ދިވެހިރާއްޖެއަކީ ވަށައިގެން ކަނޑުއޮތް ޖަޒީރާ ޤައުމަކަށް ވީހިނދު، މިއަދުވެސް ދިވެހިންގެ ތެރެއިން އެންމެ ގިނަބަޔަކު އެއްރަށުން އަނެއް ރަށަށް ދަތުރުކޮށް އުޅެނީ ސްޕީޑް ލޯންޗު ފަހަރުގައެވެ.
އާއްމުކޮށް ކަނޑުމަގުން ސްޕީޑް ލޯންޗުގައި ދަތުރު ކުރާފަރާތްތަކުން ފާހަގަކުރާ ގޮތުގައި ސްޕީޑް ލޯންޗުގައި ދަތުރު ކުރާއިރު ލޯންޗު ދުއްވަން އިންނަ ފަރާތަކީ ކަމަށް ޤާބިލް ކުޅަދާނަ ހުޝިޔާރު މީހެއްކަމަށް ވާނަމަ ކިތައްމެ ކަނޑުގަދަ ދުވަހެއްގައިވެސް ދަތުރުކޮށްލުމަކީ އެބައިމީހުންނަށް މާކަބޮޑުކަމެއް ނޫނެވެ.
ނ.ލަންދޫގެ ގިނަ އަންހެން ވެރިން ޤަބޫލްކުރާ ގޮތުގައި ނ.ލަންދޫގައި ލޯންޗު ކައްޕިއެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ޒުވާން މުހައްމަދު ސާލިމް (ގަދެބެ) އަކީ ލޯންޗު ދުއްވުމުގައި އަރަމުން އަންނަ ޒުވާން ނަމޫނާ ކައްޕިއެކެވެ.
އެންމެ ކުޑައިރުން ފެށިގެންވެސް ލޯންޗު ކައްޕިއަކަށް ވުމުގެ ހުވަފެން ދެކެމުން އައި ސާލިމުބެއަކީ މިއަދު ލަންދޫގައި އަމިއްލަ ފަރާތަކުން ދުއްވަމުން ގެންދާ “ކޮކާ” ލޯންޗުގެ ކައްޕިއެވެ. ސާލިބެއަކީ ކިޔެވުމުގައި އެހާތޫނުފިލި ނުވި ނަމަވެސް ދަތުރުފަތުރު ކުރުމުގައި ތޫނިފިލި ޒުވާނެކެވެ.
ލަންދޫ ސްކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރުވެސް ބޮޑަތި މީހުންނާއި އެކު މަހަށް ގޮސް ، ކައިރި ރަށްރަށަށް ދަތުރުކޮށް ހެދުމަކީ މިކަމަށް ސާލިމްބެގެ ޝަޢުޤުވެރިކަން އިންތިހާއަށް ހުރިކަން ސާބިތުވެގެން ދިޔަކަމެކެވެ.
ލަންދޫގައި ދުއްވާ ލޯންޗުތަކުގެ ތެރެއިން މިއަދު އެންމެ ގިނަބަޔަކު ދަތުރުކުރާ ލޯންޗަކަށް ސާލިމްބެގެ ކައްޕިކަމުގައި ދަތުރުކުރާ “ކޮކާ” ލޯންޗުވެފައިބާއިރު ސާލިމްބެވަނީ މި ލޯންޗު ދުންވުމުގެ ކުރިން 2 ލޯންޗެއް ދުއްވާ ތަޖުރިބާތަކެއް ކޮށްފައެވެ.
އާއްމުކޮށް ލޯންޗުތަކުން ދަތުރުކޮށް އުޅޭ ފަރާތްތަކުން މަޢުލޫމާތު ދެއްވާ ގޮތުގައި ސާލިމްބެއަކީ ކިތަންމެ ކަނޑު ގަދަވި ނަމަވެސް ދަތުރު ކުރުމަށް ފަސް ނުޖެހޭ އަދި ދަތުރު ކުރުމުގައި ބަލައިގެން ދަތުރުކުރާ ހީވާގި މުރާލި ޒުވާންކައްޕިއެކެވެ.
މިއަދުގެ ގިނަ ޒުވާނުންނަކީ ކުރާނެ މަސައްކަތެއްނެތި ރަށުތެރޭގައި ގިނަވެގެން އުޅޭ ބަޔަކަށް ވީނަމަވެސް ސާލިމްބެ ފާހަގަ ކުރެވެނީ ލިބޭ ހުސްވަގުތުވެސް ބޭނުންތެރި ގޮތުގައި ހިފަމުން އަންނަ ޒުވާނެއްގެ ގޮތުގައެވެ. މިގޮތުން އާދަވެގެން ކޮންމެ ރެއަކުވެސް ރޭގަނޑު 9.30 ގެ ކުރިން ނިދުމާއި އަދި ފަތިސްނަމާދު ކުރުމާއި އެކު ހެދުނު 6.30 ގެ ކުރިން ހޭލުމަކީ އާދަވެގެން ސާލިބެ ކުރަމުން އަންނަ ކަންތައްތަކެވެ. ދުވާލުގަޑީގައި އަދި ރޭގަނޑު ވަގުތު ކުރާނެ މާބޮޑު މަސައްކަތެއް ނެތްކަމުގައިވާ ނަމަ މީހުންނަށް އެހީތެރިވެދީ މަސައްކަތް ކޮށްދިނުމަކީ އާއްމުކޮށް ސާލިމްބެ ކޮށްއުޅޭ ކަންތައްތައް ކަމުގައި ސާލިބެ ދަންނަ ފަރާތްތަކުން މަޢުލޫމާތު ދެއްވައެވެ. މިގޮތުން މީހުންނަށް އެހީތެރިވުމުގެ ގޮތުން ސާލިބެ ކުރާ މަސައްކަތްތަކަކީ އުޖޫރައެއް ނެތި ހިލޭ ސާބަހަށް ކޮށްދޭ މަސައްކަތްތައްކަން ފާހަގަކޮށްލަން ޖެހެއެވެ.
ލަންދޫއިން ސްޕީޑް ލޯންޗުގައި ދަތުރު ކުރާ ގިނަ އަންހެންވެރިން ދަތުރަށް ފެށުމުގެ ކުރިން ދަތުރު ކުރަނީ ކޮން ލޯންޗަކުންތޯ ބެލުމުގެ މައިގަނޑު ސިއްރަކީ ގިނަ އަންހެން ކަނބަލުން ސާލިމްބެ އާއިއެކު ދަތުރު ކޮށްލަން ބޭނުންވުމެވެ. ސާލިމްބެގެ ހުރި ލޯންޗު ދުއްވުމުގެ ހުނަރާއި ޤާބިލްކަށް ތަޖުރިބާކޮށް ދަތުރުގެ ހިތްހަމަޖެހުމާއި ފަސޭހަކަށް ހޯދުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...