ޅެން ރަންމުތުގެ ފަރުބަދަ (16 ވަނަ ބައި)

ރަންމުތުގެ ފަރުބަދަ (16 ވަނަ ބައި)

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

16 ވަނަ ބައި

ދެމުނޭ ލެއިން ފޫދުނު އެތާ ކޯރެއް ކުނާ ފޯވީކަމުން

          ތެމުނޭ މަގޭ އަންނައުނު ވެސް އެކުޒާހިރާ އޮހޮރުނު ލެއިން

އިންސާނިޔަތު  ކަންނެތި  އެކީ  ހައިވާނުނަށް  ބަދަލޭ  ވަނީ

         އިންސާފުވެސް  ނެތިގެންދެޔޭ  ވާނަމަ  ބޮޑަށް  ދަހިވެތިވުމުން

ހަމަހޭ މަށަށް ލިބުމާ އެކީ މަސްތުން ޝަރާބް ކެނޑުމާ އެކީ

          ހަމަވިސްނުމަށް  އައުމާ  އެކީ  ގިސްލާ ފެށީ ރޯށޭ އަލުން

އެވަޤުތު ތެރޭ ވެސް ނެގެވުނޭ ދަބަހުގެ ތެރޭން ރަންތަށި ވިދާ

         އެވަޤުތު ކޮޅުން ވެސް ބެލެވުނީ ރަންމުތްތަކެއް އަމުނާ މެލާން

ތަށިފުރި އޮހެން ފެށި ރަންމުތުން އެކުނާ އެކީ ފުރިގެން ދިޔައި

         ހަށިގަނޑު އުނގަށް ލައިގެން އިނީ މުތްތައް މަތީ ވޭނުގަ ރޮމުން

ހުއްޓަން މަސައްކަތް ކުރެވުނޭ  އެހެނަސް ނުވެއް ހުއްޓާލެވޭ

          ހުއްޓާ  އެހެން މައްޗަށް އެރީ މުތްތަށް އެތުރި ގިނަވާކަމުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.