ތުއްތު ކުއްޖަކު އެޑޮޕްޓްކުރިކަމަށް މީޑިއާގައި ކުރާ ތުހުމަތު ސުޝްމީތާ ސެން ދޮގުކޮށްފި
ތުއްތު ކުއްޖަކު އެޑޮޕްޓްކުރިކަމަށް މީޑިއާގައި ކުރާ ތުހުމަތު ސުޝްމީތާ ސެން ދޮގުކޮށްފިއެވެ.
އެކްޓަރު ސުޝްމީތާ ސެން ވަނީ އޭނާ ތުއްތު ކުއްޖަކު އެޑޮޕްޓްކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާތީ އެކަން ދޮގުކުރުމަށް އޭނާގެ ސޯޝަލް މީޑިއާގައި ބަޔާނެއް ހިއްސާކޮށްފަ އެވެ. ބުރާސްފަތި ދުވަހުގެ ރޭ ސުޝްމީތާ ފެނުނީ ބަންދްރާގައި އާއިލާއާއެކު ވަގުތު ހޭދަކުރަމުން ދަނިކޮށް ކަމަށް ވެ އެވެ.
ޝަޓަރބަގްސް ވަނީ އޭނާގެ ދެ އަންހެން ދަރިން ކަމަށްވާ ރެނީ އާއި އަލިސާހް އަދި އޭނާގެ ކުޑަ ކުޑަ ގޮޑްސަން އައްމަޑޭސް އާއި އެކު އޭނާގެ ރަހުމަތްތެރިން ކަމަށްވާ ޝްރީޖާޔާ އާއި އެކު މީޑިއާގައި ފޮޓޯއެއް ހިއްސާ ކޮށްފައެވެ.
އެ އާއިލާގެ ފޮޓޯތައް ވައިރަލްވެގެން ދިޔަ އިރު، ގިނަ ބަޔަކު ވަނީ އެ ކުޑަ ކުއްޖާ އަކީ ސުޝްމީތާ އެޑޮޕްޓްކުރި ދަރިއެއްތޯ ތުހުމަތު ކޮށްފަ އެވެ.
އިންޓަނެޓުގައި ދައުރުވަމުންދާ ހީކުރުންތައް ސާފުކޮށްދެމުން ސުޝްމީތާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އެ ކުއްޖާއަކީ އޭނާގެ ‘ގޯޑްސަން’ ކަމަށާއި އެއީ އޭނާގެ ‘އެޑޮޕްޓްކޮށްފައިވާ ދަރިފުޅު’ ނޫން ކަމަށް ބުނެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ.
ސުޝްމީތާ ކުއްޖަކު އެޑޮޕް ނުކުރާކަމަށް މިފަހަރު ބުނިނަމަވެސް ސުޝްމީތާ ވަނީ 2000 ވަނަ އަހަރު ރެނީ، 22، އަދި 2010 ވަނަ އަހަރު 12 އަހަރުގެ އަލިސާހު އެޑޮޕްޓްކޮށްފަ އެވެ.
އަންހެން ދަރިން ތަރުބިއްޔަތުކޮށް އެކުދިންނަށް ބޭނުންވާ ރަނގަޅު ތަރުބިއްޔަތެއް ދިނުމަށް ސުޝްމީތާ ވަނީ އޭނާގެ އެކްޓިން ކެރިއަރުން ބްރޭކެއް ނަގާފަ އެވެ.
