އިޝްތިހާރުތަކުން ބޮޑު އާމްދަނީ ހޯދަނީ ކޮން ބައެއްބާ؟
މިދިޔަ އަހަރު ބްރޭންޑްތައް އެންޑޯޒްކޮށްގެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންޑިޔާގެ ފިލްމީ ބަތަލާ ދީޕިކާ ޕަދްކޯން އާއި ކްރިކެޓް ތަރި ވިރާޓް ކޯލީ ކަމަށް ޑަފް އެންޑް ފެލްޕުން ބުނެފި އެވެ. ވިރާޓް ކޯލީއަކީ އިންޑިއާގެ ބައިނަލްއަގުވާމީ ކުރިކެޓް ކުޅުންތެރިއެކެވެ. އަދި އެނާ އަކީ އެޓީމުގެ ކެޕްޓަނެވެ.
ވަން 8 ގެ ނަމުގައި ވިރާޓަށް ނިސްބަތްވާ ގޮތަށް ސެންޓެއްވެސް ވަނީ ނެރެފައެވެ. އަދި އޭނާ ވަނީ ދާދި ފަހުން ޕޫމާއާ ގުޅިގެން ވަން8 ބާސްކެޓް ސްނީކާޒް ވެސް ބާޒާރަށް ނެރަފައެވެ. މީގެއިތުރުން އޭނާގެ އަންހެނުން އަނުޝްކާއަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރިންގެ ލިސްޓުގައި ހިމެނޭ ފަރާތެކެވެ. އެގޮތުން އެނާގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި “ރަބް ނޭ ބަނާ ދި ޖޯޑީ” ، “ޕީ.ކޭ” “ޖަބް ތަކް ހޭ ޖާން” އަދި “ސްލްތާން” ފަދަ މަޝްހޫރު ފިލްމުތައް ފާހަގަކޮށްލެވެއެވެ. އަދި އެނާ އަކީ “ނަޝް” ގެ ނަމުގައި ކްލޯތިން ލައިނެއް ހިންގާ ބަތަލާއެކެވެ. އަދިހަމައެހެންމެ ކްލީން ސްލޭޓްގެ ނަމުގައި ފިލްމު ކުންފުންޏެއް ވެސް ހިންގަ އެވެ.
ފައިނޭންސް ސާވިސް ކޮމްޕެނީ ޑަފް އެންޑް ފެލްޕްސް އިން ނެރުނު ސެލެބްރިޓީ ބްރޭންޑް އިވެލުއޭޝަން ރިޕޯޓް 2018 “ދަ ބޯލްޑް، ދަ ބިއުޓިފުލް އެންޑް ދަ ބްރިލިއަންޓް” ގައިވާ ގޮތުން ބަތަލާ އަނުޝްކާ ޝަރުމާގެ ފިރިމީހާ އަށް މިދިޔަ އަހަރު އިޝްތިހާރުތަކުން 170.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ މި ލިސްޓްގެ އެއް ވަނަ، ޖެހިޖެހިގެން އޭނާ އަށް ލިބުނު ދެވަނަ ފަހަރެވެ. 2013 ވަނަ އަހަރުން ފެށިގެން “ރޯޔަލް ޗެލެންޖާސް ބެންގަލޯރް” ޓީމަށް ކުޅެމުން އަންނަ ވިރާޓަކީ ވެސް ގިނަ ސަޕޯޓަރުން އޮންނަ ފަރާތެކެވެ.
ދާދި ފަހަކުން މުމްބާއީގެ މޮސައިކް އާޓިސްޓެއް ކަމަށްވާ އަބާސަހެބް ޝެވާލެ ވަނީ އުށްބައްތި ބޭނުންކޮށްގެން ވިރާޓުގެ ކުރެހުމެއް ހަދާފައެވެ. ދިގުމިނުގައި 14 ފޫޓު އަދި ފުޅާ މިނުގައި 9.5 ހުންނަ އެ ކުރެހުން މިހާރު މުމްބާއީގެ ސީވުޑް ގްރޭންޑް ސެންޓްރަލް މޯލުގައި ވަނީ ބެހެއްޓިފައެވެ.
ކްރިކެޓް ކުޅެގެންނާއި އަމިއްލަ އަށް ހިންގާ އެކިއެކި ވިޔަފާރިތަކުން ވެސް ވިރާޓަކީ އިންޑިއާގެ ކްރިކެޓް ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކެކެވެ.
ދީޕިކާ އަށް ލިސްޓްގެ ދެވަނަ އިން ޖާގަ ލިބުނީ 102.5 މިލިއަން ޑޮލަރާ އެކީގަ އެވެ. އެކްޓު ކުރަމުން މިހާރު ފިލްމު ޕްރޮޑިއުސް ވެސް ކުރަން ފަށާފައިވާ ދީޕިކާއަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އެންމެ އަގުބޮޑުކޮށް ފިލްމު ކުޅޭ އެއް ބަތަލާ ވެސް މެ އެވެ. އޭނާގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި “އޯމް ޝާންތި އޯމް” ،”ރާމް ލީލާ”، ޗަންނާއީ އެކްސްޕްރެސް”، ” ބާޖިރާއޯ މަސްތާނީ” އަދި މިދިޔަ އަހަރު ކުޅުނު “ޕަދްމަވާތު” ގައި އެނާގެ ހުނަރުވެރިކަން ދައްކުވައިދީފާވެއެވެ. އަނެއްކޮޅުން އޭނާގެ މަޝްހޫރުކަމާ އެކު ދީޕިކާވެފައި ވަނީ ބްރޭންޑްތަކުގެ ލޯ އެންމެ ބޮޑަށް އަމާޒުވެފައިވާ އެއް ބަތަލާއަށެވެ.
އިންޑިއާގެ މަޝްހޫރު މެގަޒިންނެއް ކަމަށްވާ “ފޯބްސް އިންޑިއާ” އިން ހޮވާ އެންމެ މުއްސަނދި އިންޑިއާ މީހުންގެ ލިސްޓުގެ ފަސް ވަނަ ދީޕިކާ ޕަޑުކޯނު ވަނީ ހޯދާފައެވެ. މިއީ އަންހެނަކަށް އެ ލިސްޓުގެ އެހާ ކުރިން ޖާގަ އެއް ލިބުން ފުރަތަމަ ފަހަރު ވެސް މެއެވެ. އޭނާގެ ފިރިމީހާ އަދި އެކްޓަރު ރަންވީރަކީ ވެސް ބްރޭންޑްތަކުގެ އުފެއްދުންތައް އެންޑޯޒްކޮށްގެން ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ތެރެއިން އެކެކެވެ. އޭނާ އޮތީ މި ފަހަރު ލިސްޓްގެ ހަތަރު ވަނައިގައެވެ. އެއީ 63 މިލިއަން ޑޮލަރާ އެކީގަ އެވެ.


