“މޮޅު ކުއްޖެއް” މޮޅު މާނަ ކުރާނީ ކަރުދާހުގައި ލިޔާ ޖަވާބަކުން އެކަނި ހެއްޔެވެ؟ ނޫނީ އެކުއްޖާގެ ހުނަރުތަކުން ހެއްޔެވެ؟
ކޮންމެ ދަރިވަރަކީވެސް މޮޅު ކުއްޖަކަށް ނުވާންވީ ކީއްވެހެއްޔެވެ. އެދަރިވަރުންނަށް ކުރެވޭ މަސައްކަތްތަކަށް ތަރުހީބުދީ އެކަންތައްތައް ބަލައިގަނެ ދަރިވަރުންކުރިއެރުވުމަށް ހިނގާށެވެ. ފަހި ވިސްނުމަކުން އެންމެން މިކަމާ ދޭތެރޭ ވިސްނަމާދޯއެވެ.
ދަރިވަރުންގެ ރިޕޯޓް ފޯމް ޙާއްސަ ކުރެވިފައިވާނީ އެކުއްޖެއްގެ ކާމިޔާބީއަށެވެ. ވީމާ ކޮންމެ ބެލެނިވެރިއަކުވެސް އޭނާގެ ދަރިފުޅަށް މިފަހަރު ކުރަންއެގުުނު ކަންތައްތަކާއި އަދި އޭނާގެ ކާމިޔާބީ ފާހަގަ ކުރާށެވެ.
ވިސްނަންވީ އެއްކުލާހެއްގައި އުޅުނު ކަމުގައިވިއަސް އެދަރިވަރުންނަކީ ތަފާތު އުމުރުފުރައިގެ ކުދިންކަމެވެ. ކޮންމެކުއްޖަކަށްވެސް ހެދިބޮޑުވުމުގައިި ވަގުތު ބޭނުންވާނެއެވެ.
އެޑިއުކޭޝަނަލް ސައިކޮލޮޖިސްޓެއްކަމަށްވާ ޕިއާޖޭ ބުނާގޮތުން އެކި އުމުރުފުރާގައި ވެސް ކުދިންގެ ވިސްނުމާއި އުޅުން ތަފާތުވާނެއެވެ. މިސާލަކަށް : ޖިސްމާނީގޮތުން، ޢިލްމީ ގޮތުން، ނަފްސާނީ ގޮތުން ކުދިންގެ ތަފާތު ކަންތައްތަކާއ ހުނަރުތައް ތަރައްޤީ ވާންވަގުތު ނަގާނެއެވެ. ވިސްނަންވީ ސްކޫލަށްދަރިވަރުން ވައްދާއިރުވެސް އެއްކުލާހެއްގައިވެސް ޕިއާޖޭ މިބުނާ ދެ ސްޓޭޖެއްގެ ދަރިވަރުންއުޅެދާނެ ކަމެވެ. ނޫނީ ކޮންމެވެސް އެއް ސްޓޭޖެއް ފެށުނު ހިސާބުގައި ނުވަތަ އަނެއް ސްޓޭޖެއް ނިމޭ ހިސާބުގައި ވެސް އުޅެދާނެއެވެ. (މިސާލަކަށް: ގްރޭޑް 1 އަކަށް ދަރިވަރުން ވެއްދިއިރު ބައެއް ކުދިންނަށް 5 އަހަރާއި 11 މަސް، އަނެއްބައިކުދިންނަށް 6 އަހަރު ފުރި މަސްތަކެއްވެފައި، އަދި 7 އަހަރު ކުދިންވެސްް އުޅުނެވެ.)
މީގެސަބަބުން އަމިއްލަ ދަރިފުޅަށް ވެސް އެކުލާހުގައި އުޅޭ އެހެން ދަރިވަރުންނާއި އެއްވަރަށް މަސައްކަތް ނުކުރެވިދާނެއެވެ.
މީގެ މާނައަކީ މިފަހަރު އަދި ދަރިވަރަށް ބައެއް އައުޓްކަމްތަކުން ފުލީއެޗީވްޑް ނުލިބިދާނެއެވެ. ނުވަތަ ދަރިވަރަށް މަސައްކަތްކުރެވުނީ އެހެން ދަރިވަރުންނަށްވުރެ މަދު ސުރުޙީ ތަކަކަށެވެ. އަމިއްލަ ދަރިފުޅަށްވެސް ހެދިބޮޑުވާންވަގުތުދޭށެވެ.
ފުލީ އެޗީވްޑް ނުލިބުމަކީ ކިޔަވައިދޭ މުދައްރިސާއި އަދި ދަރިވަރުގެ މައްސަލައެއް ހުރެގެން ވާކަމެއްނޫނެވެ. ފުލީ އެޗީވްޑް ގެ މާނައަކީ A ރިޕޯޓް ގައި މިމާނަ ކުރާމާނައެއް ނޫނެވެ. ނުވަތަ އެއީ A ރިޕޯޓެއްވެސް ނޫނެވެ. (އެވައްތަރުގެ ރިޕޯޓް ފޯމު މިވަނީ އުވާލެވިފއެވެ.) ދަރިވަރަށް އައުޓްކަމެއް ފުލީ އެޗީވްޑް ވުމުގެ މާނަ މިގޮތަށްވެސް ދޭހަކުރެވިދާނެއެވެ. އެއީ މުދައްރިސު އޭނާގެ ޒިންމާ އޭނާ އަށް އަދާކުރެވިއްޖެތޯ އަމިއްލައަށް ޔަޤީންކުރުމެވެ. މިސާލަކަށް ދަރިވަރަށް ކިޔަވައިދިން އެއްޗެއް އުގެނުން މިންކޮށް ޔަގީންކުރުން ނުވަތަ އެދަރިވަރުގެ އެހުނަރެއް ކުރިއެރި ހިސާބު މުދައްރިސު ބެލިކަމާއި އެހޯދިހޯދުންތައް ކަށަވަރުކުރުމަށް ނިންމާނިންމުމެކެވެ. (ކޮލިޓޭޓިވް އެނާލިސިސް އެކެވެ.)
ވީމާ އެއްދަރިވަރު އަނެއްދަރިވަރާއި އަޅާނުކިޔާށެވެ. ހުރިހާކުދިންވެސް ޝާމިލްކޮށްގެން އުގެނުން ކުރިއަށްގެންދަމާ ހިގާށެވެ. އެއިރުން އެއްވެސް ކުއްޖެއް ބާކީނުވާނެއެވެ. އިންސާފުން ކަންތައްތައް ކުރަމާހިނގާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...