ދިރާގުގެ ބިޒްނަސް ސަޕޯރޓް ސިސްޓަމް އަޕްގްރޭޑް މަސައްކަތުގު ބޮޑުބައެއް ވަނީ މިހާރު ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށާއި، ދިރާގުގެ ގިނަ ޚިދުމަތްތައް ކުރިއެކޭވެސް އެއްގޮތަށް މިހާރު ކަސްޓަމަރުންނަށް ބޭނުންކުރެވޭނެކަމަށް ދިރާގުން ބުނެފިއެވެ.
އެގޮތުން ތިރީގައި މިވާ ސަޕޯޓް ޚިދުމަތް ކުރިއެކޭ އެއްގޮތަށް މިހާރު ކަސްޓަމަރުންނަށް ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
- ރީލޯޑް އަދި ރީޗަރޖްއާ ގުޅޭ ޚިދުމަތްތައް
- މޮބައިލް އެޑް އޮންސް އަދި މޮބައިލް ޕެކޭޖް ބަދަލުކުރުން
- ދިރާގު ވެބްސައިޓްގައިވާ “މައި އެކައުންޓް” އަދި ދިރާގު މޮބައިލް އެޕް
- މަމެން މޯބައިލް އެޕް (ބިލްޑް އަދި ޓޭކްބެކް ފީޗަރ)
- ދިރާގު ކަސްޓަމަރ ސާރވިސް ސެންޓަރ ތައް އަދި ދިރާގު ޕާރޓްނަރ ޝޮޕްތަކުން އައު މޮބައިލް ޚިދުމަތް ހޯދުމާއި މޮބައިލް ބިލަށް ފައިސާ ދެއްކުން
މި އަޕްގްރޭޑް މަސައްކަތަކީ ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް އެކުލެވިގެންވާ އަދި ތަފާތު މަރުހަލާތަކަށް ބެހިގެންދާ މަސައްކަތެކެވެ. އެގޮތުން ކުރިއަށް އޮތް މަސްތަކުގައިވެސް މި އަޕްގްރޭޑްގެ ތަފާތު މަރުހަލާތަކުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. އަޅުގަނޑުމެން އެންމެ އިސް ކަމެއް ދެނީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ވީހާވެސް ބުރޫ ނާރާނެ ގޮތަކަށް މަސައްކަތްތައް ރާވާ ކުރިއަށް ގެންދިޔުމަށެވެ.
މި އަޕްގްރޭޑްގެ އަމާޒަކީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ކަސްޓަމަރުން ބޭނުންކުރާ ޚިދުމަތްތަކުގެ ތަޖްރިބާ ރަނގަޅުކުރުމެވެ.
މި މަސައްކަތާ ގުޅިގެން ކަސްޓަމަރުންނަށް ކުރިމަތިވި ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ. އަދި ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށާއި ކެތްތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...