ކްރިޕްޓޯކަރަންސީއާ ބެހޭ އުސޫލުތައް ގާއިމް ކުރަން “ކޮއިންސްވިޗް” އިން ގޮވާލައިފި
ރެގިއުލޭޓަރީ ޔަގީންކަން ނެތް ކަންކަން ހައްލުކޮށް، އިންވެސްޓަރުން ހިމާޔަތްކޮށް، ކްރިޕްޓޯ ދާއިރާ ކުރިއެރުވުމަށް އިންޑިއާއިން ކްރިޕްޓޯކަރަންސީއާ ބެހޭ އުސޫލުތައް ގާއިމް ކުރަން ޖެހޭ ކަމަށް ކޮއިންސްވިޗްގެ ސީއީއޯ އަޝީޝް ސިންގަލް ވިދާޅުވެއްޖެ އެވެ.
މާލީ ހަމަޖެހުމަށް ކުރިމަތިވާ ނުރައްކާތަކާ ގުޅިގެން ކްރިޕްޓޯކަރަންސީ މަނާކުރުމަށް އިންޑިއާގެ މަރުކަޒީ ބޭންކުން ތާއީދުކުރި ނަމަވެސް، ފެޑެރަލް ސަރުކާރުން އެތަކެތިން ލިބޭ އާމްދަނީން ޓެކްސް ނެގުމަށް އެޅި ފިޔަވަޅަކީ ނިއުދިއްލީން ގަބޫލުކުރާ ކަމުގެ ނިޝާނެއްގެ ގޮތުގައި އިންޑަސްޓްރީން ވަނީ މާނަކޮށްފަ އެވެ.
“ޔޫޒަރުންނަށް ނޭނގެ އެމީހުންގެ ހޯލްޑިންގްސް އަށް ވާނެ ގޮތެއް – ސަރުކާރުން މަނާ ކުރަން އުޅެނީ، ކިހިނެއް ރެގިއުލޭޓް ކުރާނީ؟،” ކޮއިންސްވިޗްގެ ކޯ ފައުންޑޭޝަންގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސިންގަލް ވޯލްޑް އިކޮނޮމިކްގައި ރޮއިޓާސް އަށް ވިދާޅުވި އެވެ.
1.9 ބިލިއަން ޑޮލަރުގެ އަގެއް ހުރި ކޮއިންސްވިޗް އިން ބުނީ އެއީ 18 މިލިއަނަށް ވުރެ ގިނަ ޔޫޒަރުންނާއެކު އިންޑިއާގެ އެންމެ ބޮޑު ކްރިޕްޓޯ ކުންފުންޏެވެ. އިންޑިއާގެ މައި ޓެކް ހަބް ބެންގަލޫރުގައި ހުންނަ އެ ފަރުމާއަށް ތާއީދު ކުރަނީ އެންޑްރިއެސަން ހޮރޮވިޓްސް އާއި ޓައިގާ ގްލޯބަލް އަދި ކޮއިންބޭސް ވެންޗާސް އެވެ.
“ގަވާއިދުތަކުގެ ސަބަބުން ސުލްހަ… އިތުރު ޔަގީންކަމެއް ލިބިގެންދާނެ،” އޭނާ އިތުރަށް ވިދާޅުވި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކްރިޕްޓޯގެ އަގުތައް ވަރަށް ބޮޑަށް ދަށަށް ދިޔަ ދުވަސްވަރާ ދިމާކޮށް މިއަހަރުގެ ޑަވޯސް ބައްދަލުވުމުގައި ބްލޮކްޗޭން އާއި ކްރިޕްޓޯކަރަންސީ ކުންފުނިތަކުގެ ބޮޑު ރެކޯޑެއް އެބައޮތެވެ.
އިންޑިއާގެ މަރުކަޒީ ބޭންކުން އަމިއްލަ ކްރިޕްޓޯކަރަންސީތަކާ ގުޅޭ ގޮތުން “ބޮޑެތި ކަންބޮޑުވުންތަކެއް” ފާޅުކުރި ނަމަވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީ ޑިސެމްބަރު މަހު ވިދާޅުވީ މިފަދަ އުފެދިގެން އަންނަ ޓެކްނޮލޮޖީތައް ބޭނުންކުރަން ޖެހޭނީ ޑިމޮކްރަސީ ބާރުވެރިކުރުވުމަށް ކަމަށާއި އެކަމަކު މީގެ ސަބަބުން ޑިމޮކްރަސީ އަށް ބުރޫއަރާ ކަމަށެވެ.
ގިނަ ފަހަރަށް އިންޑިއާގައި ބޭންކުތަކާ ޕާޓްނަރޝިޕް ހަދައިގެން ފައިސާ ޓްރާންސްފާ ކުރުމަށް ހުއްދަ ދިނުމަށް އެކްސްޗޭންޖްތަކަށް އުނދަގޫވާއިރު އޭޕްރީލް މަހު ކޮއިންސްވިޗް އާއި ބައެއް އެހެން ކުންފުނިތަކުން ދައުލަތުގެ ތާއީދާއެކު ގިނަ ބަޔަކު ބޭނުންކުރާ ނެޓްވޯކެއް މެދުވެރިކޮށް ރުފިޔާ ޖަމާކުރުން ހުއްޓުވުމުން އިންވެސްޓަރުން ބިރުގަތެވެ.
ޓެކްސް ނެގުމާއި ވަކި އިޝްތިހާރު ގަވާއިދުތަކެއް އެކުލަވާލުމާ ގުޅޭ ފިޔަވަޅުތަކުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ނަމަވެސް، އިތުރު ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށް ސިންގަލް ވިދާޅުވި އެވެ.
މީގެ ތެރޭގައި އައިޑެންޓިޓީ ވެރިފިކޭޝަން އާއި ކްރިޕްޓޯ އެސެޓްތައް ޓްރާންސްފާ ކުރުމުގެ އުސޫލުތައް ހިމަނަން ޖެހޭއިރު، އެކްސްޗޭންޖްތަކަށް އިންޑިއާއިން އެ މުއާމަލާތްތައް ޓްރެކްކޮށް، ބޭނުން ނަމަ އެއްވެސް އޮތޯރިޓީއަކަށް ރިޕޯޓް ކުރެވޭނެ މެކޭނިޒަމެއް ގާއިމް ކުރަން ޖެހެ އެވެ.
އިންޑިއާގެ ކްރިޕްޓޯ މާކެޓުގެ ސައިޒާ ބެހޭ ރަސްމީ މައުލޫމާތެއް ލިބިފައި ނުވާއިރު، ކޮއިންސްވިޗުން ލަފާކުރާ ގޮތުގައި އިންވެސްޓަރުންގެ އަދަދު 20 މިލިއަން އަށް އަރާނެ ކަމަށާއި ޖުމްލަ ހޯލްޑިންގްސް އަކީ ގާތްގަނޑަކަށް ހަ ބިލިއަން ޑޮލަރެވެ.
ރެގިއުލޭޓަރީ ގޮތުން ޔަގީންކަން ނެތްކަން ގިނަ ބަޔަކަށް އިހުސާސް ކުރެވިފައިވެ އެވެ. އޭޕްރީލް މަހު އެމެރިކާގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ކަމަށްވާ ކޮއިންބޭސް އިން އިންޑިއާގައި ތައާރަފްކުރި ނަމަވެސް ދުވަސްތަކެއްގެ ތެރޭގައި ދައުލަތުގެ ތާއީދާއެކު އިންޓަ ބޭންކް ފަންޑް ޓްރާންސްފާ ހިދުމަތެއް ބޭނުންކުރުން ހުއްޓާލި އެވެ.
ކޮއިންބޭސްގެ ސީއީއޯ ބްރައިއަން އާމްސްޓްރަންގް ފަހުން މެއި މަހު ވިދާޅުވީ އެ ފިޔަވަޅު އެޅީ އިންޑިއާގެ މަރުކަޒީ ބޭންކުގެ “ނުރަސްމީ ޕްރެޝަރެއް” ގެ ސަބަބުން ކަމަށެވެ.
ކޮއިންސްވިޗް އިން ވެސް ވަނީ ބޭންކިން ޕާޓްނަރުންނާ އެކު މަޝްވަރާކޮށް ޓްރާންސްފާތައް މަޑުޖައްސާލާފައިވާ ކަމަށް ސިންގަލް އިންޓަވިއުގައި ވިދާޅުވި އެވެ. އޭނާ އިތުރަށް ބުނީ ކޮއިންސްވިޗް އިން ދަނީ ރެގިއުލޭޓަރުންނާ މަޝްވަރާ ކުރަމުން ކަމަށާއި ޓްރާންސްފާގެ ހިދުމަތް އަލުން ފަށަން މަސައްކަތް ކުރަމުން ކަމަށެވެ.
“އަޅުގަނޑުމެން މި ބާރުއަޅަނީ ގަވާއިދުތަކެއް ހެދުމަށް. ރަނގަޅު ގަވާއިދަކުން އަޅުގަނޑުމެންނަށް ސާފުކަން ލިބިގެންދާނެ،” އޭނާ ވިދާޅުވި އެވެ.
މަސްދަރު: ރޮއިޓާސް


