ރިޕޯޓް

ގޫގުލްގެ ކުރީގެ ސީއީއޯ ވައިޓް ހައުސްގެ ސައިންސް އޮފީހަށް ފައިސާ ޚަރަދުކުރި: ރިޕޯޓް

ގޫގުލްގެ ކުރީގެ ސީއީއޯ އެރިކް ޝްމިޓްގެ ފައުންޑޭޝަނުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވައިޓް ހައުސްގެ އޮފީސް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ޕޮލިސީއަށް ފައިސާޚަރަދު ކޮށްފައިވާ ކަމަށް ޕޮލިޓިކޯގެ ރިޕޯޓެއްގައި ބުނެފި އެވެ. އެ އޮފީހާ އެރިކްގެ ފައުންޑޭޝަނުން ގާތް ގުޅުމެއް ބާއްވަމުން އަންނަ އިރު، އެ އޮފީހުގެ އެތެރޭގެ މުވައްޒަފުންގެ މެދުގައި ސުލޫކީ ކަންބޮޑުވުންތައް ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

ޝްމިޓް ވަނީ ގޫގުލް އާއި ޕޭރެންޓް ކޮމްޕެނީ އަލްފަބެޓްގައި ގިނަ ރޯލުތަކެއް އަދާކުރައްވައި، ސީއީއޯ، އެގްޒެކެޓިވް ޗެއާމަން އަދި ޓެކްނިކަލް އެޑްވައިޒަރުކަން ވެސް ކުރައްވާފައެވެ. އޭނާ އެ ރޯލުން ވަކިވީ 2020 ވަނަ އަހަރު އެވެ. މިހާރު އޭނާ ބޯޑުތަކުގައި އިންނަވާ، ޓެކް ކުންފުނިތަކުގައި އިންވެސްޓް ކުރައްވާ، އޭގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސަށް ފޯކަސް ކުރާ ނަމްބަރެއް ވެސް ހިމެނެ އެވެ. ޕޮލިޓިކޯއިން ހޯދާފައިވާ އީމެއިލްތަކުން އެނގޭ ގޮތުގައި، ސައިންސް އެންޑް ޓެކްނޮލޮޖީ ޕޮލިސީ (އޯ.އެސް.ޓީ.ޕީ) އިން ސައިންސް ފަންޑިންގ ޑައިރެކްޓްކޮށް، އޭ.އައި ޕޮލިސީ ހިންގުމަށް އެހީތެރިވެދެއެވެ.

ޕޮލިޓިކޯއިން ރިޕޯޓްކުރާ ގޮތުގައި ޝްމިޓްގެ ފައުންޑޭޝަން، ޝްމިޓް ފިއުޗާސް އިން ވަނީ އޯއެސްޓީޕީގެ މުވައްޒަފުންނަށް މުސާރަ ދީފަ އެވެ. އަދި އެ އޮފީހުގައި މުސާރަ ނުލިބޭ ކޮންސަލްޓަންޓެއްގެ ވަޒީފާ ވެސް ޝްމިޓް ފިއުޗާސް އިން ވަނީ ދީފަ އެވެ. ކޮންފަރެންސްތަކަށް ދަތުރުކުރާ ފަންޑުކުރާ ޝްމިޓް ފިއުޗާސް ފެލޯޝިޕްތައް ގިނަ މުވައްޒަފުންނަށް ހުށަހެޅި އެވެ. ބައެއް މީހުން އެކަހެރިވީ ސުލޫކީ ކަންބޮޑުވުންތަކާ ގުޅިގެންނެވެ. އެ އޮފީހުގެ ބައެއް އޮފިޝަލުން ހާވާޑް ގެ ބްރޯޑް އިންސްޓިޓިއުޓް އާއި އެމްއައިޓީގައި ވެސް މަސައްކަތް ކުރެއްވި އިރު، އެ ބޯޑުގެ ޗެއާއަކީ ޝްމިޓް އެވެ.

އަދި އޮފީސް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ޕޮލިސީގެ ކުރީގެ ޑިރެކްޓަރު އެރިކް ލޭންޑަރާ އެކު ވެސް އޭނާ ވަނީ ވަރަށް ގާތުން މަސައްކަތްކުރައްވައިފައެވެ. ލޭންޑަރ އިސްތިއުފާ ދެއްވީ މިދިޔަ ފެބްރުއަރީ މަހު ވޮލަސް ވެސް ހިމެނޭ ގޮތަށް މުވައްޒަފުންނަށް އޭނާ ބުލީ ކުރި ކަމަށް ބުނާ ރިޕޯޓްތަކާއި “ސައްހަ ހެކި” ތަކާ ގުޅިގެންނެވެ.

ޕޮލިޓިކޯގެ ނަން ހާމަނުކުރުމަށްއެދި އޯ.އެސް.ޓީ.ޕީގެ ތަރުޖަމާނަކު ވިދާޅުވީ، އޯ.އެސް.ޓީ.ޕީއަކީ ބޭރު ޤައުމުތަކުގެ ވަރަށް ގިނަ ޖަމާޢަތްތަކާއެކު މަސައްކަތް ކުރާ ފަރާތެއް ކަމަށާއި، ޤާނޫނީ އޮފީހުން އެއްވެސް ކަހަލަ ސުލޫކީ ހަމަނުޖެހުމެއް ހިނގާފާނެކަމަށް ރިވިއުކުރާކަމަށެވެ.

އޯ.އެސް.ޓީ.ޕީގެ ލީގަލް އޮފީހުގެ ޖެނެރަލް ކައުންސެލަރެއްގެ ހައިސިއްޔަތުން އިސްކޮށް އުޅުއްވި ވޮލަސް ޕޮލިޓިކޯއަށް ވިދާޅުވީ، ޝްމިޓްގެ ބައިވެރިވުން އޮތް މިންވަރުގެ ސަބަބުން ލޭންޑަރގެ އަމަލުތައް ހުރިގޮތުން އޭނާގެ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވާ ކަމަށެވެ. “އަހަރެންނާއި ލީގަލް ޓީމުގައި ހިމެނޭ އެހެން މީހުން ވެސް ޝްމިޓް ފިއުޗާސްއަށް ފައިނޭންޝަލް ކަނެކްޝަންތަކާ ގުޅުން ހުރި ގިނަ އަދަދެއްގެ ސްޓާފުން ފާހަގަ ކުރަމުން ދިޔަ، އަދި މި މީހުން މެދުވެރިކޮށް މި ޖަމިއްޔާއަށް ނުފޫޒު ފޯރުވޭ ތީ ކަންބޮޑުވާ މިންވަރު އިތުރުވަމުން ދިޔަ،” ޕޮލިޓިކޯއަށް ވޮލަސް ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close