުންނާއި، ނިއުޓްރިޝަނިސްޓުންނާއި ތަޖުރިބާކާރުންގެ ނެޓްވޯކްތަކާއި، އަމިއްލަ ފަރާތްތަކުގެ ޖަމިއްޔާތަކާ ދެމެދު އިތުރަށް އެއްބާރުލުން ދިނުމުގެ ބޭނުންތެރިކަން ރިޕޯޓް ނިންމާލަމުން ފާހަގަކޮށް ފައިވެއެވެ.
