ޚަބަރު

ފުވައްމުލަކުގައި އިހުމާލުން ކުޑަކުއްޖަކު ނިޔާވި މައްސަލަ ދަނީ ބަލަމުން – ހޮސްޕިޓަލް

ފުވައްމުލަކު ސިޓީގައި ހޮސްޕިޓަލުގެ އިހުމާލުން ޢުމުރުން 6 އަހަރުގެ ތުއްތު ކުއްޖަކު ނިޔާވި މައްސަލަ ބަލަމުން ދާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ނިޔާވެފައިވަނީ ބަލިވެގެން ހޮސްޕިޓަލަށް ގެންގޮސްފައި އޮއްވާ އެތަނުގެ ނަރުހުން ކުއްޖާގެ ގަޔަށް ޖެހި އިންޖެކްޝަނެއްގެ ސަބަބުން ނޭވާލުން ހުއްޓިގެންނެވެ. ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ދެ ދުވަސް ވަންދެން ވަރަށް ގަދަޔަށް ބަނޑުގައި ރިއްސާ ހޮޑުލާތީ ކަމަށްވެ އެވެ.

“ދުވަސް” އަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ލިރާރު ވިދާޅުވީ ކުއްޖާގެ ފުރާނަ ސަލާމަތްކުރަން ހޮސްޕިޓަލުން މަސައްކަތް ކޮށްފައިވާކަމަށެވެ، މިފަދަ ކަމެއް އެ ހޮސްޕިޓަލްގައި ހިނގާފައިވާތީ ހިތާމަ ކުރައްވާ ކަމަށް ލިރާރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެކުއްޖާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ލިރާރު ވިދާޅުވީ، ހޮސްޕިޓަލަށް ކުރާ ތުހުމަތަކީ ރަނގަޅު ތުހުމަތެއް ކަމުގައިވާނަމަ އެކަން ތަހުގީގުކޮށް އެކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

އެއް ކޮމެންޓް

  1. ޞިއްޙީ ޚިދުމަތްތެރިން ނަކީ ދުވަހަކުވެސް އެއްވެސް ބަލިމީހަކަށް އެނގިހުރެ ގެއްލުމެއް ދޭނެ ބައެއްނޫންކަން ޤަބޫލުކުރަންޖެހޭނެ. ފަހަރުގަ ބަލިމީހަޔާ ނުގުޔޭ ފަރުވާއަކީ ހަމަ ވަގުތުން ފުރާނަޔަށް ގެއްލުން ވެދާނެ ފަދަ ފަރުވައަކަށްވެސް ވެދާނެ. އޭގެ މާނަޔަކީ އިންޖެކްޝަން ޖެހި ނަރުސް ކުއްޖާ އެބަލިމީހާ މަރާލިއްޔެކޭ އެއްނުން. ފުރަތަމަ ވިސްނަބަލަ އެއްވެސް އިންސާނަކު އަނެއްއިންސާނަކު މަރާލާނެތަ. ނުކުރާނެ އެކަމެއް. އެހެންވީމަ ޚާއްޞަކޮށް ކުޑަކުއްޖަކަށް ދިމަވި މިފަދަ ހިތާމަވެރި ކަމެއްގަ އެއްގޮތަކަށް ވެސް ނަރުސްކުއްޖަޔާ ދިމާލަށް އިނގިލި ދިއްނުކުރޭ. ނަރުހުންނާ ހެލްތުވޯކަރުން ބަލިމީހުންނަށް ޚިދުމަތްދިނުމުގައި ގެންގުޅޭ އޯގާތެރިކަމާ ރަޙުމާ ލޯބި ވަޒަންކުރާކަށްވެސް ނޭނގޭންނެ. އެކަން ހަމަ އެނގޭނީ އެކަން ކުރާމީހުންނަށް. އަޅުގަނޑު ހަމަ އާދޭސްކުރަން މިފަދަ ޚުޠޫރަތްތެރި ދަނޑިވަޅެއްގައި އެއްވެސް ފަރާތަކުން ނަރުހުންނާ ޑޮކްޓަރުން ބަދުނާލްކޮށް ބަދުބަސް ނުބުނުމަށް. މާދަމާވެސް އަޅުގަނޑުވެސް ހަމަދާނީ އެކުދިން ކައިރިޔަށް. މާދަމާ އެދުމަތިކޮށްފަ އޮންނައިރު އައިސް ސާފުކޮށްދީ ފެންވަރުވާ ދަތްއުނގުޅުވާ ކާންދީ، ހުރިހާކަމެއް ކޮށްދޭނީ ހަމައެކުދިން. ހެޔޮނުވާނެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close