ރިޕޯޓް

މީޑިއާގެ މިނިވަންކަން … ދުނިޔޭގެ ހާލަތު

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް، މިއަހަރުގެވެސް މެއި މަހުގެ 3 ވަނަ ދުވަހު، ދުނިޔޭގެ ވަރަށްގިނަ ކެޕިޓަލްތަކުގައި، ވަނީ ފާހަގަކޮށްފައެވެ.

ނޫސްވެރިކަމަށް ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ވަރަށް މުހިންމު ކަމެއް ދެނީ ޙަޤީޤަތުގައި މަޢްލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާއި، ވާހަކަ ދެއްކުމުގެ މިނިވަންކަމާއި، ލިޔުމުގެ މިނިވަންކަމުގެ ޙައްޤަކީ، މިއަދު ފަރުދީ މިނިވަންކަމުގެ މައިގަނޑު އަސާސްކަމަށް ގިނަބަޔަކު ޤަބޫލުކުރާތީއެވެ.

ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި، ޚާއްޞަކޮށް އޭޝިޔާ، އެފްރިކާ، ލެޓިން އެމެރިކާ، ޔޫރަޕް އަދި އެމެރިކާގައި މީޑިޔާ އޮތީ މިނިވަން ޚިޔާލުތައް އުފެދުމަށް ނުވަތަ ފުޅާކުރުމަށް މަގުފަހިވާ ފަދަ އަދި އިންސާނުންގެ ޤާބިލުކަން ކުރިއެރުވުމަށް މަގުފަހިވާ ފަދަ ގޮތަކަށް ސިފަނުކުރެވޭ ފަދަ ހާލަތެއްގައެވެ.

2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބާ ބެހޭ ގޮތުން ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ކޭމްޕް ފޮލޯވަރުން ނާޖާއިޒު ގޮތުގައި ބޭނުން ކުރެއްވި ބިގް ލައި ގެ ވާހަކަ ފާޅުވޭވެ ހުރިއިރު އަދި އޮސްޓްރޭލިއާގެ ޓީވީ ސްޓޭޝަނަކަށް ފުލުހުން ގަދަކަމުން ވަދެގަތް އިރު، އަދި ހަމަ އެހެންމެ ޖޫލިއަން އަސާންޖް ޖަލުގައި ބަންދުކޮށްފައި ހުރުމުން ދުނިޔޭގެ ކުރިއަރާފައިވާ ސަރަހައްދުތަކުގައި މީޑިއާގެ މިނިވަންކަން އިންތިހާއަށް ހީނަރުވަމުން އަންނަ މިންވަރު ކިތަންމެ ރީއްޗަކަށްވެސް ތަޞައްވަރު ކޮށްލެވިދޭނެއެވެ.

ނޫސްވެރިންނަށް އަނިޔާލިބެމުންދާ ގޮތާއި، ވޭނާއި ކެކުޅުމުގެ ތެރޭގައި، ހަރުކަށި ޤާނޫނުތައް ހަދައިގެން، މީޑިޔާގެ އަޑުކަނޑުވާލުމުގައި ކުޑަވެސް ކޮމްޕްލިކޭޝަނެއް ނެތް ސްޓޭޓްތަކުގައި، ވަރަށް ވިޔާނުދާ ޙަޤީޤަތްތަކެއް އެބަހުރިކަން އެންމެންނަށްވެސް އެނގެއެވެ. ފިލިޕީންސް، މިޔަންމާ، ބަންގްލަދޭޝް، ޕާކިސްތާން، އިންޑިއާ، އީރާން، ތުރުކީ، ރުވާންޑާ، މިސްރު، އަފްޣާނިސްތާން، ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުގައި ނޫސްވެރިކަން އޮތީ ވަރަށްބޮޑަށް ފިއްތާލެވިފައެވެ. ޖަމާލް ޚަޝޯގީ މަރާލެވުނު ހާދިސާ މިދަނޑިވަޅުގައި ހަނދާކޮށްލަންޖެހެއެވެ. އަދި ހަމައެހެންމެ، މީޑިއާގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި، ހަތަރުވަނަ ބާރެއްގެ ގޮތުގައި، ކޮންމެ ކޮންމެ ޤައުމެއްގައިވެސް، ދަނީ ބުނަމުންނެވެ. ރައްޔިތުންގެ ޤާނޫނީ އަޑު ގެގޮތުގައި، އެމީހުންގެ ދައުރު ކަށަވަރު ކުރުމަށްޓަކައި، މީޑިއާގެ ޙައްޤުތައް ހޯދައިދިނުމަށްޓަކައި ކުރާ ޖިހާދު، ކުރިއަށްވުރެ މިވަނީ މިއަދު ފުޅާކުރަން ޖެހިފައެވެ.

މިއަހަރުގެ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު، ޔޫކްރެއިންގެ ހަނގުރާމައަށްވެސް ބަލާލުން ރަނގަޅެވެ. އެ ހަނގުރާމައާއި ބެހޭ ސައްހަ މައުލޫމާތު ފެތުރުމުގައި ނޫސްވެރިންނަށް މިވަނީ ބޮޑެތި ގޮންޖެހުންތަކާއި، ކުރިމަތިވެފައެވެ.

މީޑިއާގެ މިނިވަންކަމާއި، ރައިޓްސް އާއި ބެހޭގޮތުން ވާހަކަ ދައްކާއިރު، ރަޝިޔާގެ ޓެލެވިޜަން ނެޓްވަރކް، ހުޅަނގުން ދިޔައީ ބޮއިކޮޓް ކުރަމުންނެވެ. އޭގެ ބަދަލުގައި ހުޅަނގުގެ ބޮޑެތި ހުރިހާ ވަސީލަތްތަކެއް، ބީބީސީ، ސީއެންއެން، އަލްޖަޒީރާ، ޔޫރޯނިއުސް އަދި ފްރާންސް24 ފަދަ ނެޓްވޯކްތައް އެމީހުންގެ ކެމެރާތަކަށް ފޯކަސްކޮށް، ޕޫޓިންގެ ހުރިހާ ހުތުރު އަމަލެއް ޔޫކްރެއިންގައި ހިންގާ ކަމަށް ބުނެ ފޮޓޯގެ އެއްފަރާތް ދަނީ މުޅިދުނިޔެއަށް ހާމަކުރަމުންނެވެ.

މީސްމީޑިޔާގެ މިނިވަންކަމަށް ޓަކައި އަބަދުވެސް ވާހަކަ ދެކެވޭ ޤައުމުތަކުގައި ދައްކަނީ މީޑިއާގެ މިނިވަންކަމަށް ޓަކައި މީހުން މައުލޫމާތު ހިފެހެއްޓުމުގެ މިނިވަންކަމުގެ ވާހަކަ އެވެ. 2003 ވަނަ އަހަރު އެންގްލޯ-އެމެރިކަން ސިފައިން ޢިރާޤުގެ ރައްޔިތުން އިސްތިޢުމާރުކޮށް، އެމީހުންގެ ރީތި ޤައުމު ބައިބައިކޮށް ސުންނާފަތިކޮށްލި އިރު، ހުޅަނގުގެ މީޑިޔާތަކުން ޢިރާޤުގެ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނަށް ލިބެމުންދާ ވޭންތަކަށް އިހުމާލުވިއެވެ.

ޔޫރަޕާއި އުތުރު އެމެރިކާގެ ޓެލެވިޜަން ނެޓްވޯކްތަކުގައި ޔޫކްރެއިންއާ ބެހޭގޮތުން ކޮންމެ ދުވަހަކު ހެކިދޭ ފަދަ އެއްވެސް ކަމެއް ބަޣުދާދު ވެއްޓުނު އިރު އެތަނުގައި ނުހުރެއެވެ. މި ޕްރޮޕެގެންޑާއާ ސައްދާމް ހުސައިންގެ ‘ޖަރީމާތަކާ’ ގުޅުން ހުރި ކަމަށް ވެއެވެ. އެމެރިކާ އާއި އިނގިރޭސި ސިފައިން އުފަލާއެކު ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާ މެދު އެއްވެސް މީޑިއާއަކުން ސުވާލު އުފައްދާފައެއް ނުވެ އެވެ. މިއަދު އެއީ ލަޑީމިއަރ ޕޫޓިންގެ ‘ޖަރީމާތައް’ އަދި ވޮލޮޑިމީރް ޒެލެންސްކީގެ ހުޅަނގުގެ މީޑިޔާގެ ‘ހީރޯއިން’ ކަމަށާއި، އޭގެ ތެރޭގައި ނޫސްތަކާއި މަޖައްލާތައް ވެސް ހިމެނޭ – ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑްރޯވިންގ ރޫމްތަކަށް ބާރުފޯރުވަމުން އަންނަ ކަމަށެވެ.

ޗައިނާގެ ރަސްމީ ނެޓްވޯކް ސީޖީޓީއެން އިނގިރޭސިވިލާތާއި ޖަރުމަނުގައި ނައްތާލިއިރު މާ ގިނަ ދުވަސްތަކެއް ނުވަނީސް އެފަދަ އަމަލެއް ފެނިގެން ދިޔަކަން ހަނދާން ނައްތާނުލާށެވެ. މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ޓަކައި އެ މީހުންގެ ހިތްވަރާއި ޖޯޝުގައި ހުޅަނގުގެ ސަރުކާރުތަކުން ވަނީ އެ މީހުން ހިތްހަމަނުޖެހޭ މީޑިއާގެ އެ ސެގްމަންޓްތައް އެމީހުންގެ ނެޓްވޯކް ތަކުން ފުހެލާފައެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު އެންމެ ބޮޑަށް ފާހަގަވަނީ ހުޅަނގުގެ މީޑިއާގެ މިނިވަންކަމަށް ވަކާލާތު ކުރާ ފަރާތްތަކުން ޖަވާބު ދާރީވާންނުކެރި ފާޅުކަން ބޮޑު ގޮތެއްގައި ދުރުގައި ތިބޭމަންޒަރެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close