ޑެލްޓާ ވޭރިއަންޓަށްވުރެ އޮމިކްރޯންގެ ނުރައްކާ ކުޑަކަމަށް ދިރާސާއަކުން ދައްކައިފި
ކޯޕަންހޭގަން: އޮމިކްރޯން ކޮވިޑް-19 ވޭރިއަންޓަކީ ޑެލްޓާއަށް ވުރެ ނުރައްކާތެރިކަން ކުޑަ ވޭރިއަންޓެއް ކަމަށް ޑެންމާކުގެ ދިރާސާއަކުން ދައްކައިފިއެވެ.
ނޮވެމްބަރު މަހު ވަރަށް ބޮޑަށް ފެތުރިފައިވާ އޮމިކްރޯން ވޭރިއަންޓް ފެނުނު ފަހުން ސައިންސްވެރިން އަވަސްވެގަތީ އޭގެ ސަބަބުން ސީރިއަސް ބަލިތައް ޖެހޭ މިންވަރު މަދުތޯ އާއި ކުރިން ޑޮމިނޭޓިން ޑެލްޓާ ވޭރިއަންޓަށް ވުރެ ގައިން ގަޔަށް އަރާ ބައްޔެއް ގެ ގޮތުގައި ފެންނަން ފެށީ ކީއްވެގެންތޯ ހޯދުމަށެވެ.
ވައިރަހަކީ ވައިގެ ތެރޭގައި ދައުރުވާ ވަގުތު، ސެލްތަކަށް ލެޗް ކުރުމުގެ ގާބިލްކަން، ނުވަތަ ހަށިގަނޑުގެ އިމިއުން ސިސްޓަމް ނެތިކޮށްލުން ފަދަ އެތައް ސަބަބަކާ ހުރެ ވައިރަސް އެއް މާ ބޮޑަށް ޓްރާންސްމިސިބަލް ވެދާނެ ވައިރަހެކެވެ.
ޑިސެމްބަރު މަހުގެ މެދުތެރޭގައި ޑެންމާކުގެ 12،000 އެއްހާ ގޭބިސީގެ މައްސަލަ ތަހުގީގު ކުރަމުން ސައިންސްވެރިންގެ ހޯދުންތަކުން އެނގުނު ގޮތުގައި ވެކްސިން ދިން ޑެންމާކުމީހުންގެ މެދުގައި ޑެލްޓާ ވޭރިއަންޓަށް ވުރެ އޮމިކްރޯން އަކީ 2.7 އާއި 3.7 ގުނަ އިތުރު އިންފެކްޝަސް ވޭރިއަންޓެކެވެ.
ޔުނިވާސިޓީ އޮފް ކޯޕަންހޭގަން، ސްޓެޓިސްޓިކްސް ޑެންމާކް އަދި ސްޓެޓަންސް ސީރަމް އިންސްޓިޓިއުޓް (އެސްއެސްއައި) ގެ ރިސާޗަރުން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި އޮމިކްރޯން ވައިރަސް އެންމެ ބާރަށް ފެތުރެނީ ވެކްސިންތަކުން ލިބޭ އިމިއުނިޓީ އިން ސަލާމަތްވުމުގެ ފުރުޞަތު ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
“އަހަރެމެންގެ ހޯދުންތަކުން ކަށަވަރުކޮށްދޭ ގޮތުގައި އޮމައިކްރޯން (ވޭރިއަންޓް) ހަލުވިކަމާއެކު ފެތުރުމަކީ މައިގަނޑު ގޮތެއްގައި އަސާސީ ޓްރާންސްމިސިބިލިޓީގައި އިންޓެރިމް އިތުރުވުމެއް ގެ ބަދަލުގައި އިމިއުން އެވަރެސިވްނަސްއަށް ނިސްބަތްކުރެވިދާނެ ކަމެއް،” ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ. މި ދިރާސާއަށް އަދިވެސް ޕިއަރ-ރިވިއުއެއް ހޯދިފައެއް ނުވެއެވެ.
މީގެ ތެރެއިން 78 އިންސައްތަ މީހުންނަށް ފުރިހަމައަށް ވެކްސިން ދީފައިވާއިރު، އޭގެ ތެރެއިން 48 އިންސައްތަ މީހުންނަށް ވަނީ ތިންވަނަ ބޫސްޓަރ ޝޮޓެއް ލިބިފައެވެ. ޑެންމާކުން ފައިޒަރ-ބައޯއެންޓެކްގެ ވެކްސިން 10 މީހުންގެ ތެރެއިން 8 އަށްވުރެ ގިނަ މީހުންނަށް ވަނީ ލިބިފައެވެ.
އަދި ބޫސްޓަރ ވެކްސިން ދީފައިވާ މީހުންނަށްވުރެ ވެކްސިން ނުޖަހާ މީހުންނަށް އޮމިކްރޯން ވޭރިއަންޓް ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ވެސް މި ދިރާސާއިން ވަނީ ހޯދިފަ އެވެ.
އޮމިކްރޯން އަކީ ޓްރާންސްމިސިބަލް ވޭރިއެންޓެއް ނަމަވެސް، އޮމިކްރޯން ވޭރިއަންޓުގެ ސަބަބުން ސީރިއަސް ބަލިތައް ޖެހޭ މިންވަރު މަދުކަމަށް ބެލެވޭ ކަމަށް، އެސްއެސްއައިގެ ޓެކްނިކަލް ޑައިރެކްޓާ ޓައިރާ ގްރޯވް ކްރައުސް ހޯމަ ދުވަހު އެގައުމުގެ މީޑިއާތަކަށް ވިދާޅުވި އެވެ.
“އޮމިކްރޯން އަށް އަދިވެސް އަޅުގަނޑުމެންގެ ސިއްހީ ނިޒާމަށް ޕްރެޝަރު ކުރުމުގެ ގާބިލްކަން ހުންނާނެ، ނަމަވެސް ހުރިހާ ކަމަކުން ވެސް ދައްކުވައިދެނީ ޑެލްޓާ ވޭރިއަންޓަށް ވުރެ ލުއިކަން،” އޮމިކްރޯން އާ އެކު ހޮސްޕިޓަލްގައި އެޑްމިޓް ކުރުމުގެ ނުރައްކާ ޑެލްޓާއާ އެކު ދެބައިކުޅަ އެއްބަޔަށް އޮތް ކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އޮމިކްރޯން ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި 93 މީހުންގެ ތެރެއިން އިންޓެންސިވް ކެއަރ ދޭންޖެހުނީ އެންމެ ފަސް މީހުންނަށް ކަމަށް ޑެންމާކުގެ ޑޭޓާތަކުން ދައްކަ އެވެ.
“މިއީ މި ބަލިމަޑުކަމުން އަހަރެމެން އުފުލަން ޖެހޭ އެންމެ ފަހުގެ ވޭނަށް ވެސް ވެދާނެ، އެއީ ކޮރޮނާގެ އެންމެ ފަހު ރާޅު ކަމަށް ވެދާނެ،” ކްރައުސް ވިދާޅުވި އެވެ.

