ބޮލީވުޑްމުނިފޫހި

އާލިއާ ބަޓް، ރަންބީރު ކަޕޫރު ނަގަރްޖުނާގެ ޝޯގެ ގްރޭންޑް ފިނާލޭގައި ވަރަށް ކިއުޓް މޮމެންޓެއް

ބިގް ބޮސް ޓެލުގޫ 5 ގެ ގްރޭންޑް ފިނާލޭގައި ގެސްޓުންގެ ގޮތުގައި ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރެވެ.
އާދީއްތަ ދުވަހު ސްޓާ މާގެ ރަސްމީ ޓްވިޓާ އެކައުންޓުން ޝެއާ ކޮށްފައިވާ ޕްރޮމޯއެއްގައި ވަނީ އެކަކު އަނެކަކުގެ ދެއަތުގައި ހިފަހައްޓައިގެން ސްޓޭޖަށް ވަންނަ މަންޒަރެވެ. އާލިޔާ ވެސް ތެލުގޫ ބަހުން ބައެއް ވާހަކަތައް ދައްކަ އެވެ. ޑައިރެކްޓަރު އެސް އެސް ރާޖަމޯލީ ވެސް ސްޓޭޖަށް ވަދެ އޭނާގެ ކުރިއަށް އޮތް ފިލްމު “އާރްއާރްއާރް” އާ ބެހޭ ގޮތުން ވާހަކަ ދައްކާ މަންޒަރު ވަނީ ފެނިފަ އެވެ. ޝައުޤުވެރިވާ ކަމަކީ މި ފިލްމާއެކު އާލިއާ ތެލުގޫ ފިލްމު އިންޑަސްޓްރީގައި ފުރަތަމަ ފަހަރަށް ތައާރަފުވާ ކަމެވެ.

ނާނީ، ސައި ޕައްލަވީ، ކްރިތީ ޝެޓީ، ޕުޝްޕާގެ ޑައިރެކްޓަރު ސުކުމާރު، ރަޝްމިކާ މަންދަނާ އަދި މިއުޒިކް ކޮމްޕޯޒަރު ދޭވީ ސްރީ ޕްރަސާދު ފަދަ ތަރިން ވެސް ފެނިގެންދާ ޕްރޮމޯ ވީޑިއޯ އަށް ބަލާލަމާ ހިނގާށެވެ.


އާލިއާ އާއި ރަންބީރުގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް ވެސް ގްރޭންޑް ފިނާލޭގައި މެހެމާނުންގެ ގޮތުގައި ބިގް ބޮސް ޓެލުގޫ 5 ގައި ފެނިގެންދާނެ ކަމަށް ބުނެ އެވެ.
ތެލުގޫގައި ދީޕިކާ އާއި ރަންވީރު ސިންގް-ސްޓާރު “83” ގެ ރައިޓްސް ނަގަރްޖުނާ ހޯދާފައިވާތީ، އެ ޝޯގައި އެ ދެމަފިރިންގެ ފިލްމު ޕްރޮމޯޓް ކުރުމަށް ދައުވަތު ދީފައިވާ ކަމަށް ބެލެވޭއިރު، މިއީ “ބިގް ބޮސް ޓެލުގޫ 5” ގެ ގްރޭންޑް ފިނާލޭއަށް ވެސް އެޑްވާންޓޭޖަކަށް ވާނެ އެވެ.
ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. ރިއަލިޓީ ޝޯގެ ފައިނަލިސްޓުންނަކީ ވީޖޭ ސަނީ، މަނަސް، ސްރީރާމާ ޗަންދްރާ، ސިރީ ހަންމަންތު އަދި ޝަންމުކް އެވެ.

އެގޮތުން 2017 ވަނަ އަހަރުން ފެށިގެން ރައްޓެހިވެގެން އުޅޭ އާލިއާ އާއި ރަންބީރު ފުރަތަމަ ފަހަރަށް އާޔަން މުޚޭރްޖީގެ ފިލްމު “ބްރަހްމަޝްތުރާ” ގައި ސްކްރީން ޝެއާ ކުރާނެ އެވެ.
ނާގަރްޖުނާ، އަމީތާބް ބައްޗަން، މޯނީ ރޯއީ އަދި ޑިމްޕަލް ކަޕާޑިއާ ވެސް މުހިއްމު ރޯލުތަކުން ފެނިގެންދާ މި ފިލްމު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close