މުނިފޫހި

ރަންވީރު އޭނާގެ ކާމިޔާބީގެ ސިއްރު ހިއްސާކޮށްފި

ރަންވީރު ސިންގް “ސީކްރެޓް ޓު ހިޒް ސަކްސެސް” ހިއްސާކޮށްފިއެވެ. ބުނަނީ އޭނާ އަކީ “ޕަވާޑް ބައި ދީޕިކާ ޕަދުކޯން” ކަމަށެވެ.

ކަބީރު ޚާންގެ ފިލްމު 83 ގައި އޭނާ ދެއްކި އެކްޓިންއަށް ފިލްމުފެއާ އެވޯޑްސްގައި އެންމެ މޮޅު އެކްޓަރުގެ ޓްރޮފީ ދާދި ފަހުން ހޯދި ރަންވީރު ސިންގް ވަނީ އޭނާގެ ކާމިޔާބު ސްޕީޗެއްގެ ވީޑިއޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

އެވޯޑް ހަފުލާގެ ވީޑިއޯއެއް އިއްޔެ ރަންވީރު ހިއްސާކޮށްފައިވާއިރު، އެ ވީޑިއޯގައި ފެންނަނީ އެކްޓަރު ދީޕިކާ ޕަދުކޯން އާ އެކު އެންމެ މޮޅު އެކްޓަރުގެ ޓްރޮފީ ހޯދައި، ރީތި މޫނެއް ހިއްސާކުރުމާ ބެހޭ ގޮތުން އިމޯޝަނަލް ސްޕީޗެއް ޝެއާކުރާ ތަނެވެ. މި ވީޑިއޯ ފެށެނީ ކަރަން ޖޯހަރު އެންމެ މޮޅު އެކްޓަރުގެ ޓްރޮފީއަށް ރަންވީރުގެ ނަން އިއުލާނުކޮށް، ރަންވީރު ސިންގް އަށް އޭނާގެ “ޝުކުރިއްޔާ ސްޕީޗް” ދިނުމުން ރަންވީރު ސިންގް އޭނާގެ “ކާމިޔާބީގެ ސިއްރު” ހިއްސާކޮށް، އޭނާގެ އަންހެނުން “ލަކްސްމީ” ގެ ނަމުން މުހާތަބުކުރާ ހިސާބުންނެވެ.

ރަންވީރު، ލޮލުން ކަރުނަ ހިލުމާއެކު އޭނާގެ ސްޕީޗްގައި ބުނެފައި ވަނީ “އަހަރެންގެ ހަޔާތުގައި ހިނގާ ކޮންމެ ކަމަކީ އަހަރެންގެ ތަސައްވުރުގެ ބޭރުން ހިނގާ ކަމެއް. ގިނަފަހަރަށް އަހަންނަށް ވެސް ގަބޫލެއް ނުކުރެވޭ، އަހަރެން މިތާ ހުރެގެން، މިކަން ކޮށްގެން، ތިޔަ ހުރިހާ ބޭފުޅުންގެ ކުރިފުޅުމަތީގައި ހުއްޓި ހުރެ، އެކްޓަރަކަށް ވެވޭނެކަމަކަށް. އެއީ މުޢުޖިޒާތެއް!

ސާބްސުން ބާދާ ދަނޔަވަދު ތޯ މައި އަޕްކާ ކަރަންގާ، އޯޑިއަންސް، އަޅުގަނޑުގެ ދަތުރުގެ ބައިވެރިއަކަށް ވެ، އަޅުގަނޑުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ފުރުސަތު ދިނީތީ.”

އޭނާ އިތުރަށް ބުނީ “މޭން ޖޯ ކުޗް ވެސް ހޫން އަޕްނޭ މާ ބާޕް ކީ ވަޖާހް ސޭ ހޫން އައުރް މެރީ ދީދީ ކީ ވަޖާހް ސޭ ހޫން. ވޮހް މެރީ ލިޔޭ ބަގްވާން ހޭން. މެއިން ޖޯ ކުޗް ބޫ ކަރްތާ ހޫން، ބަގްވާން ކޭ ލިޔޭ ކަރްތާ ހޫން، އައުރް ޖޯ ކުޗް ބީ ހޫން، ބަގްވާން ކީ ވަޖާހް ސޭ ހޫން.”

އޭނާގެ ވާހަކައިގެ ދެން އޮތް ބައިގައި ފެނިގެންދިޔައީ ހިނިތުންވެފައިވާ ތަނެވެ. “މެރޭ ގަރް މީން ލަކްސްމީ ހޭ” ކަމަށް ރަންވީރު ބުންޏެވެ. މިއޮތީ އަޅުގަނޑުގެ ކާމިޔާބީގެ ސިއްރު” ވީޑިއޯ ނިންމާލާފައި ވަނީ ރަންވީރު ދީޕިކާގެ ކަކުލުގައި ކިސްއެއް ދޭ ތަނުންނެވެ.

https://www.instagram.com/reel/CiUIGWkhLsH/?utm_source=ig_embed&ig_rid=a2a40405-5d6b-4e12-9219-f85a8eb24305

ރަންވީރުގެ މި ވީޑިއޯ އަށް ހަތް މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވާއިރު ގިނަ ކޮމެންޓުތަކުން އޭނާ ވަނީ ފެންބޮވައިގެންފަ އެވެ. ދީޕިކާ ޕަދުކޯންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަނީޝާ ޕަދުކޯން ކުރި ކޮމެންޓެއްގައި ރަތް ކުލައިގެ ހާޓް އިމޯޖީއެއް ލައިގެން”ބުނެފައި ވަނީ “ކާކާ ކާކާ ކާނީ، ކާކާ ކާކާ ކާނީ، ކަމަށެވެ.

އެކްޓަރު ނީލަމް ކޮތާރީގެ ކޮމެންޓުގައި ބުނެފައި ވަނީ “ތިއީ މޮޅު މީހެއް” ކަމަށެވެ. އަބީޝޭކް ބައްޗަން ހިތްހަމަޖެހުން ފާޅުކޮށް ކޮމެންޓް ކޮށްފައިވެއެވެ.

ކަބީރް ޚާންގެ 83 ގައި ކަޕިލް ދޭވްގެ ރޯލު ރަންވީރު ސިންގް ކުޅެފައިވާއިރު، ދީޕިކާ ޕަދުކޯން ކުޅެފައިވަނީ ކްރިކެޓް ކުޅުންތެރިޔާ ރޯމީ ބަޓިއާގެ ރޯލެވެ. ދީޕިކާ ވެސް ވަނީ މި ފިލްމު ކޯ-ޕްރޮޑިއުސްކޮށްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close