ވިޔަފާރި ވާވޭ މޭޓް 20 އާއި ވާވޭ މޭޓް 20 ޕްރޯ ރާއްޖެއަށް ދިރާގުން ތަޢާރަފްކޮށްފި

ވާވޭ މޭޓް 20 އާއި ވާވޭ މޭޓް 20 ޕްރޯ ރާއްޖެއަށް ދިރާގުން ތަޢާރަފްކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފޯނު އުފެއްދުމުގައި ހަލުއިކަމާއެކު ކުރިއަރަމުން އަންނަ ވާވޭ ކުންފުނީގެ އެންމެ ފަހުގެ ފޯނުތައް ، ވާވޭ ބްރޭންޑްގެ ވާވޭ މޭޓް 20 އަދި ވާވޭ މޭޓް 20 ޕްރޯ މޮޑެލްގެ ފޯނު ރާއްޖެއަށް ދިރާގުން ތަޢާރަފްކޮށް، ވިއްކަން ފަށައިފިއެވެ.

ރާއްޖޭގެ މުވާޞަލާތީ އެންމެ ބޮޑު ކުންފުނި ދިރާގުން ވާވޭ މޭޓް 20 އަދި މޭޓް 20 ޕްރޯ ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ ރޭ އެކަމަށްޓަކައި ދިރާގުގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެގައެވެ. މިރަސްމިއްޔާތުގައި ދިރާގުގެ އިސް ބޭފުޅުންގެ އިތުރުން ވާވޭ ސްރީލަންކާގެ ބޭފުޅުންނާއި ރާއްޖޭގައި ހުންނަ ވާވޭގެ އޮތޯރައިޒްޑް ޑިސްޓްރިބިއުޓަރ މެކްސްކޮމް ޓެކްނޮލޮޖީސް ލިމިޓެޑުގެ ބޭފުޅުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޑިޖިޓަލް ޓްރާންސްފޯމެޝަން ޑިރެކްޓަރު މުޙައްމަދު މުސްޢަދު ވިދާޅުވީ ވާވޭއަކީ މިހާރު ޓެކްނޮލޮޖީގެ ދާއިރާގައި ދުނިޔޭގައި އެންމެ ޙަލުވިކަމާއިއެކު ކުރިއަރަމުން އަންނަ ބްރޭންޑް ކަމަށާއި، އަލަށް ތަޢާރަފް ކުރެވުނު ފޯނުތަކަކީ ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބޭނެ ފޯނުތަކެއްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ވާވޭ ސްރީލަންކާގެ ޖެނެރަލް މެނޭޖަރ ކަލްޕާ ޕެރޭރާގެ ވާހަކަފުޅުގައި ވާވޭގެ އައު މޮޑެލް ތަކުގައި އެކުލެވޭ ފީޗަރސްތަކަށް އަލިއަޅުވާލައްވާ ވާހަކަ ދެއްކެވިއެވެ. އަދި ސްމާޓް ފޯން އުފެއްދުމުގައި ދުނިޔޭގައި އެއްވަނަ ކުންފުންޏަށްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް ކަލްޕާ ވިދާޅުވިއެވެ.

ދިރާގުން  ތަޢާރަފްކުރި ވާވޭގެ ދެ ފޯނަށް ޕްރީ އޯޑަރކުރި ފަރާތްތަކަށް ފޯނު ހަދިޔާކުރުންވެސް މިރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ.

ދިރާގުން ވާވޭ މޭޓް 20 ގަންނަ ކޮންމެ ފަރާތަކަށް ފްލިޕް ކަވަރެއް ހިލޭދެއެވެ. އަދި ވާވޭ މޭޓް 20 ޕްރޯ ބައްލަވައިގަންނަވާ ފަރާތްތަކަށް ފްލިޕް ކަވަރއެއްގެ އިތުރުން ވަޔަރލެސް ޗާޖަރެއް ހިލޭ ލިބޭއިރު ދިރާގުން ގަންނަ ވާވޭ ގެ ފޯނުތަކަށް އެއް އަހަރުގެ ވޮރެންޓީއެއް ވެސް ލިބިގެންދާނެއެވެ.

ދިރާގުން ބުނީ ޕްރީ އޯޑަރަށް ހުޅުވާލުމުން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ކަސްޓަމަރުން އޯޑަރު ދެމުންދާ ކަމަށާއި، މި ފޯންތަކަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށެވެ.

މިފޯނުތަކަށް ފައިސާ ދެއްކުމުގައިވެސް ދިރާގުންވަނީ ލުއިގޮތްތަކެއް ހޯދައިދީފައެވެ. އެގޮތުން ވާވޭ މޭޓް 20 ށް ފައިސާދެއްކުމަށް އެއް އަހަރަށް ބަހާލައިގެން ކޮންމެ މަހަކު 988 ރުފިޔާ ދައްކާގޮތަށް ގަންނަން ލިބޭނެއެވެ. އަދި ވާވޭ މޭޓް 20 ޕްރޯ އެއް އަހަރަށް ބަހާލައިގެން ކޮންމެ މަހަކު 1148 ރުފިޔާ ދައްކާ ގޮތަށް ލިބެން ހުންނާނެކަމަށް ދިރާގުން ބުނެއެވެ.

މިއިން ކޮންމެ މޮޑެލްއަކަށްވެސް އެޑްވާންސްގެ ގޮތުގައި 2999 ރުފިޔާ ދައްކަން ޖެހެއެވެ. ނަމަވެސް އެއް ފަހަރާ ފައިސާ ދައްކާ ގޮތަށް ވާވޭ މޭޓް 10999 ރުފިޔާއަށް ލިބެން ހުރި އިރު، ވާވޭ މޭޓް 20 ޕްރޯ ލިބެން ހުރީ 15999 ރުފިޔާއަށެވެ.

ޓެގް

ދިރާގު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.