ޅެން

ރަންމުތުގެ ފަރުބަދަ

ޝާހިލް މުޢީން / މާވަޑިޔާގެ/އއ.އުކުޅަސް
ނޯޓު:
————
#ޅެމުގެ ޚިޔާލާތު: މިއީ އަފްޤާނިސްތާނުގެ މަޝްހޫރު ނާވަލިސްޓް ޚާލިދު ހޮސެއިނީގެ  ފޮތް  “ދަ ކައިޓް ރަނާރސް” ގައި  އުޅޭ މައިގަނޑު ޝަހުސިއްޔަތު ކަމަށްވާ އާމިރު  ކުރަހައިދިން ތަސްވީރެއް އަސްލަކަށް ބަލައިގެން ހަދައިފައިވާ ޅެމެކެވެ.

#ޅެމުގެ ވަޒަން: މި ޅެން އެކި ބައިބަޔަށް ބެހިފައި ވާ އިރު  އެކި  ބައިބައިގައި ގެންގުޅިފައި ވާ  ވަޒަންތައް  ތަފާތުވާނެއެވެ. މިޅެމަކީ ދިގު ޅެމެއްކަމުން ސިލްސިލާކޮށް ޝާއިރުކުރެވެމުންދާނެ ވާހަކަ ކިޔުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

އޮއްސެމުން ދިޔަ އިރުގެ ދޯދިން މޮޅިކަމެއް ފަތުރާލަމުން

                               އޮއްސިގެން ގޮސް ގެއްލުނީއަދު  އެކަނިވެރިވީ އުދަރެހުން
   
އޮއްސި ކަރުނުން ފޯވެފައިވާ  މުޅިމިމާޒީ  ކުރިހަނދާން

                             ވޮއްތަކެއްހެން ދިއްލިފައިވާ  ތަރިތަކުންވެސް  އާކުރަން

މުޅިޙަޔާތުގެ  ދަތުރުގައިހަމަ  އެންމެކުށަކަށް  ޓަކައިވީ

                             މުޅި އުމުރު އެކަމުގެ މޮޅީގައި  ހޭދަކޮށްލަން  ހޭއެކުން

މާއުފާވެރި  ވީބަހާރުގެ  މޫސުމެއްވެސް  ދެކެވުނޭ

                            ހާއުދާ  ވޭނުން ސަލާމަތް ވީދުވަސްތައް ވެސްދުށިން

ފާނަކުންތޫ ބަނަވެލާފައި  އޮހޮރިލީ  ބޯ  ވާރެއިން

                           މާނައޮޅި  ކަސިޔާރުވީ ސަމުގާ ހަޔާތުގެ  ދޫވެގެން

ހިތުގެ ގިންޏަށް  ކެތްނުވެވިގެން  އެކުއެމާތައް  ވެސްމިލީ

                            ފިތުނަވެރިވީ  އޭގެ  އަލިފާނުން  އަނދާ  އަޅިޔަށް ވެގެން
 
ބިކަވެދުނިޔޭން އަދުދިޔުންމީ ދަހިވެތިކަމުގެ ހިތި ސަޒާ

                            ނިކައެވެރިކަން ފެތުރިގެންގޮސް ދިޔައޮޔާ އެކު ބެހެވިގެން

މީއެތައް  ދަރުސެއްމެ  ލިބިދޭ  ފަދަ  ހަޔާތުގެ ހާދިސާ

                               ވީއެ  ޢިބުރަތް  ހާސިލުކުރޭ  ތޯމިލިޔަނީ  ހިތްމަތުން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close