ޚަބަރު ނ.މާޅެންދޫގައި ފަޤީރަކުނެތް، ޒަކާތް އެއަތޮޅު ލަންދުއަށް

ނ.މާޅެންދޫގައި ފަޤީރަކުނެތް، ޒަކާތް އެއަތޮޅު ލަންދުއަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނ.މާޅެންދޫގައި ޒަކާތް ޙައްޤުވާ ފަޤީރުން ނެތުމާއި ގުޅިގެން އެރަށުން ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ، ފަޤީރުން ތިބި އެއަތޮޅުގެ ލަންދުއަށް ފޮނުވައިފިއެވެ.

މާޅެންދޫގައި ޒަކާތް ޙައްޤުވާ ފަޤީރުން ނެތުމާއެކު އިސްލާމިކް މިނިސްޓްރީގެ އެންގުމާއި އެއްގޮތަށް އެރަށުން ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ، އެރަށާއި ޖެހިގެން އޮތް އަވަށްޓެރި ލަންދުއަށް ފޮނުވާފައިވާ ކަމަށް ލަންދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ލަންދޫ ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ އަލްފާޟިލް ޙަސަން ނަޞީރު ވިދާޅުވި ގޮތުގައި މިއަހަރު މާޅެންދޫގައި ފަޤީރުންގެ ގޮތުގައި އެއްވެސް މީހަކު ނަންނޯޓް ކޮށްފައި ނުވާއިރު މީގެ 3 އަހަރު ކުރިން 1437 ވަނައަހަރުވެސް މާޅެންދޫގައި ފަޤީރަކުނަންނޯޓް ކޮށްފައި ނުވާތީ އެއަހަރުވެސް މާޅެންދޫން ޒަކާތަށް ލިބުނު ފައިސާވަނީ ލަންދުއަށް ފޮނުވާފައެވެ.

މާޅެންދޫ ކައުންސިލުން ލަންދޫ ކައުންސިލާއި ފައިސާ ހަވާލުކުރުމުގެ ތެރެއިން

މާޅެންދޫން ލަންދުއަށް ވަނީ 10000 އަށްވުރެ ގިނަރުފިޔާ ފޮނުވާފައެވެ. އަދި ލަންދޫން މިއަހަރު ފިތުރު ޒަކާތަށް 13000 އަށްވުރެ ގިނަރުފިޔާ އާއި، ހަނޑޫ ލިބިފައިވާއިރު ލަންދޫގައި މިއަހަރު ފަޤީރުންގެ ޝަރުތު ހަމަވާ ތިބީ 3 ފަރާތެކެވެ.

ޒިންމާދާރު ވެރިޔާ ނަޞީރު ވިދާޅުވި ލަންދޫގައި ތިންމީހުން ފަޤީރުންގެ ގޮތުގައި ތިބިއިރު ކޮންމެމީހަކަށް ޒަކާތުން 8000 އަށްވުރެ ގިނަ ރުފިޔާ ލިބުނު ކަމަށެވެ.

ނަޞީރު އިތުރަށް ވިދާޅުވީ ލަންދޫން ފަޤީރުންގެ ގޮތުގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް 5 ފޯމް ހުށަހެޅި އިރު އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތުމުގެ ސަބަބުން 2 ފޯމް ބާޠިލް ވެފައި ވާކަށެވެ.

ޓެގް

ޒަކާތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.