ބޮލީވުޑް

“ނޯޓްބުކް” ތަފާތު ފިލްމަކަށް ވާނެ ބާ؟

ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް، ކަޝްމީރުގެ ހިތްގައިމު މަންޒަރުތައް ފެނިގެންދާ ފިލްމު “ނޯޓްބުކް”ގެ ޓްރެއިލާ ދައްކާލައިފިއެވެ. އެ ފިލްމަކީ ޒަހީރު އިގްބާލް އަދި ޕްރަނުތަން ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ. . “ނޯޓްބުކް” ގެ އިނގިރޭސި ފިލުމަކީވެސް ލޯބީގެ ނުހަނު ރީތި ފިލުމަކަށްވީއިރު، މި ފިލްމު ޕްރިމިއާކުރާނީ އަންނަ މާޗު މަހުގެ 29 ވަނަ ދުވަހުއެވެ. އެ ފިލްމަކީ ސަލްމާން ހާން ޕްރޮޑަކްޝަންއިން އުފައްދާ ފިލްމެކެވެ. ޓްރެއިލާ ލޯޗިން ހަފްލާގައި ދެ ތަރިންގެ އެކްޓިން މޮޅުކަމާމެދު ސަލްމާންހާން ވަނީ ތަޢުރީފްކޮށްފައެވެ. ހާއްސަކޮށް ޕްރަނުތަން ގެ ޑައިލޮގުތައް ހުށަހެޅުން މޮޅުކަމަށް އޭނާ ފާހަގަކުރިއެވެ.



މި ފިލްމަކީ އެކްޓަރު މޯނިޝް ބޭލްގެ އަންހެން ދަރިފުޅު ޕްރަނޫޓާން ބޭލް އާއި ޒަހީރު އިގްބާލް ބޮލީވުޑަށް ތައާރަފު ކުރާ ފިލްމެވެ. “ނޯޓްބުކް” ބެލުންތެރިންނަށް އެންމެ ހާއްސަ ވާނެ އެއް ސަބަބަކީ ކަޝްމީރުގެ ރީތި މަންޒަރުތައް މިފިލްމުގައި ދައްކުވައިދިނުމަށް ފިލްމުގެ ޑައިރެކްޓަރ ކޮށްފައިވާ ބުރަ މަސައްކަތެވެ.   ކާމިޔާބު ފިލްމެއްގެ ގޮތުގައި ސްކުރީނަށް ނެރުމަށްޓަކައި 3 މަސްދުވަހުގެ ޓްރޭނިން ފިލްމުގެ މައިގަނޑު ދެ ތަރިނަށް ވަނީ ދީފައެވެ. މީގެ ޑައިރެކްޓަރަކީ 2012 ގެ ފިލްމު “ފިލްމްސްތާން” ގެނެސް ދިން ނިތިން ކައްކަރެވެ.

ޓްރެއިލާ އިން ފެންނަ ގޮތުގައި ޕްރަނޫޓާން އަދި ޒަހީރުވެސް “ނޯޓްބުކް” ގައި ފެނިގެން ދާނީ ކުޑަކުދިންނަށް ކިޔަވައިދޭ މީހެއްގެ ރޯލުންނެވެ. ކަބީރަށް އެ ވަޒީފާ ހަމަޖެހިގެންދަނީ ޕްރަނޫޓާން ކައިވެނިކުރުމާ ގުޅިގެންނެވެ. ކޮންމެ އަކަސް ދެމީހުން އެކަކު އަނެކަކަށް ނުފެނި ލޯބިވެއެވެ. އެ ގުޅުން ފެށިގެންދަނީ އެމީހުންގެ ނޯޓްބުކުން ކަން ޓްރެއިލާއިން ދައްކުވައިދެއެވެ. ފިލްމުގައި ވާނެގޮތް ބެލުމަށް މިހާރުވެސް ވަރަށް ގިނަ ބެލުންތެރިން ކެތްމަދުވެފައިކަން ޓްރެއިލާއަށް ލިބެމުންދާ  ތަރުހީބުން އެނގެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close