( ބާރަވަނަ ބައި )
އުމްބައޯ މަޑުކޮށްލާގެން ހުރީ ކަރަންކާގޭ ކައިރީގައި މައުލޫދު ހަރުގޭގައި ދިއްލާފައިހުރި ބިގަރު ތަކުގެ އަލިވާ ހިސާބުގައެވެ. އުމްބައޯއަށް އެޅި ފޮލިކޮޅު ތަގަރީގައި ބާއްވާފައި އާމިންދައިތަ އެ ނުކުންނަނީ، އުމްބައޯ ހޯދުމަށް މަގުމައްޗަށެވެ. އާމިންދައިތައަށް އުމްބައޯ ފެނުނުއިރު އުމްބައޯއަށް އެޅިފޮލިކޮޅު އުމްބައޯ އަތުގައި އޮތުމުން އާމިންދައިތަ ހިކުރީ އާމިންދައިތަ ފަހަތުން ފިލާގެން ކުރިން ނުކުމެ އުމްބައޯ މަގުމަތީގައި ހުރީކަމުގައެވެ. އުމްބައޯ ފޮޅިކޮޅުކާން ހުރިތަންފެނުމުން ދަރިފުޅާއޭ ދުރައްނުދައްޗޭ ބުނެ އާމިންދައިތަ އެބުރި ގެއަށް ވަދެއްޖެއެވެ.
ކުއްލިއަކަށް މުޅިސަރަހައްދު އަނދިރި ކޮށްލުމަށްފަހު މަޑުމަޑުން މަލަކާ ދޮންހައްވަ އެ ތިރިކޮށްލަނީ ފީރޯޒުގޭ ހުޅަނގު އުތުރު ކަނުގައި ހުރި ކުންނާރު ގަހުގެ ތެރެއަށެވެ. އުމްބައޯ ފަސްއެނބުރި ބަލާލީ މީހަކު، ކޮއްކޯއޭ ގޮވާލި އަޑަށެވެ. ރަތްހެދުމެއްގާ ރިހިބޯވަޅެއް އަޅާގެން، ހިނިއައިއްސަހުރި ދައްތައަކު، އުމްބައޯ އޭނާގެ ކައިރިއަށް އައުމަށް އިސާރާތް ކޮށްލާފިއެވެ.
މަލަކާ ދޮންހައްވަ ހަތަރުފަރާތަށް ކަޅިއަޅާލުމަށްފަހު އުމްބައޯ ފިޔަގަނޑުގެ ތެރެއަށްލާ އޮޅާލުމަށްފަހު މަލަކާ ދޮންހައްވަ އެނައްޓާލަނީ މާބުދުގެއާއި ދިމާލަށެވެ. މަލަކާ ދޮންހައްވައަށް ދަރިއަކު ނުލިބެތާ ބައިގަރުނަށްވުރެ ގިނަދުވަސް ވުމައްފަހު ފިރިހެން ދަރިއަކު ލިބުން ފަދައެވެ. އުމްބައޯ ޖަހާގަނެގެން ގެނެސް ނިންދުމަށްޓަކައި، ދުރާލާ ތައްޔާރުވެ ދުނިޔޭގެ އެތައްމިތަނުން މާމެލާމެލީގެ ބާވަތްތަށް ގެނެސް މަލަކާ ދޮންހައްވަ ވަނީ މަބުދުގޭ މަތީގައި އިން ބޯކިޔޮ ގަހެއްގެ ފަތްތަކުގެ މަތީގައި މާމެލާ މެލީގެ ދާންމަތިކޮޅެއް ތައްޔާރު ކޮށްފައެވެ. އަދި މިތަނުގެ ދޮރުފާރަ ވެރިންނަށް ރާސްފިނޮޅު ރަދުންގެ ރަސްރަނި ކަމަނާގެ ލަސްކަރުގެ އިސްކޮމާންޑޯއިން ހަމަޖައްސާ ފައެވެ.
ލަންދޫގެ ތެރެއިން ފިރެހެން ކުއްޖަކު ހޯދުމަށް މަލަކާ ދޮންހައްވަ މަސައްކަތް ކުރާތާ މިހާރު އެވަނީ އެތައްޒަމާނެއް ވެފައެވެ. ނ.ލަންދޫއަކީ ދީންވެރި ރަށަކަށްވުމުން ދެނަމާދު ދޭތެގައި ފުރާ އުމުރުގެ ކުދިން ލަންދޫގެ ގޭގޭގެ ތެރޭގައި ޔާސީން ސޫރަތް ކިޔަވާތީއާއި، އަދި ފުރާވަރު ކުދިން މަގުރިބު ނަމާދައްފަހު ގޭންބޭރަށް ނެރެ ނޫޅޭތީ މަލަކާ ދޮންހައްވައަށް ލަންދޫގެ ތެރެއިން ކުއްޖަކު ޖަހާގަނެވޭނެ ގޮތްވަނީ ނުވެއެވެ.
މިހާރު ގަޑިން ހަތެއްޖަހަނީއެވެ. މުޅި ރަށުގެ ރައްޔިތުން މައުލޫދަށް ކޭންގެންދިއުމުގެ އެންމެފަހުގެ ތައްޔާރީތަށް ވަމުން ދަނީއެވެ. މުޅި ރަށުގެތެރެ އެއްވަސް ވެފައިވަނީ ލަންދޫ އަންހެން ކަނބަލުން މައުލޫދަށް ކެއްކި ކާތަކެތީގެ ތެރޭގައި ހިމެނޭ ހިންދިމަހާ، ރޯސްކުރި ކުކުޅާ، ބޮނޑިބަތުގެ ވަހުންނެވެ.
ރަށުންބޭރުން މައުލޫދަށް އައިސްތިބި ފައިހެދޭ ފުރައިން މަތީގެ ހުރިހާ މީހުންހެން މިވަގުތު ޖަމާވަމުން އެދަނީ ބޮޑުމައުލޫދު ހަރުގެ ހިމެނޭ ސަރަހައްދަށެވެ. ބައްދަލުވާ ކޮންމެ މީހަކުވެސް ޖެހިގެންހުރި މީހާ ކައިރީގައި އަހަމުން އެދަނީ މައުލޫދު ފެށެނީ ކޮންއިރަކުންތޯއެވެ.
ބޮޑު މައުލޫދު ހަރުގެ ވަށާގެން އެތެރޭގައި ދަމާފައި އެހެރަ ފޮތިގަނޑަކީ ނ.ލަންދޫ ރައްޔިތުންގެ އަތްތެރި މަސައްކަތް އިންތިހާއަށް ދައްކުވާދޭ އަތްކަން ކުރުމުން ފުރިގެންވާ ވަރައް އަގުބޮޑު ފޮތިގަނޑެއް ކަމުގައި ލިޔުމަކީ، ލިޔުމުގެ ކުށަކަށް ނުވާނެއެވެ. (ނޯޓް: މިހާރުވެސް މި ފޮތިގަނޑު ނ.ލަންދޫގެ ގިނަދުވަސްވީ ތަރިކާގެ ގޮތުގައި ނ.ލަންދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ވަރައްރަނގަޅަށް ފޮރުވާފައި އެބައޮތެވެ.)
ނ.ލަންދޫ ރައްޔިތުންނަށް ނިސްބަތްވާ މި އަގުބޮޑު ފޮތިގަނޑަކީ ނ.ލަންދޫ ތަރިކަ ހިމާޔަތް ކުރުމުގެ ތެރެއިން ރައްކާތެރި ކަމައިއެކު ގައުމީ ދާރުލް އަސާރުގައި ނުވަތަވަ ނ.ލަންދޫ ކައުންސިލުން ތަރިކަ ރައްކާކުރުމަށް ހަމަޖައްސާ ތަނެއްގައި މި ފޮތިގަނޑު ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ނޫނީ އަޅުގަނޑު ނުދެކެމެވެ.
ނ.ލަންދޫ ބޮޑު މައުލޫދު ހަރުގެ ހިމެނޭ ސަރަހައްދުގެ ޒީނަތްތެރި ކަމުގެ ވާހަކަ އަޅުގަނޑު ފަދަ ދެލިނުހިނގާ ގަލަމެއް ގެންގުޅޭ މީހަކަށް އެތައްދުވަހެއް ފަހުން ސިފަކޮށްލަން ދަތިވެފާ ހަމަ ފިސާރި އުދަގުލެވެ.
ޒަމާންވި އާދަ ކާދައިގެ ތެރެއިން ނ.ލަންދޫގައި ބޭއްވެގެން މިދާ ބޮޑުމައުލޫދަށް ރަށުންބޭރުން ދައުވަތު ދިގެން އައިސް ތިބި މީހުންގެ ތެރެއިން އެންމެ މަސްހޫރު ބޭފުޅަކީ ނ.މާޅެންދޫ މުދިންކަލޭގައެވެ. ނ.މާޅެންދޫ މުދިންކަލޭގެ ނުވަތަ ދޮންމޫސަބެއަކީ ދިވެހިރާއްޖޭގެ މައި ސަރުކާރާއި ދެކޮޅަށް އުތުރު އަރުމާޒުގެ ނަމުގައި ހިންގި ޑިމޮކްރަސީ ހަރަކާތުގެ އިސް ތިންބޭފުޅުންގެ ތެރެއިން އެއްބޭފުޅާއެވެ. އެހެންކަމަށް ވުމުން ނ.މާޅެންދޫ މުދިންބެ ނ.ލަންދޫ ބޮޑު މައުލޫދުގެ ހަފުލާ ޝަރަފުވެރި ކޮއްދީފައިވުމީ އެހާ އައިބު ކަމެއްނޫނެވެ.
މައުލޫދު ފެށެން މިހާރު އެވަނީ ފަޅި ސިކުންތު ކޮޅަކަށް ވެފައެވެ. އިޝނަމާދަށް ދިޔަ ހުރިހާ މީހުންވެސް ބުރަކި ޖެހުމެއްނެތި އިޝާ ނަމާދަށް ބޮލުއެޅި ރުމާލާއިއެކު އިށީންނަމުން އެދަނީ ނ.ލަންދޫ ބޮޑުމައުލޫދު ހަރުގޭގައި ބަރިބަރިއަށް އަތުރާލާފައިހުރި ކޭންތަކަށް އިންސާފު ކުރުމަށެވެ.
ކަރަންކާގެއިން އާމިންދައިތަ އެނުކުންނަނީ ކާންދިނުމަށް އުންބައޯ ހޯދާށެވެ. ގޭގެ ދޮރުމަށްޗަށް ނުކުމެ ބެލިއިރު އުމްބައޯ ފެންނާކަށް ނެތެވެ. އާމިންދާތައަށްހީވީ ފައިދަށުން ވެލިގަނޑު ދެމިގަނެގެން ދިޔަހެންނެވެ. ރޭގަނޑުގެ އަނދިރިކަން ލޮލުކޮށާގަތަސް އެގޭވަރައްވުރެ މާއަނދިރިއެވެ. ބިގަރުގެ އަލިވާ ހިސާބު ކިތަންމެ އައްޔަށް މުޅިޖައްވަށް އެދަނީ ގަދަނޫކުލައިގެ އަނދިރިކަން ވެރިވަމުންނެވެ. މަދިރި ފައްސަން ގޭގޭދޮރުމަތީގައި ރޯކޮށްފަހުރި އަލިފާންތެލި ނޫނީ ރަށުގެ ތެރޭގައި އެއްވެސް އަލިކަމެއް ނެތެވެ.
ބޭއިހުތިޔާރުގަ ހަރުއަޑުން އާމިންދާތައަށް އަޅޭއްލަވާ ގަނެވެއްޖެއެވެ. ހުސެންކޮއިއޭ! ހުސޭނާއެވެ! “ކަލެންނޭވޭ! މަގޭދަރިފުލު ދުށީމުހޭ! ދެންމެ މިތާ… (އަދި ނުނިމޭ މިއަންނަ ހަފުތާއަށް 13 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ!)
ކޮމެންޓް (0)
ލޯޑް ކުރަމުން...