ލަންކާގެ އިގުތިސޯދީ ކާރިސާ: ހުރިހާ ފާޑުކިޔުމެއް ރާޖަޕަކްސަގެ ޢާއިލާއަށް
1948 ވަނަ އަހަރު ސްރީލަންކާއަށް މިނިވަންކަން ލިބުނުފަހުން އެގައުމަށް ކުރިމަތިވި އެންމެ ބޮޑު އިގުތިސޯދީ ކާރިސާގައި ސްރީލަންކާގެ ރައްޔިތުންގެ ރުޅިވެރިކަން އިންތިހާއަށް ބޮޑުވެ މިކާރިސާގެ ޒިންމާ އަޅުވަމުން ގެންދަނީ ނޫފާޒާއި ބާރުގަދަ ރާޖަޕަކްސަ އާއިލާއަށެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެތައް ސަތޭކަ ބަޔަކު ވަނީ މިހާރުގެ ރައީސް އަދި ސިޔާސީ ގޮތުން ހަރަކާތްތެރިވާ ހަތަރު އަޚުންގެ ތެރެއިން އެއް ބޭބެ ގޯޓާބަޔަ ރާޖަޕަކްސަގެ ގެކޮޅަށް ގަދަކަމުން ވަދެގަންނަން މަސައްކަތްކޮށްފައެވެ. އެ ހާދިސާގައި އެކަކު ޒަޚަމްވެފައިވާއިރި، އިތުރު 45 މީހުން ވަނީ ހައްޔަރުކޮށްފައެވެ.
އޭއެފްޕީ ނިއުސް އޭޖެންސީން މި ކްލޭން ޕްރޮފައިލް ކޮށްފައި ވަނީ، އެތައް ޒަމާނެއް ވަންދެން ގައުމުގެ ސިޔާސީ މައިދާނުގައި ހިފަހައްޓައިގެން ތިބި އަދި 2019 ވަނަ އަހަރު ގޯޓާބަޔަ ރައީސްކަމަށް ހޮވިވަޑައިގެންނެވި ތާ ކުޑަ ދުވަސްކޮޅަކަށް ފަހު އަލުން ވެރިކަމަށް ވަޑައިގެންނެވި ކްލޭން އެވެ.
އުމުރުން 76 އަހަރުގެ މަހިންދަ ރާޖަޕަކްސައަކީ އެ ޖަމާއަތުގެ ކެރިޒްމެޓިކް ހެޑް އަދި މިހާރުގެ ބޮޑުވަޒީރެވެ. އޭގެ ކުރިން 2004 ވަނަ އަހަރު އެ މަގާމު ފުރުއްވި އިރު، 2005 އިން 2015 އަށް އޭރު ރައީސްކަން ކުރެއްވި އެވެ.
ގޯޓާބަޔަ ބޮޑުވަޒީރުކަމަށް ދެވަނަ ފަހަރަށް އައްޔަން ކުރެއްވީ މީގެ ތިން އަހަރު ކުރިންނެވެ.
މަހިންދައަކީ 2009 ވަނަ އަހަރުގެ މެއި މަހު ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ތަމަޅަ ޓައިގަރުން ނާކުރި އަސްކަރީ ހަމަލާއަށް ސިންހަލަ-ބުޑިސްޓް އަޣުލަބިއްޔަތު އޮންނަ ސިންހަލަ-ބުޑިސްޓް މެޖޯރިޓީއޮންނަ ބޭފުޅެކެވެ.
ތަމަޅަ ޓައިގަރުންނާއި، ސަރުކާރާ ދެމެދު ކުރެވުނު ދާޚިލީ ހަނގުރާމައިގެ އެންމެ ފަހު ހަފުތާތައް ނިމިގެން ދިޔައީ، ސްރީލަންކާގެ އަސްކަރިއްޔާއިން ބޮން އަޅާ 40،000 އެއްހާ އާންމުން މަރުވުމާ ގުޅިގެންނެވެ.

މަރުވި މީހުންގެ އަދަދު ދޮގުކުރައްވައި ރާޖަޕަކްސަ ވަނީ ތުހުމަތު ކުރެވޭ ޖަރީމާތަކުގެ ބައިނަލްއަގުވާމީ ތަހްގީގެއް ހިންގުމަށް ދެކޮޅު ހައްދަވާފައެވެ. ހަނގުރާމައިގެ ޖަރީމާތަކުގެ ރަނގަޅު ތަހުގީގެއް ނުވަތަ ދައުވާއެއް ވެސް ލޯކަލް އިންކުއަރީތަކުން ނުނެރެވި ވަނީ ފެއިލްވެފަ އެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ސްރީލަންކާއިންވެސް ޗައިނާއާ ގާތްވެ، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ގާތްގަނޑަކަށް 7 ބިލިއަން ޑޮލަރު ދަރަންޏަށް ނެގިއެވެ. އޭގެ ތެރެއިން ގިނަ މަޝްރޫއުތައް ވަނީ ކޮރަޕްޝަނުގެ ތެރެއަށް ގޮސްފައެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ހަނގުރާމައަށް ފަހު ލަންކާގެ ތަމަޅައިންނާ އެކު އޮތް ބައިބައިވުން ނައްތާލުމަށް ވެސް އޭނާ މާ ބޮޑު ކަމެއް ނުކުރައްވަ އެވެ. ހަނގުރާމައިގެ ސަބަބުން އަދިވެސް އެ މުޖުތަމަޢު އޮތީ ވަރަށް ބޮޑަށް ހަވާސާވެފައެވެ.
