މުނިފޫހި

ބްރެޒިލްގެ ކުރީގެ މިސް ގްލީސީ ކޮރެއާ އުމުރުން 27 އަހަރުގައި  މަރުވެއްޖެ

ބްރެޒިލްގެ ކުރީގެ މިސް ގްލީސީ ކޮރެއާ މަރުވީ އުމުރުން 27 އަހަރުގައި އޭނާގެ ޓޮންސިލް ނަގަން ރޫޓިން އޮޕަރޭޝަނެއް ކުރުމުން ސިކުނޑިން ލޭއައުމާއި ހާޓް އެޓޭކެއް ޖެހިގެންނެވެ.

އިންޑިޕެންޑެންޓް އިން ބުނި ގޮތުގައި 2018 ވަނަ އަހަރު މިސް ޔުނައިޓެޑް ކޮންޓިނެންޓްސް ބްރެޒިލްގެ މަގާމު ހޯދި މިސް ކޮރެއާ ވަނީ ހޯމަ ދުވަހު އަމިއްލަ ކްލިނިކެއްގައި މަރުވެފަ އެވެ.

ވޭތުވެދިޔަ ދެމަސް ދުވަސް ވަންދެން އޭނާ ހުރީ ކޯމާގައެވެ. ޓޮންސިލް ނަގަން އޮޕަރޭޝަނެއް ކުރި ނަމަވެސް އޭގެ ދުވަސްތަކެއް ފަހުން އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އޭނާ މަރުވީ ގިނައިން ލޭއައުމުގެ ސަބަބުން ހާޓް އެޓޭކެއް ޖެހި އެވެ.

ދަ ވޮޝިންޓަން ޕޯސްޓާ ވާހަކަ ދައްކަވަމުން އާއިލީ ޕާސްޓަރު ލިޑިއަން އަލްވޭސް ބުނީ މި ގެއްލުމާމެދު ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ. އެއީ އަޖައިބު ކުރުވަނިވި އަންހެނެއް ކަމަށާއި އެންމެން ވެސް ވަރަށް ލޯބިވާ ކުއްޖެއް ކަމަށް އޭނާ ބުންޏެވެ.

މިސް ކޮރެއާ އަކީ މޮޑެލް، ބިއުޓިޝަން އަދި އިންފްލޫއެންސަރެއް ކަމަށާއި، އިންސްޓަގްރާމްގައި 56،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބިއިރު، އޭނާ އުފަންވީ ރިއޯ ޑި ޖެނީރޯގެ އިރުއުތުރުން 120 މޭލު ދުރުގައި އޮންނަ ބްރެޒިލްގެ އެޓްލާންޓިކް އައްސޭރީގައި އޮންނަ ސިޓީއެއް ކަމަށްވާ މަކާއީ އަށެވެ. ޕޯސްޓުން ބުނާ ގޮތުގައި ކުޑައިރުއްސުރެ މަސައްކަތް ކުރީ، އަވަށްޓެރި ބިއުޓީ ސެލޫނެއްގައި މެނިކިއުރިސްޓެއްގެ ވަޒީފާއެއް ހޯދައިގެންނެވެ.

މިސް ކޮރެއާ ވަޅުލާފައިވަނީ އަންގާރަ ދުވަހު އެވެ. އޭނާގެ ފޮލޯވަރުން ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އެތައް ސަތޭކަ ތައުޒިޔާ މެސެޖުތަކެއް ފޮނުވާފައެވެ. އޭނާގެ ސޯޝަލް މީޑިއާ ޕޭޖުގައި އޭނާގެ އާއިލާއިން ނެރުނު ފައިނަލް ޕޯސްޓުން ފެންނަނީ ހިނިތުންވެފައި ހުރި މިސް ކޮރެއާގެ ރީތި ފޮޓޯއެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close