ރިޕޯޓް

ޔޫކްރެއިން ހަނގުރާމައަށް 6 މަސްވީއިރު، ރަޝިއާއިން ދަނީ މަދު ފައިދާތަކަށް ބޮޑުއަގެއް ދައްކަމުން: ރިޕޯޓް

މީގެ ހަ މަސް ކުރިން ރަޝިޔާގެ ސިފައިން ޔޫކްރޭންގެ ދިފާއީ ބާރުތައް އަވަހަށް ފުނޑުފުނޑުކޮށް، އަވަސް ކާމިޔާބީއެއް ހޯދުމަށް އަޒުމް ކަނޑައަޅައިގެން ޔޫކްރޭނަށް ވަދެގަތެވެ. އެކަމަކު އެހެންވެފައެއް ނެތެވެ.

އޭގެ ބަދަލުގައި ރަޝިޔާގެ ހަލުވި ކުރިއެރުން މަޑުވެ، ޔޫކްރޭނުން ދަނީ ކަށިން ހިތްވަރުނަގާ ކުރިމަތިލާން ޖެހޭ ކޮންމެ ނުރައްކަލަކަށް ހިތްވަރާއެކު  ކުރިމަތި ލަމުންނެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ މި އަނިޔާވެރި ޖަރީމާފެށުނީ ފެބްރުއަރީ 24 ވަނަ ދުވަހު ޔޫކްރޭންގެ ބޯޑަރުތަކުގައި ތިބި އެތައް ލައްކަ ރަޝިޔާ ސިފައިން ޓޭންކްތަކާއި ހަނގުރާމައިގެ އެހެން ސާމާނާއެކު ޔޫކްރެއިނަށް އަރައިގަތުމަށް އަމުރު ކުރެއްވުމުންނެވެ. އިންފެންޓްރީ އާއި އާމަރ މޫވްމަންޓްތަކާއި ވައިގެ މަގުން ހަމަލާދޭ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔައީ ޔޫކްރޭންގެ ބިމަށް ދުރު ރާސްތާއަށް ހަމަލާދިނުމުންނެވެ.

ހަނގުރާމަ ފެށުމުގެ ކުރިން ތަޖުރިބާކާރުންގެ ތަހުލީލުތަކާއި ޖާސޫސީ ތަހުލީލުތަކުން ދެއްކި ގޮތުގައި ޔޫކްރޭނަށް މިހަނގުރާމައިގައި އެއްވެސް ފުރުސަތެއް ނެތި މަސްތަކެއްގެ ތެރޭގައި ހަނގުރާމައިގެ ކޮންޓްރޯލް ރަޝިއާއަށް ލިބި ހަނގުރާމަ ނިމުމަކަށް ހިނގައިދާނެ ކަމަށެވެ.

އެހެނެއްކަމަކު މިހަނގުރާމަފެށި ހަނގުރާމައިގެ ކުރީކޮޅު ރަޝިޔާސިފައިން ހެދި ގޯސްތަކެއް ސަބަބުން ރަޝިޔާގެ ވައިގެ ސިފައިންގެ ތެރެއިން ބަޔަކު ވީނުވީއެއް ނޭންގި ގެއްލިގެން ދިއުމާއި ހަތިޔާރުގެ އެއްބައިވަންތަ އޮޕަރޭޝަންތައް ރަޝިއާއިން ނުހިނގުން ފަދަ ކަންކަމުން ޔޫކްރޭނަށް ފަހި ފުރުސަތުތައް ލިބުނެވެ. އަދި ސަޕްލައިގެ މައްސަލަތަކާއި ރަޝިޔާގެ ސަފުތަކުގެ ތެރޭގައި ދިމާވި ހަމަނުޖެހުންތަކާއި ޑިސިޕްލިންގެ މައްސަލަތަކުގެ ތެރޭގައި ނުކިޔަމަންތެރިކަން ހިމެނޭތީ، ހަނގުރާމައިގައި ރަޝިޔާގެ އަސްކަރިއްޔާއަށް ނުހަނު ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތައް ކުރިމަތިވިއެވެ.  

ފުރަތަމަ ކިއެވް ވަށާލުމަށްފަހު، ޔޫކްރޭންގެ ދިފާއީ ސަރަހައްދުތަކަށް އަރައި އެ ސިޓީ ހިފުމަށް ރަޝިޔާގެ ސިފައިން ކުރި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ.

ޔުކްރެއިންގެ ވެރިރަށް އަތުލައިގަނެ ސަރުކާރު ވައްޓާލަން ނުކުޅެދިގެން ރަޝިޔާ ފަހަތަށް ޖެހި، އިރުމަތީ ޔޫކްރޭންގެ ޑޮންބާސް ސަރަހައްދަށް ފޯކަސް އަލުން އަމާޒުކޮށް، ފުރަތަމަ ބޮޑު ހަނގުރާމައިގެ ހަނގުރާމައާ އެއްގޮތް ކޯޅުންތަކެއް ހިނގައި، ޓްރެންޗް ހަނގުރާމަތަކާއި އާޓިލަރީގެ ވަރުގަދަ ބަދަލުތަކެއް ކުރިއަށް ގެންދިޔަ އެވެ.

ވްލަޑިމިއާ ޕޫޓިންގެ އެއްވެސް މަގުސަދެއް ރަޝިޔާއަށް ހާސިލެއްނުވި

ރަޝިޔާއިން ވަނީ ޔޫކްރޭންގެ ދެކުނުގެ އިރުމަތީ ސަރަހައްދާއި އައްސޭރިފަށުގައި އެގައުމުގެ ސަރަހައްދީ ހިއްސާތައް ފުޅާކޮށްފަ އެވެ. ނަމަވެސް ރަޝިޔާގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުގެ ބައެއްގެ ތެރޭގައި ރަޝިޔާގެ ސިފައިން މިހާރުވެސް ހިފާފައިވާ ނުވަތަ ހަނގުރާމައިގެ ކުރިން ރަޝިޔާގެ ތާއީދު އޮންނަ ވަކިވެގަތުމަށް މަސައްކަތްކުރާ ފަރާތްތަކުން ހިފެހެއްޓި ސަރަހައްދުތައް ނޫން އިތުރު އެއްވެސް ތަނެއް ނުހިމެނެއެވެ.

ހަނގުރާމައިގައި އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ ޖެނެރަލުންނާއި އިސް އޮފިސަރުން ގެއްލިފައިވާ ކަމަށާއި، އެންމެ ފަހުން ޕެންޓަގަން އިން ލަފާކުރާ ގޮތުގައި ޔޫކްރޭނުގައި ރަޝިޔާގެ ގެއްލުން ސިފައިންގެ އަދަދު 80،000 އަށް އަރާއިރު، 4،000 އާ ހަމައަށް އާމަރޑް ވެހިކަލް ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ދިފާއީ ދާއިރާގެ އިސް އޮފިޝަލަކު މި މަހުގެ ކުރީކޮޅު ވިދާޅުވީ މި އަދަދުތަކަކީ “ހަނގުރާމަ ފެށުނުއިރު ވްލަޑިމިއާ ޕޫޓިން އުންމީދުކުރި އެއްވެސް މަގުސަދެއް ރަޝިޔާއިން ހާސިލްކޮށްފައި ނުވާ ކަމަށް ބަލާއިރު ފާހަގަކޮށްލެވޭ އަދަދުތަކެއް” ކަމަށެވެ.

ޖުލައި މަހުގެ ފަހުކޮޅު ސީއައިއޭގެ ޑިރެކްޓަރު ވިލިއަމް ބާންސް ހާމަކުރެއްވި ގޮތުގައި އެމެރިކާގެ ޖާސޫސީ އިދާރާތަކުން ލަފާކުރާ ގޮތުގައި ރަޝިޔާގެ ހަނގުރާމައިގައި މަރުވެފައިވާ މީހުންގެ އަދަދު ގާތްގަނޑަކަށް 15،000 އަށް އަރާފައިވާއިރު، ޒަޚަމްވި މީހުންގެ އަދަދު ގާތްގަނޑަކަށް ތިން ގުނަ އަށް އަރަ އެވެ. އެ އަދަދުތައް އޭގެ ފަހުން ވަނީ މައްޗަށް ގޮސްފަ އެވެ.

ޔޫކްރޭންގެ ޓޮޕް ޖެނެރަލް ވެލެރީ ޒަލޫޒްނީ މި ހަފްތާގައި ވިދާޅުވީ ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތް ފަހުން ގާތްގަނޑަކަށް 9000 ސިފައިން ގެއްލިފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެއްބަޔަކަށްވެސް ބޮޑެތި ފައިދާތަކެއް ނުލިބޭ

ޔޫކްރޭނު ހަނގުރާމައަށް 6 މަސްވެފައިވާއިރު، ރަޝިޔާގެ ހަނގުރާމަވެރިންގެ މެޝިންތައް ގްރައުންޑް ވެގެން ހުއްޓިފައިވާހެން ހީވާ ކަމަށް ތަޖުރިބާކާރުންނާއި އަސްކަރީ ތަހުލީލުތަކުން ދައްކަ އެވެ.

“މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާނަމަ އަޅުގަނޑު ދަންނަވާނީ އެއްބަޔަކަށްވެސް މާބޮޑު ކުރިއެރުމެއް ނުލިބޭކަމަށް،” ” އެތަން މިތަނަށް ދެފަރާތުން ކުދިކުދި ހަމަލާތައް ދިން ނަމަވެސް އެއްވެސް ބަޔަކަށް ބޮޑެތި ފައިދާތަކެއް ނުހޯދައެވެ.” ސީއެންއޭ ރަޝިޔާގެ ތަޖުރިބާކާރު އަދި ސީއައިއޭގެ ކުރީގެ އަސްކަރީ ތަހުލީލު ކުރާ ޖެފްރީ އެޑްމަންޑްސް އިންސައިޑާ އަށް ވިދާޅުވި އެވެ.

އެމެރިކާގެ ދިފާއީ ދާއިރާގެ އިސް އޮފިޝަލަކު މިދިޔަ ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޕެންޓަގަންއަށް “ހަނގުރާމައިގެ މައިދާނުގައި ރަޝިޔާއަށް މާބޮޑު ކުރިއެރުމެއް ލިބޭތަން ނުފެންނަ ކަމަށާއި “ޔޫކްރޭނުގައި ރަޝިޔާގެ ބާރުތައް ދަށްވަމުން ދިއުމުން” ސުވާލު އުފެދޭ ކަމަށެވެ .

“ދެ ފަރާތުން ވެސް ތިބީ ފުދޭވަރަކަށް ވަރުބަލިވެފައި، އެކަމަކު ހާއްސަކޮށް ރަޝިޔާގެ ފަރާތުން މޮމެންޓަމް ދަމަހައްޓާކަށް ނުކެރޭނެ،” “އެމީހުންގެ ކިބައިގައި މެންޕަވަރެއް ނެތް؛ އެމީހުންގެ އަތުގައި އޮޕަރޭޝަނަލް ލެވެލްގައި ހަގީގަތުގައި ކުރިއަށް ގެންދާނެ މޯރަލް ނުވަތަ މޮމެންޓަމެއް ނެތް ” އެމެރިކާ ސިފައިންގެ ކުރީގެ ޓޭންކަރެއް ކަމަށްވާ އެޑްމަންޑްސް ބުންޏެވެ.

މާރިއުޕޯލް ފަދަ ޔޫކްރޭންގެ ބައެއް ސިޓީތައް ވަނީ މުޅިން ވެސް ހަލާކުވެފަ އެވެ. ރަޝިޔާގެ އަސްކަރިއްޔާއިން ޝީލްޑެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށް ބެލެވޭ ޒަޕޮރިޒްޒިއާ ނިއުކްލިއާ އިންޖީނުގެގެ ހިޔަނިގަނޑުގައި ތިބި މީހުން ފަދައިން، ރަޝިޔާގެ އުދުވާނީ އަމަލުތަކުގެ ސަބަބުން އަނެއް ބަޔަކު، ރަހީނުކޮށްފައިވެ އެވެ.

ހަ މަސް ދުވަހުގެ ހަނގުރާމައިގެ ސަބަބުން މުޅި ޔޫކްރޭންގެ ގިނަ ތަންތަނަށް ގެއްލުންވެ، އެގައުމުގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. ޔޫކްރޭނުން ވަނީ ރަޝިޔާގެ އެތައް ހަނގުރާމަވެރި ޖަރީމާތަކާއި އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެތައް ހާސް އާންމުންތަކެއް މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އެތައް މިލިއަން ޔޫކްރޭންގެ މީހުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ފިލަން ޖެހިފަ އެވެ.

ޔޫކްރޭންގެ ލީޑަޝިޕުން މި ހަފްތާގައި އިންޒާރު ދިން ގޮތުގައި ބުދަ ދުވަހު ޔޫކްރޭންގެ ރައްޔިތުން އެގައުމުގެ މިނިވަން ދުވަސް ފާހަގަކުރާއިރު ރަޝިޔާއަށް “ވަކިން ހުތުރު ކަމެއް، ވަކިން ނުބައި ކަމެއް” ކުރިއަށް ގެންދެވިދާނެ އެވެ. އެއީ ކޮން ގޮތަކަށް ވެދާނެ ކަމެއް އަދި ސާފެއް ނުވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close