ޚަބަރު

މިސްކިތްތައް ބަންދުކުރި މައްސަލާގައި އިލްމުވެރިންގެ ކުއްލި ބައްދަލުވުމެއް ރޭ ބާއްވައިފި

ގްރޭޓާ މާލެއޭރިއާގެ މިސްކިތްތައް ބަންދުކުރި މައްސަލާގައި އިލްމުވެރިންގެ ކުއްލި ޖަލްސާއެއް އޮންލައިންކޮށް ރޭ ބާއްވައިފިއެވެ.  މި ބައްދަލުވުން އިންތިޒާމް ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނެވީ އައްޝެއިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް އެވެ.

ޢިލްމްވެރިންގެ ކުއްލި ބައްދަލުވުމާއި ގުޅޭގޮތުން ނާރެސް މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޝައިޚް ނިޝާން ވިދާޅުވީ އެ ބައްދަލުވުމަކީ، ކޮވިޑް-19 ގެ މި ހާލަތުގައި މިސްކިތްތައް ބަންދު ކުރުމާއި މިސްކިތުގެ ޖަމާޢަތް ހެދުމާއި ނުހެދުމާއި ގުޅޭގޮތުން، ދީނީ ޢިލްމުވެރިންގެ މެދުގައި ވާހަކަ ދައްކައި ގޮތެއް ނިންމުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

ޝައިޚް ނިޝާން ވިދާޅުވީ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަން އަދި މީޑިއާއި ހިއްސާކުރެއްވެން ނެތްކަމަށެވެ.

އަޅުގަނޑުމެން ޢިލްމްވެރިން މިދަނީ އެކަމަށް ޙައްލެއް އޮތްތޯ ބަލަމުން ، އަދި މިވަގުތަށް އަޅުގަނޑުމެންނަށް ނެތް އިތުރު މަޢުލޫމާތެއް މީޑިއާއި ހިއްސާ ކުރެވޭކަށް. ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ނިޝާން ވިދާޅުވީ ރޭގެ ބައްދަލުވުމުގައި އެކަށީގެންވާ މިންވަރަކަށް ޢިލްމްވެރިން ބައިވެރިވަޑައިގެން މަޝްވަރާގައި ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close