ވިޔަފާރި “އެސް އެންޑް އޯ ކޯރނަރ” އިން ރަމަޟާން މަހަށް ޚާއްޞަ ހެޔޮ އަގުތަކެއް

“އެސް އެންޑް އޯ ކޯރނަރ” އިން ރަމަޟާން މަހަށް ޚާއްޞަ ހެޔޮ އަގުތަކެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތަރުކާރީއާއި މޭވާ އަދި ކާބޯތަކެތީގެ ވިޔަފާރީގައި ގިނަބައެއްގެ މަޤްބޫލްކަން ހޯދާފައިވާ “އެސް އެންޑް އޯ ކޯރނަރ” ގެ ފަރާތުން މިއަންނަ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ވަރަށް ހެޔޮ އަގުތަކެއްގައި ތަކެތި ވިއްކަން ފަށައިފިއެވެ.

“އެސް އެންޑް އޯ ކޯރނަރ”ގެ ފަރާތުން އެތެރެކޮށް ވިއްކަމުންދާ ތަކެތީގެ ތެރޭގައި ކުކުޅުގެ ތަފާތު ބާވަތްތަކާއި، ފްރެންޗް ފްރައިސް އާއި، ބީފްޗަކްސް އާއި، ބަޓަރ ގެ އެކި ބާވަތްތައް ހިމެނެއެވެ.

އަދި ބްރައުން އެގް އާއި، ވައިޓް އެގްވެސް ވަރަށް ހެޔޮ އަގުތަކެއްގައި ދަނީ ވިއްކަމުންނެވެ. މީގެ އިތުރުން އާފަލާއި، އޮރެންޖްގެ ތަފާތު ބާވަތްތައްވެސް ރަމަޟާން މަހަށްޓަކައި ކުރިއަށް ގެންދާ ޚާޞަޕްރޮމޯޝަންގެ ދަށުން ގެންދަނީ އަގުހެޔޮކޮށް ވިއްކަމުންނެވެ.

މީގެ އިތުރުން ކެރަޓާއި، ލުބޯލާއި، ކުކިންގ އޮއިލާއި، އަދި މުގުގެ ތަފާތު ބާވަތްތަކާއި، ކައްކާ އިރު އަޅާ ކިރާއި، އިތުރު އެތައް ބާވަތްތަކެއް ހެޔޮ އަގުތަކެއްގައި އެ ފިހާރައިން ގެންދަނީ ވިއްކަމުންނެވެ.

“އެސް އެންޑް އޯ ކޯރނަރ” އިން ބުނީ އެފިހާރައިން ތަކެތި ބައްލަވައި ގަންނަވާ ފަރާތްތަކަށް ހޯލްސޭލްކޮށްވެސް އަދި ރީޓޭލްކޮށްވެސް ހެޔޮ އަގުގައި ތަކެތި ބައްލަވައި ގަންނަން ލިބިވަޑައިގަންނަވާނެކަމަށެވެ.

މާލޭ ބޮޑުތަކުރުފާނުމަގާއި، ހުސެއިނީ ގޯޅިއާއި ގުޅޭ ކަންމަތީގައި ހުންނަ “އެސް އެންޑް އޯ ކޯރނަރ” ފިހާރަ އިން ކޮންމެ ދުވަހަކުވެސް ހެނދުނު 9 ން ފެށިގެން ރޭނގަނޑު 11 ޖެހުމާއި ހަމައަށް ޚިދުމަތް ލިބޭނެކަމުގައި އެފިހާރައިން ބުނެއެވެ.

ޚާއްޞަ ޕްރޮމޯޝަންގެ ދަށުން އަގުހެޔޮކޮށް ވިއްކަމުން ގެންދާ ބައެއް މުދާ ތިރީގައި އެވަނީ އަގުތަކާއެކުގައެވެ.

[embeddoc url=”https://naares.com/wp-content/uploads/2021/03/SO-corner-price-list.pdf”]

ޓެގް

އެސް އެންޑް އޯ ކޯރނަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.