މުނިފޫހި

އާލިއާއި ރަންބީރުގެ ކުރިއަށް އޮތް ފިލްމް ބްރަހްމަޝްތުރާ ގައި ޝާހުރުކުގެ ރޯލެއް

ރަންބީރު އާއި އާލިއާގެ ފަހުގެ ފިލްމް “ބްރަހްމަޝްތުރާ” ގައި މެހްމާނެއްގެ ގޮތުން ޝާހް ރުކް ޚާން ފެންނާނެކަމަށް މޯނީ ރޯއީ ކަށަވަރު ކޮށްދީފިއެވެ.

ގިނަ އަހަރުތަކެއް ވަންދެން ފިލްމު އުފެއްދުމުގައި ހޭދަކޮށްފައިވާ އާޔަން މުކަރުޖީ ޑައިރެކްޓްކޮށް، ރަންބީރު ކަޕޫރާއި އާލިއާ ބަޓް ލީޑް ރޯލް ކުޅެފައިވާ “ބްރަހްމަޝްތުރާ” ވަރަށް އަވަހަށް ތިއޭޓަރުތަކަށް އަންނާނެ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި މި ފިލްމު ޕްރިމިއާ ކުރާނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.

މި ފިލްމްގެ ކެޗްމީ ސައުންޑްޓްރެކް، މަޝްހޫރު އެކްޓަރުންގެ ކާސްޓުން، އަދި ސިނެމެޓިކް ސްޓައިލްގެ ހުރިހާ ފޭނުންވެސް ވަނީ މި ފިލްމުގެ އޮންލައިން ބަޒް ގައި ވަރަށް ބޮޑަށް ހިއްސާކޮށްފަ އެވެ.

އަޔަން މުކަރްޖީގެ “ބްރަހްމަޝްތުރާ” ގެ ސެޓުގައި ޝާހް ރުކް ޚާންގެ ފޮޓޯތަކެއް އޮންލައިންކޮށް އާންމުވި ހިސާބުން ގިނަ ބަޔަކު ވަނީ ފިލްމުގައި އޭނާ ކުޅޭ “ވަންނާރު އެސްޓްރާ” ގެ ރޯލު ކުޅެފާނެ ކަމަށް ލަފާކޮށްފަ އެވެ.

ދާދި ފަހުން ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި “ދަ ކުއީން އޮފް ޑާކްރެއިން” ގެ ބަތަލާ ޖޫނޫންގެ ރޯލު ކުޅޭ މޫނީ ރޯއީ ވަނީ އެސްއާރްކޭގެ ކެމިއޯއާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

“ރަންބީރު، އާލިއާ، ބައްޗަން ސަރ، ނަގަރްޖުނާ ސަރ، ޝާހް ރުކް ސަރ ވެސް ވަނީ އޭގައި ގެސްޓް އެޕިއަރެންސްއެއް ކުޅެފައި” ރޯއީ ދިން އިންޓަވިއުގައި ބުނެފައިވެއެވެ.

ތިން ފިލްމެއްގެ މައްޗަށް އެކުލެވޭ މި ސީރީޒް “ބްރަހްމަޝްތުރާ” އަކީ އިންޑިއާގެ ފުރަތަމަ ޔުނީކް ދުނިޔެ ކަމަށްވާ “ދަ އެސްޓްރާވާސް” ގެ ފެށުން ފާހަގަކުރާ ސީރީޒްއެކެވެ.

ބްރަހްމަޝްތުރާ، ޕާޓް ވަން: ޝިވާ ސިނަމާތަކުގައި ޕްރިމިއަރ ކުރާނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ހިންދީ، ތަމަޅަ، ޓެލުގޫ، މަލަޔާލަމް، އަދި ކަންނާޑާ ބަހުންނެވެ. މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ އާޔަން މުކަރްޖީ އެވެ. ޑައިރެކްޓަރު އެސް އެސް ރާޖަމޯލީ މި ފިލްމު ހުށަހަޅަނީ އޭގެ އަސްލު ހަތަރު ބަހުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close