ޅެން ޅެން: މީހަކަށް ދެރައެއް މީހަކަށް ނުދެވޭނެ

ޅެން: މީހަކަށް ދެރައެއް މީހަކަށް ނުދެވޭނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އ . ދ

މީހަކަށް ދެރައެއް ޔަޤީނޭ މީހަކަށް ނުދެވޭނެޔޭ

މީހުނަށްވުރެ މާކުރިން ތަޤުދީރުގައި ލިޔެވިފަ ވެޔޭ

ރޭވިޔަސް މާމޮޅު ޕްލޭނެއް ހީކުރާ ހެން ނުނިމެޔޭ

ރޭވިހުރިހާ ރޭވުމެއް ގޮސް ފަނުފުލުންނިމި ގެންދެޔޭ

ނެތްކަމެއް އަޒަލުގަނިޔާ ވެވިފައި ނެތިއްޔާ ހަމަހިލާ

އެއްކަމެއްވެސް ނުކުރެވޭނޭ ކަލަކު ވޮޑިގެން ވޭމެޔޭ

ދުނިޔެއާ ޢާލަމްތަކާ ހެއްދެވި ފަރާތުން މާމޮޅަށް

އުނިނުވާހެން ރާއްވަވައި ޙިކުމަތްތަކާ އެކު ލައްވަޔޭ

ހީކުރާށޭ ދަތުރެކޭ ދުނިޔޭގެ ދަންފަޅި މީފުރާ

ހީކުރިއްޔާ މިގޮތުގައި މިދަތުރު އަމާންކޮށް ދެއްވަޔޭ

15 މޭ 2019

ޓެގް

ޅެން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.