ރިޕޯޓް

ވޯލްޑް އެތުލެޓިކްސް ޓޯކިޔޯ ގޭމްސްގެ ދިރާސާ: 87 ޕަސަންޓް އަންހެނުންނަށް ސޯޝަލް މީޑިއާގެ ގޯނާއާ ކުރިމަތިލާން ޖެހުނު

ވޯލްޑް އެތުލެޓިކްސް ޓޯކިޔޯ ގޭމްސްގައި ބައިވެރި 87 ޕަސަންޓް އަންހެނުންނަށް ސޯޝަލް މީޑިއާގެ ގޯނާއާ ކުރިމަތިލާން ޖެހުނުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ވޯލްޑް އެތުލެޓިކްސް އިން ބުރާސްފަތި ދުވަހު އާންމުކުރި ދިރާސާއެއްގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ ޓޯކިޔޯ އޮލިމްޕިކްސް ދުވަސްވަރު އެތުލީޓުންނަށް ކުރިމަތިވި ސޯޝަލް މީޑިއާގެ އަނިޔާގެ 87 ޕަސަންޓް އަންހެނުންނަށް އަމާޒުވި ކަމަށެވެ.

ޑާޓާ ސައިންސް ކުންފުންޏެއް ކަމަށްވާ ސިގްނިފައި ގްރޫޕާ ގުޅިގެން ކުރިއަށް ގެންދިޔަ މި ދިރާސާއިން އެނގުނު ގޮތުގައި މި އަނިޔާގެ ތެރޭގައި ޖިންސީ ތަފާތުކުރުންތަކާއި، ނަސްލީ ތަފާތުކުރުންތަކާއި، ޓްރާންސްފޯބިކް އަދި އެއްޖިންސުން ޖިންސީ ގުޅުން ހިންގުން ހިމެނެއެވެ.

މި ދިރާސާގައި ޓޯކިޔޯ ގޭމްސްގައި ބައިވެރިވާ މިހާރުގެ އަދި ކުރީގެ އެތުލީޓުން (81 އަންހެނުން، 80 ފިރިހެނުން) ގެ 161 ޓްވިޓާ ހޭންޑްލްގެ ސާމްޕަލެއް ހިމަނާފައި ވަނީ ވޯލްޑް އެތުލެޓިކްސް އިން ހޮވާ200 އެތުލީޓުންގެ ލިސްޓަކުންނެވެ.

މި ދިރާސާއިން ފާހަގަކުރެވުނު ޕޯސްޓްތަކުގައި އަނިޔާ ލިބުނު 23 އެތުލީޓުންގެ ތެރެއިން 16 އެތުލީޓުންނަކީ އަންހެނުން ކަމަށްވާއިރު، ޖުމްލަ އަނިޔާގެ 63 އިންސައްތަ އަމާޒުކޮށްފައިވަނީ ކަޅު ނަސްލުގެ ދެ އަންހެން އެތުލީޓުންނަށެވެ.

މި ދިރާސާގައި ތަފާތު ކުރުވަނިވި 132 ޕޯސްޓެއް ދެނެގަނެވިފައިވާއިރު، 10 ޕަސަންޓް އަނިޔާގެ ތެރޭގައި ޓްރާންސްފޯބިކް (9 ޕަސަންޓް) އަދި އެއްޖިންސުން ޖިންސީ ގުޅުން ހިންގުން (1 ޕަސަންޓް) މެޓީރިއަލް ހިމެނެ އެވެ.

“މި މަހުގެ ކުރީކޮޅު އަޅުގަނޑުމެން އަޅުގަނޑުމެންގެ ސޭފްގާޑިން ޕޮލިސީ ޝާއިއު ކުރިއިރު އަޅުގަނޑު ދެންނެވިން އެތުލެޓިކްސް ކްލަބްތަކާއި ސްކޫލްތަކާއި ކޮމިއުނިޓީ ސްޕޯޓްސް އެންވަޔަރަމަންޓްތަކަކީ އަޅުގަނޑުމެންގެ ކުޅިވަރުގައި އުޅޭ މީހުންނަށް ރައްކާތެރި އަދި އުފާވެރި ތަންތަނަށް ވާން ޖެހޭނެއޭ،” ވޯލްޑް އެތުލެޓިކްސްގެ ރައީސް ސެބަސްޓިއަން ކޯ ވިދާޅުވި އެވެ.

“މި ދިރާސާއަކީ ވަރަށް ގިނަ ގޮތްގޮތުން ކަންބޮޑުވާ ކަމެއް، އެކަމަކު އަޅުގަނޑަށް އެންމެ ބޮޑަށް އުނދަގޫވާ ކަމަކީ އަނިޔާ އަމާޒުވަނީ މީހުން އިންސްޕަޔާކޮށް މޯޓިވޭޓް ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ފާހަގަކޮށް އެމީހުންގެ ޕާފޯމެންސާއި ޓެލެންޓް ޝެއާ ކުރާ ވަކިވަކި ފަރުދުންނަށް.” ސެބަސްޓިއަން ކޯ އިތުރަށް ވިދާޅުވިއެވެ.

ވޯލްޑް އެތުލެޓިކްސް އިން އިތުރަށް ބުނީ އެތުލީޓުންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުމުގެ ގޮތުން އަމިއްލަ ސޯޝަލް މީޑިއާ ޗެނަލްތަކަށް އޮންލައިން ކޮށް ގޯނާ ކުރުމުގެ އޮނިގަނޑެއް ތައާރަފު ކުރުމަށް މި ދާއިރާއިން އިތުރު ދިރާސާތައް ކުރާނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close