ވިޔަފާރި

ދިރާގާއި ސެމްސަންގް ގުޅިގެން “ރޯދަމޮމެންޓްސް” – ފޮޓޯއެއް ޝެއާރ ކޮށްލައިގެން ފޯނެއް ހޯއްދަވާ!

ދިރާގާއި ސެމްސަންގް ގުޅިގެން ރޯދަމަހަށް ހާއްސަކޮށްގެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި “ރޯދަމޮމެންޓްސް”ގެ ނަމުގައި ފޮޓޯ ކޮންޓެސްޓެއްވަނީ ފަށާފައެވެ. މިދިޔަ އަހަރު ދިރާގުން އިންސްޓަގްރާމްގައި އެކަނި ކުރިއަށް ގެންދިޔަ މި ކޮންޓެސްޓް މިއަހަރު ފޭސްބްކް އަދި ޓުވިޓާގައިވެސް ކުރިއަށް ދާނެއެވެ.

މި ކޮންޓެސްޓް ގައި އިންސްޓަގްރާމް، ފޭސްބްކް ނުވަތަ ޓުވިޓާ ގައި #RoadhaMoments މި ހޭޝްޓެގް ޖެއްސެވުމަށްފަހު ރޯދަ މަހުގެ އެކި އެކި މަންޒަރުތައް ހިއްސާކޮށްލައްވައިގެން ކޮންމެ ހަފްތާއެކު ހޮވާލެވޭ ނަސީބުވެރި އެއް ފަރާތަކަށް ސެމްސަންގް އޭ80 ފޯނެއް ލިބޭނެއެވެ. މި ފޯނަކީ ސެމްސަންގުން އަލަށް ތަޢާރަފުކުރި ފޯނެކެވެ. މި ފޯނުގެ އެންމެ ހާއްސަ ކަމަކީ މި ފޯނުގެ ރޮޓޭޓްވާގޮތަށް ފަރުމާކޮށްފައިވާ 48 މެގަޕިކްސަލް ކެމެރާއެވެ.

މި ކޮންޓެސްޓް ކުރިއަށްދާނީ 7 ޖޫން 2019 ގެ ނިޔަލަށެވެ. މި ކޮންޓެސްޓްގައި ބައިވެރިވުމަށް އެކައުންޓް ވާންޖެހޭނީ ޕަބްލިކް އެކައުންޓަކަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close