މުނިފޫހި

އަނިލް ކަޕޫރަށް 65 އަހަރު ފުރިއްޖެ! ޤަބޫލުކުރެވޭތަ؟

ބޮލީވުޑް ފިލްމް އިންޑަސްޓްރީގައި އަނިލް ކަޕޫރަކީ އިތުރު ތަޢާރަފަކަށް ބޭނުން ނުވާނެފަ މަޝްހޫރު ފިލްމީ ތަރިއެކެވެ. އިއްޔެ 24 ޑިސެމްބަރ ގައި މި އެކްޓަރަށް 65 އަހަރު ފުރިއްޖެއެވެ. ޤަބޫލުކުރެވޭހެއްޔެވެ؟


އަނިލް އަދިވެސް ފެންނަނީ ވަރަށް ރީތިކޮށް ޒުވާންކަންމަތީގައި ހުރީތީއެވެ. އޭގެ ސިއްރަކީ ކޮބައިކަން ގިނަބަޔަކު ވަނީ ހޯދަން ބޭނުންވެފައެވެ.
އަނިލްގެ އާއިލާގެ ފަރާތުން އަނިލްގެ ބޭބެ ބޯނީ ކަޕޫރު ވަނީ އުފަންދުވަހާ ދިމާކޮށް އެމީހުންގެ ތްރޯބެކް ފޮޓޯ ހިއްސާކޮށް، ނަޔަކް އެކްޓަރު މިހާރު ވެސް ފެންނަނީ ވަރަށް ރީތިކޮށް އަދި ފިޓްކޮށް ކަމަށް ލިޔެފަ އެވެ.


ބޯނީގެ ދަރިފުޅު އަރްޖުން ކަޕޫރު އޭނާގެ ބޮޑުބޭބެ އަނިލް އަށް ހެޔޮ އެދުންތައް ފޮނުވާފައިވަނީ ވަރަށް މަޖާ ޢިބާރާތްތަކަކުންނެވެ.
އޭނާވެސް ވަނީ އަނިލްގެ ފޮޓޯގެ ކަޓްއައުޓެއް ހިއްސާކޮށް، މުސްކުޅިނުވުމަކީ އެހެން އެކްޓަރުން ނަށް ވެސް ލިބޭ ހިތްވަރެއް ކަމަށް ލިޔެފަ އެވެ.


ކޮންމެއަކަސް ބޮލީވުޑްގެ ގިނަ ފަންނާނުން މިއަދު އިއްޔެއާއި މިއަދުވެސް އަނިލްއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަމުންދާއިރު، އަނިލްގެ އުފަންދުވަހުގެ ތަހުނިޔާ ކިޔާލަން ބޭނުން އެތައް ބަޔަކު ދިވެހިންގެ ތެރޭގައިވެސް ތިބޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close