ބޮލީވުޑްމުނިފޫހި

“އަލްފާ” ގެ އާ ޕޯސްޓަރާއެކު އާލިއާ ބަޓަށް ފާޑުކިއުން، ހޮލީވުޑްގެ “ޑިއުން” ކޮޕީކުރިކަމުގެ ތުހުމަތު

ޔާޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްގެ އައު ފިލްމު “އަލްފާ” ގެ އައު ޕޯސްޓަރު ދައްކާލުމާއެކު، ސޯޝަލް މީޑިއާގައި ބޮޑު ފާޑުކިއުންތަކެއް އަމާޒުވެއްޖެއެވެ. ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި މި ޕޯސްޓަރަކީ ހޮލީވުޑްގެ މަޝްހޫރު ސައިންސް ފިކްޝަން ފިލްމު “ޑިއުން” ގެ ޕޯސްޓަރު ކޮޕީކޮށްގެން ތައްޔާރުކޮށްފައިވާ ޕޯސްޓަރެކެވެ.

އާލިއާ ބަޓް، ޝަރްވަރީ، ބޮބީ ޑިއޯލް އަދި އަނިލް ކަޕޫރު ފެނިގެންދާ މި ޕޯސްޓަރުގައި ބޭނުންކޮށްފައިވަނީ ސަހަރާއެއް ފަދަ އަޅި ކުލައިގެ މާހައުލެކެވެ. މިއާއެކު ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ވަނީ “ޑިއުން” ފިލްމުގެ ކުލަގަޑާއި، އެކްޓަރުން އަތުރާލާފައިވާ ގޮތާ މި ޕޯސްޓަރުގެ އެތުރުމާ ހުރި އެއްގޮތްކަން ފާހަގަކޮށް، އަމިއްލަ އުފެއްދުންތެރިކަމެއް ނެތް ކަމަށް ބުނެ ފާޑުކިޔާފައެވެ. ބައެއް މީހުން ވަނީ މިއީ އާޓިފިޝަލް އިންޓެލިޖެންސް (AI) ނުވަތަ ޗެޓްޖީޕީޓީ ބޭނުންކޮށްގެން “ޑިއުން” ގެ ޕޯސްޓަރުގައި ތިބި އެކްޓަރުން ބަދަލުކޮށްލުން ކަހަލަ ކަމެއްގެ ގޮތުގައި ސިފަކޮށް ޖޯކުވެސް ޖަހާފައެވެ.

ޝިވް ރަވައިލް ޑައިރެކްޓްކުރާ “އަލްފާ” އަކީ ޔާޝް ރާޖް ސްޕައި ޔުނިވާސްގެ ހަތްވަނަ ފިލްމެވެ. މި ފިލްމަކީ އާލިއާ ބަޓް ކުޅޭ ސީތާގެ ކެރެކްޓާ، އޭނާގެ ބައްޕަ (ބޮބީ ޑިއޯލް) ގެ އެހީގައި ގާތިލަކަށް ބަދަލުވެގެންދާ ގޮތް ދައްކުވައިދޭ އޮރިޖިން ސްޓޯރީއެކެވެ. މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close