ބޮލީވުޑް ‘ރަންދީޕް ހޫދު’ ގެ ޚާއްޞަ ފެނިލުމެއް މިއަހަރުވެސް

‘ރަންދީޕް ހޫދު’ ގެ ޚާއްޞަ ފެނިލުމެއް މިއަހަރުވެސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިމްތިޔާޒް އަލީގެ ލޯބީގެ ވާހަކައެއްގެ މައްޗަށް ކުޅޭ ފިލްމުގައި ރަންދީޕް ހޫދުގެ އިތުރުން ހަރަކާތްތެރިވަނީ ކާތިކް އަރްޔާން އަދި ސާރާ އަލީ ޚާން އެވެ. މިއީ މިދެތަރިންގެ ފުރަތަމަ ލޯބީގެ ފިލްމުކަމަށްވެފައި މިފިލްމަކީ ‘ލަވް އާޖް ކަލް’ ގެ ސީކުއެލް އެއްކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފިލްމުގެ ނަމެއް އަދި ހާމައެއްނުކުރެއެވެ. މިފިލްމުގައި ހެއްވާ މަޖާ ކަންކަންވެސް ހިމެނޭ މިފިލްމުގައި ރަންދީޕްގެ ރޯލަކީ ކާތިކަށް އެހީވާން މަސައްކަތް ކުރާ މީހެއްގެ ރޯލެވެ. މިއީ އިމްތިޔާޒް އަލީއާއި އެކު ފިލްމު ‘ހައިވޭ’ އަށްފަހު ދެން އޭނާ ކުޅޭ ދެވަނަ ފިލްމެވެ.

ބޮލީވުޑްގައި މިހާރު އަރަމުން އަންނަ ޒުވާން އެކްޓަރު ރަންދީޕް ހޫޑާގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި  ސަލްމާން ހާން ގެ “ކިކް” އާއި “މާޑާ 3” އާއި “ދޯ ލަފްޒޯކީ ކަހާނީ” އާއި “ސަރަބްޖިތް” އަދި “ހައިވޭ” ހިމެނެއެވެ.

ފިލްމު ޑައިރެކްޓުކުރުމުގެ އިތުރުން، އިމްތިޔާޒް ފިލްމު ކޯ ޕްރޮޑިއުސް ވެސް ކުރާނެ އެވެ. އިމްތިޔާޒްގެ އެންމެ ކާމިޔާބު ލޯބީގެ ފިލްމުތަކުގެ ތެރޭގައި “ޖަބް ވީ މެޓް”، “ހައިވޭ” އަދި “ތަމާޝާ” ފަދަ ފިލްމުތައް ހިމެނެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.