ޅެން ކިޔަވާށެ ޤުރްއާން….

ކިޔަވާށެ ޤުރްއާން….

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކިޔަވާށެ ޤުރްއާން….

ޅެން: ޢަލީ ޒިޔާދު / ލަންދޫ (ޢ.ޒ)

އަޑު އަހަން މީހަކު ނެތަސް، ކިޔަވާށެ ޤުރްއާން ހަރުއަޑުން

            އައްސަވާ ވޮޑިގެންވެޔޭ، ކިޔަވާށެ ޤުރްއާން ހަމަ އަޑުން

ކިޔަވާށެ މަޑުމޮޅި ރާގުގާ، ވިސްނާ އެއާއިމެދު ފުންމިނުން

            ކިޔެވޭ ގޮތެއްގައި ދާއިމަށް، ކިޔަވާށެ ޤުރްއާން ހަމައަޑުން

ލިބެޔޭ އެތަކެއް ގުނަ ޘަވާބު، އުފުލޭ އެތާ ދަރަޖަގެ ތިބާ

            ވާނޭ ތިބާގެ ޝަފާޢަތަށް، ކިޔަވާށެ ޤުރްއާން ހަމަ އަޑުން

ވިސްނާށެ ތަޖުވީދުގެ މަގަށް، ކިޔަވާއިރުގަ މަތިވެރިވިފޮތް

            ވިސްނަމުން ތަރްތީލުކޮށް ކިޔަވާށެ ޤުރްއާން ހަމަ އަޑުން

އިސްކަމެއްދީ ބޮޑަތިކުށް، ނުކިޔާ ނިމޭތޯ މަތިވެރިވި ފޮތް

            އިސްކަމެއްދީ ދަސްކުރަން، ކިޔަވާށެ ޤުރްއާން ހަމައަޑުން

ވިސްނާށެ އަކުރުގެ ޞިފަތަކަށް، ދޭށޭ އަކުރުގެ ޙައްޤުތައް

            ފުރިހަމަ ކުރާށޭ އަކުރުތައް ކިޔަވާށެ ޤުރްއާން ހަމައަޑުން

އަންނާނެ ރީތިވި ރާގުތައް، ޢަދަދުން ދަމާށޭ މައްދުތައް

            ހަމަޔަށް ކުރާށޭ ޣުންނަތައް، ކިޔަވާށެ ޤުރްއާން ހަމައަޑުން

ދަސްކޮށްހަދާ އެކިހަމަތަކަށް، ބުނެދީ އަޚުންނާ ޢުޚުތުނަށް

            ދަރަޖައިގެ މަތިވެރިމީހަކަށް، ވާނޭ ނިކަންހުރެ އެދުވަހުން

10 މެއި 2019

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.