މުނިފޫހި

ތަޖުރިބާކާރު އެކްޓަރު ރަމޭޝް ޑިއޯ 93 އަހަރުގައި މަރުވެއްޖެ

ބޮލީވުޑްގެ 300 އެއްހާ ފިލްމާއި 190 ވަރަކަށް މަރަތީ ފިލްމުކުޅެފައިވާ ތަޖުރިބާކާރު އެކްޓަރު ރަމޭޝް ދޭއޯ މިއަދު މަރުވެއްޖެ އެވެ. ރިޕޯޓްތައް ބުނާގޮތުން އުމުރުން 93 އަހަރުގެ ޑިއޯމަރުވީ އޭނާއަށް ހާޓް އެޓޭކެއް ޖެހިފައެވެ.

ރާޖްޝްރީ ޕްރޮޑަކްޝަންސް ވެންޗާ އާރާތީ އާއެކު 1962 ވަނަ އަހަރު ބޮލީވުޑަށް ނުކުތް ޑިއޯ އަކީ 1951 ވަނަ އަހަރު ރިލީޒްކުރި ފިލްމު “ޕަތުލާޗީ ޕޯރް” ގައި ކެމިއޯއަކާ އެކު މަރަތީ ސިނަމާގައި ދައްކުވައިދިން އެކްޓަރެކެވެ.

އޭގެ ފަހުން 1956 ވަނަ އަހަރު ރާޖާ ޕަރަންޖާޕޭ ޑައިރެކްޓްކުރި މަރަތީ ފިލްމު “އަންދަލާ މަގްތޯ އެކް ދޯލާ” ގައި ޑިއޯ ފެނިގެން ދިޔައީ ނެގެޓިވް ރޯލަކުންނެވެ.

ރަމޭޝް ޑިއޯގެ މަރުން މަރަތީ ފިލްމު އިންޑަސްޓްރީއަށް ޝޮކެއް ލިބުނު އިރު، އެކްޓަރު ސީމާ ޑިއޯ އާއި ފިރިހެން ދަރިފުޅު އަޖިންކްޔާ ޑިއޯ އަދި އަބިނަޔޭ ޑިއޯ ވެސް ވަނީ މިހިތާމައިގައި ބައިވެރިވެ ނުތަނަވަސްވެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close