ރިޕޯޓް

އިޒްރޭލު އުދުވާންގެ ތެރޭގައި އިސްލާމިކް ޖިހާދާއި، ހަމާސްގެ ނުތަނަވަސްކަން އިތުރަށް ގޯސްވި – ރިޕޯޓް

ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި އާދީއްތަ ދުވަހުގެ ރޭ ދިން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށިތާ ގަޑިއިރުތަކެއް ފަހުން، ހަމާސް އާއި އިސްލާމިކް ޖިހާދު އިން ވަނީ އެ ދެ ޖަމާއަތުގެ ދެމެދުގައިވާ ނުތަނަވަސްކަން އިތުރަށް ބޮޑުކުރުމުގެ ފުރުޞަތު އިސްރާއީލަށް ނުދޭނެކަން ހާމަކޮށްފައެވެ.

ނަމަވެސް، ފަލަސްތީނުގެ މަސްދަރުތަކުން ބުނެފައިވަނީ، ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި ހަމާސްއާއި އިސްލާމިކް ޖިހާދާ ދެމެދު މިހާރުވެސް އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ނުތަނަވަސްވެފައި ވަނީ، ހުކުރު ދުވަހުގެ މެންދުރުފަހު އިސްރާއީލާއެކު ފެށުނު ހަފްތާ ބަންދުގެ ހަނގުރާމައިގެ ސަބަބުން ކަމަށެވެ.

“އިސްލާމިކް ޖިހާދަށް ތާއީދުކުރާ ގިނަ ބަޔަކު ނާއުންމީދުވެ، މާޔޫސްވީ ހަމާސް އިން ހަނގުރާމައިގެ ތެރެއަށް ނުވަނުމުގެ ސަބަބުން، ހަމާސް އާއި އިސްލާމިކް ޖިހާދުގެ އިސް އޮފިޝަލުން ހަނގުރާމައިގެ ތިން ދުވަސް ވީއިރު ވެސް ސީދާ އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ނުދައްކާ. އެމީހުން މުއާމަލާތް ކުރަމުން ދިޔައީ ހަމައެކަނި ބޭރުގެ ޕާޓީތައް މެދުވެރިކޮށް، ހާއްސަކޮށް މިސްރާއި ގަތަރު މެދުވެރިކޮށް.” އެއް މަސްދަރަކުން ހޯމަ ދުވަހު ބުންޏެވެ.

އިސްރާއީލަށް ރޮކެޓް ހަމަލާތައް ދިނުމުގައި އިސްލާމިކް ޖިހާދާއި އެނޫންވެސް ހަތިޔާރުއެޅި ޖަމާއަތްތަކާ ބައިވެރިނުވުމުން ފަލަސްތީނުގެ އެހެން ފަރާތްތަކުން ހަމާސްއަށް ފާޑުކިޔުންވަނީ އިތުރުވެފައެވެ.

ހަމާސްގެ ފާޑުކިޔުންތެރިން ތުހުމަތުކުރާ ގޮތުގައި އިސްލާމިކް ޖިހާދުން ހަމާސްއަށް ބަހުގެ ހަމަލާތައް ދޭންފެށީ ހަމާސްއިން ހަނގުރާމައާ ނުގުޅިގެނެވެ. އެމީހުން ބުނަމުންދަނީ 2007 ވަނަ އަހަރުން ފެށިގެން ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލާއެކު އިތުރު އަސްކަރީ ކުރިމަތިލުމެއް ހިންގަން ބޭނުން ނުވަނީ، އައްސޭރިފަށުގެ އެންކްލޭވްގެ ކޮންޓްރޯލް ގެއްލިދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.

ހަމާސް އިން ބުނީ މިދިޔަ އަހަރު އިޒްރޭލާއި ހަމާސް އާ ދެމެދު ކުރި ހަނގުރާމައިގައި ފަލަސްތީނުން ދެއްކި ބޮޑު އަގަށް ބަލާއިރު، ޣައްޒާގައި ތިބި ފަލަސްތީނު ގެ އެހެނިހެން ޖަމާޢަތްތަކުން އިތުރު ހަނގުރާމައަކަށް ތައްޔާރަށް ނެތް ކަން ހަމާސް އަށް އެނގިފައިވާ ކަމަށެވެ.

ހަމާސްއަށް ފާޑުކިޔާ އެހެން ފަރާތްތަކުން ބުނަމުންދަނީ، އައި.ޑީ.އެފްގެ އަސްކަރީ ޙަމަލާތަކުގެ ސަބަބުން ޣައްޒާގައި ދެވަނައަށް އެންމެ ބޮޑު ހަތިޔާރުއެޅި ޖަމާޢަތް ކަމަށްވާ އިސްލާމިކް ޖިހާދުގެ ވާދަވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، ހަމާސްގެ ލީޑަރުން ހަޤީޤަތުގައި ވެސް ހިތާމަ ނުކުރައްވާ ކަމަށެވެ.

ފަލަސްތީނާއި އަރަބި ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމާސް އާއި އިސްލާމިކް ޖިހާދާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ފާއިތުވެދިޔަ އަހަރުތަކުގައި އިތުރުވެފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އިސްލާމިކް ޖިހާދަކީ ޣައްޒާގެ އެތެރޭގެ ބާރުގަދަ އަދި މިނިވަން ބާރަކަށް ބަދަލުވަމުން ދާ ޖަމާޢަތަކަށްވާތީ ހަމާސް އިން އޮތީ އެކަމާ ވަރަށްބޮޑަށް ހިތްހަމަނުޖެހިފައެވެ.

މި ނުތަނަވަސްކަން އެންމެ މައްޗަށް ގޮސްފައިވަނީ މިދިޔަ އަހަރު ހަމާސްގެ އިއްޒާދީން އަލް ޤައްސާމް ބްރިގޭޑްސްގެ މެމްބަރުން ތަކެއް އިސްރާއީލާ ދިމާއަށް ރޮކެޓް ހަމަލާތަކެއް ދޭން އުޅުނުއިރު އިސްލާމިކް ޖިހާދު ގެ މިލިޓަރީމީހުން އެކަމަށް ހުރަސްއަޅާފައި ވަނިކޮށެވެ.

ހަމާސް ޖަމާއަތުން ބުނީ ޣައްޒާގެ އެތެރޭގެ ޓެރަރިސްޓް ޖަމާއަތްތަކާއި އިސްލާމިކް ޖިހާދާއި ފަތަހް ޖަމާއަތާއި ޕޮޕިއުލަރ ފްރަންޓް ފޮރ ދަ ލިބަރޭޝަން އޮފް ޕަލެސްތައިން އާއި ޑިމޮކްރެޓިކް ފްރަންޓް ފޮރ ދަ ލިބަރޭޝަން އޮފް ޕަލެސްތައިންގެ އިތުރުން އިސްލާމިކް ސްޓޭޓް އިން ސްޕަވައިޓެޑް ސެލްތަކާއި ދެމެދު ގުޅުން ބަދަހިވަމުންދާތީ ވެސް ހަމާސް އިން ކަންބޮޑުވާ ކަމަށެވެ.

ހަމާސް އާއި އިސްލާމިކް ޖިހާދުގެ ލީޑަރުން ފާއިތުވި މަސްތަކުގައި ޣައްޒާ އާއި ލެބަނަންގައި ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަވާފައިވާއިރު، މިއީ ދެ ފަރާތުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އަސްކަރީ އަދި މަދަނީ އެއްބާރުލުން އަލުން އިއާދަކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ބައްދަލުވުންތަކެއް ކަމަށް ހަމާސް އިން ބުނެއެވެ.

އޮޕަރޭޝަން ބްރޭކިން ޑޯންގެ ފަހަތުގައި ވާ އިސްރާއީލުގެ އެންމެ ބޮޑު އެއް އަމާޒަކީ އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ކުރިމަތިލުން ކަމަށް އެ ދެ ޖަމާއަތުން މިހާރު ބުނަމުންދާ އިރު، ހަނގުރާމައިގެ ތެރޭގައި ހަމާސްއިން ބައިވެރި ނުވާން ނިންމި ނިންމުމާ ބެހޭ ގޮތުން އިސްރާއީލުގައި ދެކެވޭ ވާހަކަތަކުގެ ބޭނުމަކީ ފަލަސްތީނުމީހުންގެ މެދުގައި “ފިތުނަ އާއި ބައިބައިވުން އުފައްދަން” މަސައްކަތް ކުރުން ކަމަށް އެ ދެ ޖަމާއަތުން ދަނީ ތުހުމަތު ކުރަމުން ނެވެ.

މި ދަޢުވާއަށް ރިޢާޔަތްކޮށް، ހަމާސް އާއި އިސްލާމިކް ޖިހާދުގެ ލީޑަރުން މިހާރު ފަޚުރުވެރިވަމުން ދަނީ، ފަލަސްޠީނުގެ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށް އިސްރާއީލުން ރާވާ ކަމަށް ބުނާ ރޭވުން ނާކާމިޔާބު ކޮށްލެވިފައިވާތީއެވެ.

އެހެންވެ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި އޭނާގެ ޖަމާއަތުގެ އެހެން ލީޑަރުން ވެސް ހަނގުރާމައިގެ ތެރޭގައި މަރުވި އިސްލާމިކް ޖިހާދު ގެ މެމްބަރުންގެ އާއިލާތަކަށް ވަނީ ތައުޒިޔާ ކިޔާފައެވެ.

އިސްރާއީލާ ދެކޮޅަށް ކުރާ ހަނގުރާމައިގައި “އެއްބައިވަންތަ ސަފު” ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލުމަށް ހަމާސްގެ ލީޑަރުންވެސް ވަނީ ގޮވާލައިފައެވެ. އަދި ހައްދުފަހަނައަޅާފައިވާ ހަރުކަށި ޔަހޫދީންނާއި ދެކޮޅަށް އިސްލާމިކް ޖިހާދުގެ “އަޚުން” ނާ ގުޅުން އަދިވެސް އޮތީ ކުރިއެކޭ ވެސް އެއްފަދައިން ވަރުގަދަކަންމަތީ ކަމުގައިވިދާޅުވެ ހަމާސްޖަމާއަތުގެ ލީޑަރުން ވަނީ ވަރަށް ބޮޑަށް ވާހަކަފުޅު ދައްކަވައިފަ އެވެ.

ކާމިޔާބު ލިބުނު ކަމަށް ބުނާ ހަމާސްއިން ފާހަގަކުރާ ބައެއް ޕޮއިންޓްތައް:

1. ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން އިސްލާމިކް ޖިހާދާ އަމާޒުކުރި އެއްވެސް ހަމަލާއަކުން، އެޖިހާދަށް މަދަނީ އަދި އަސްކަރީ ގެއްލުމެއް ލިބިފައެއް ނުވެއެވެ.

2. ޣައްޒާއާ ގުޅުންހުރި ހުރިހާ ކަމެއްގައި ހަމާސްއިން އަނެއްކާވެސް ބޮޑު ދައުރެއް އަދާކުރާ ކަން ތަކުރާރުކޮށް ސާބިތުކޮށްދިނެވެ. މިސްރު، ގަތަރު އަދި އދގެ މީޑިއޭޓަރުން ހަމާސްގެ ލީޑަރުންނާ މުއާމަލާތް ކުރީ ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި ތިބި ސައްހަ އަދި ހަމައެކަނި ގަވަރުނަރުން ފަދަ މީހުންނެވެ.

3. ހަނގުރާމައާ ދުރުގައި އޮވެގެން، ހަމާސް އިން މަސައްކަތް ކުރީ “ޒިންމާދާރު ބޮޑު” ޖަމާޢަތެއްގެ ގޮތުގައި ކަމަށާއި، އެ ކަމަކީ އެހެން ފިކުރުތަކަށްވުރެ އެ ގައުމުގެ ރައްޔިތުންގެ މަސްލަހަތު އިސްކުރާ ކަމެއް ކަމަށްވުމެވެ.

4. ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގައި ހަމާސްގެ ވެރިކަމަށް ހަގީގީ ނުރައްކަލެއް ކުރިމަތިކުރުމުގެ ގާބިލްކަން އިސްލާމިކް ޖިހާދުގެ ކިބައިގައި ހުރުމުން އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރުންގެ ތެރެއިން ގިނަ ބަޔަކު ނެތިކޮށްލުމަށާއި، ހަތިޔާރު އެޅި ހަނގުރާމަވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދިއުމަކީ ހަމާސްއަށް ލިބުނު ނާކާމިޔާބީއެކެވެ.

5. އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން އިސްލާމިކް ޖިހާދު މުޅިން ހަލާކުވިޔަ ނުދިނުމުގެ ކްރެޑިޓް ހަމާސްއަށް މިހާރު ނެގިދާނެ އެވެ.

ހަމާސް އިން މިހާރު އުންމީދު ކުރަނީ “ޒިންމާދާރު ބޮޑު ޖަމާޢަތެއްގެ” ގޮތުގައި ހަމާސް އިން އަލަށް އަދާކުރި ދައުރުގެ ފޮނި މޭވާ ލިބޭނެ ކަމަށެވެ. ހަމާސްގެ ވާހަކަ އަށް ބަލާއިރު އެ ބޯޅަ އޮތީ އިޒްރޭލުގެ ކޯޓްގަ އެވެ. ހަމާސްއިން އިސްރާއީލު ބަލައިގަންނާނެ ކަމަށް ނުބުނާ އިރު، ފާއިތުވެދިޔަ ދުވަސްތަކުގެ ހާދިސާތަކުން އަނެއްކާވެސް ހާމަވެގެން ދަނީ، ވެރިކަމުގައި ދެމިތިބުމަށް ހަމާސްއިން އަދިވެސް ވަރަށްބޮޑަށް ބޭނުންވާ މިންވަރެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close