ވާހަކަމުނިފޫހި

ވާހަކަ: ރީތި ދުވަހެއް

ޢިމާރާތެއްގެ ސިޑިމަތީގައި އިށީނދެލައިގެން ކުޑަކުއްޖަކު އިނެވެ. އެ ކުޑަކުއްޖާގެ އުނގުމަތީގައި ބޮލުގައި އަޅާ ވައްތަރުގެ ތޮތްޕެއްވެސް އޮތެވެ. އެ ކުއްޖާ އިނީ ބޯޑެއް ހިފައިގެންނެވެ. އެ ބޯޑުގައި ލިޔެފައިވަނީ “އަހަންނަކީ ލޯ އަނދިރި މީހަކީމެވެ.” މިފަދައިންނެވެ. އެ ކުއްޖާގެ އުނގުމަތީގައި އޮތް ތޮފި ތެރޭގައި ކޮންމެވެސް ވަރަކަށް ފައިސާ ހުއްޓެވެ.

ފިރިހެނަކު ހިނގާފައި ދަމުން އެކުއްޖާގެ ކައިރީގައި މަޑުކޮށްލިއެވެ. އެމީހާގެ ޖީބުން ކޮންމެވެސް ވަރަކަށް ފައިސާ ނެގުމަށްފަހު އެކުއްޖާގެ އުނގުގައި އޮތް ތޮފީގެ ތެރެޔަށް ލިޔެއެވެ. އަދި އެކުއްޖާ ހިފަހައްޓައިގެން އިން ބޯޑު އަތުލުމަށްފަހު، އޭގައި ކޮންމެވެސް އެއްޗެއް ލިޔުމަށްފަހު، އެކުއްޖާ އާއި ބޯޑު ހަވާލުކުރުމަށްފަހު، ހިނގައިގަތެވެ. ގިނައިރުތަކެއް ނުވެ، ހިފައިގެން އިން ތޮތްޕަށް ފައިސާ އިތުރުވާން ފަށައިފިއެވެ.

ދުވަހަކުވެސް އެކުއްޖާއަށް އެހީގެ ގޮތުގައި ނުލިބޭހާ ފައިސާ ލިބިއްޖެއެވެ. އެދުވަހު އެކުއްޖާ ގެންގުޅުން ބޯޑުގައިވާ ލިޔުން ބަދަލުކުރި މީހާ ވާނުވާ ބެލުމަށް އެތަނަށް ދިޔައެވެ. އެމީހާގެ ފިޔަވަޅު އަޑު އިވުމާއިއެކު އެއީ ކާކުކަން އެކުއްޖާއަށް އެނގުނެވެ. އަދި އެކުއްޖާ އަހާލިއެވެ.

ގުޅުންހުރި ލިޔުންތައް

ލޯފަން ކުއްޖާ: ތީ އަހަރެންގެ ބޯޑުގައިވާ ލިޔުންކޮޅު ބަދަލުކުރި މީހާތަ ؟ ކީކޭތަ އޭގައި ލިޔުނީ؟

ފިރިހެންމީހާ: އަހަރެން ލިޔުނީ ތެދު. އަހަރެންވެސް ލިޔުނީ ހަމަ ކުރިން ލިޔެފައި އޮތް އެތި.

އެ ފިރިހެން މީހާ އެބޯޑުގައި ލިޔުނީ ” މިއަދަކީ ވަރަށް ރީތި ދުވަހެކެވެ. އެހެން ނަމަވެސް އަޅުގަނޑަކަށް ނުފެނެއެވެ. ” މިފަދައިންނެވެ.

ފުރަތަމަ ލިޔުމާއި ދެވަނަ ލިޔުމުން ބުނެދިން އެއްޗަކީ އެކަށްޗެއްކަން ތިޔަ ކިޔުންތެރިޔާއަށް ވިސްނޭ ހެއްޔެވެ؟ ހަމަގައިމުވެސް މި ދެ ލިޔުމުންވެސް އެހެން މީހުންނަށް ބުނެދެނީ އެކުއްޖާއަކީ ލޯ އަނދިރި ކުއްޖެއްކަމެވެ. އެހެންނަމަވެސް ދެވަނަ ލިޔުމުން ބުނެދެނީ ލޮލުގެ ފެނުމުން މަޙްރޫމުނުވެ ތިބި މީހުންގެ ނަޞީބު ރަނގަޅުކަމެވެ. އަދި އޭގެއިން ހަނދާންކޮށްދެނީ އެއީ ވަރަށް ބޮޑު ނިޢުމަތެއްކަމަށާއި އެ ނިޢުމަތް ދެއްވި ފަރާތަށް ޝުކުރު ކުރަންޖެހޭ ކަމެވެ. މާތް ﷲ ތަޢާލާ މުއުމިނޫން ސޫރަތުގެ 78 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.

وَهُوَ الَّذِي أَنشَأَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۚ قَلِيلًا مَّا تَشْكُرُونَ ‎﴿٧٨﴾

މާނައީ: ” އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން شكر ކުރަނީ، ވަރަށްވެސް މަދުންނެވެ. “

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close