ދީޕިކާ ޕަޑޫކޯން “ލޫއީ ވިޓަން”ގެ 2023 ވަނަ އަހަރުގެ ކްރޫޒް ޝޯއަށް ތައްޔާރުވަނީ
ލޫއީ ވިޓަން (އެލްވީ) ހައުސް އެމްބެސެޑަރުގެ މަގާމަށް އިއުލާންކުރި ދީޕިކާ ޕަޑޫކޯން ރަސްމީކޮށް ފުރަތަމަ ފަހަރަށް ފެނިގެންދާނީ އެލްވީގެ 2023 ވަނަ އަހަރު ކެލިފޯނިއާގެ ސެން ޑިއޭގޯގައި ބާއްވާ ކްރޫޒް ޝޯ ގަ އެވެ.
އެލްވީގެ އެމްބެސެޑަރަކަށް ހަމަޖެހުނު ފަހުން ، ޢާއްމުންނަށް ފެނިލި ފުރަތަމަ ފެނިލުމުގައި ބުރާސްފަތި ދުވަހު ބަތަލާ އޯވަސައިޒް ޖެކެޓެއްގައި ރެޑް ކާޕެޓްގައި ހިނގާފައި ދިޔައިރު އޭނާގެ ލޫކް ކޮމްޕްލިމެންޓް ކޮށްފައި ވަނީ ކޮނޑުގައި އޮތް އެލްވީ ސްލިންގް ބޭގް އާއި ކަކުލާ ހަމައަށް އަރާ ހަމުގެ ބޫޓާ އެކުގަ އެވެ.
ޕަދްމަވަތު ތަރި ވެސް އިންސްޓަގްރާމްގައި އޭނާގެ ލޫކް ހިއްސާކޮށް ކެޕްޝަންގައި ލިޔެފައި ވަނީ “މައި ފަސްޓް ކްރޫޒް ޝޯ އެންޑް އިޓް ކުޑް’ޓް ހެވް ބިން މޯރ ޕާފެކްޓް… ދަ ސީ ގަލްސް، ދަ ސެޓިންގ ސަން، ދަ އައިކޮނިކް ސަލްކް އިންސްޓިޓިއުޓް އަދި @nicolasghesquiere ‘s ކްރިއޭޓިވް ބްރިލިއަންސް!”
އަދި އެ ބްރޭންޑަށް ޝުކުރު އަދާކޮށް، “ޝުކުރިއްޔާ @louisvuitton އެހާ ލޯތްބާއި ، ދީލަތިކަމާއެކު އަހަންނަށާއި، އާއިލާއަށް މަރުހަބާ ކީ ކަމަށްޓަކައި. އައި ޓްރޫލީ ކޯޑް’ޓް ހެވް އެދިޑް ފޯރ މޯރ!އަހަރެންގެ ހިތް ފުރިފައިވަނީ ލޯތްބާއި ޝުކުރުވެރިކަމުން…” ބޮލީވުޑްގެ ޑިވާ ލިޔެފައިވެއެވެ.
