ރިޕޯޓް އިންޑިއާގެ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ބައިނަލްއަޤްވާމީ ބާޒާރުގައި ގޮންޖެހުންތަކެއް؟

އިންޑިއާގެ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ބައިނަލްއަޤްވާމީ ބާޒާރުގައި ގޮންޖެހުންތަކެއް؟

އިންޑިއާގެ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ބައިނަލްއަޤްވާމީ ބާޒާރުގައި ގޮންޖެހުންތަކެއް؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޑިއާގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓްކުރުމުގައި ފެންވަރާއި ރައްކާތެރިކަމުގެ މިންގަނޑުތަކާ ގުޅޭގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. އެގޮތުން ޖަޕާނާއި، ޗައިނާ އަދި ވިލާތުގެ ޤައުމުތަކުން އިންޑިއާގެ ބައެއް ބާވަތްތައް އެތެރެކުރުން ހުއްޓުވައި ނުވަތަ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.

ޖަޕާނުން ވަނީ އިންޑިއާގެ އަނބު އެތެރެކުރުން ވަގުތީގޮތުން ސަސްޕެންޑްކޮށްފައެވެ. މިއީ އިންސްޕެކްޝަން މަރުޙަލާގައި ބަލަންޖެހޭ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކޮށްފައި ނުވާތީ އަޅާފައިވާ ފިޔަވަޅެކެވެ. މީގެ ސަބަބުން އަލްފޮންސޯ އަދި ކޭސަރު ފަދަ މަޝްހޫރު ބާވަތްތަކުގެ އަނބު އެކްސްޕޯޓްކުރާ ދަނޑުވެރިންނާއި ވިޔަފާރިވެރިންނަށް ވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައެވެ.

އޭގެ އިތުރުން ޗައިނާއިން ވަނީ އިންޑިއާގެ ތިން ކުންފުންޏަކުން އެތެރެކުރި ހަނޑުލުގައި ޖީއެމްއޯ ނުވަތަ ޖެނެޓިކް މޮޑިފިކޭޝަންގެ އަސަރު ހުރިކަމަށް ބުނެ، އެ ކުންފުނިތަކުގެ ލައިސަންސް ބާތިލްކޮށްފައެވެ. ނަމަވެސް އިންޑިއާގެ އެކްސްޕޯޓަރުންނާއި ކަމާބެހޭ އިދާރާތަކުން ބުނަމުންދަނީ އިންޑިއާގައި ޖީއެމްއޯ ހަނޑޫ ނުހައްދާ ކަމަށާއި، އެކްސްޕޯޓްކުރި ހަނޑުލުގައި އެފަދަ އަސަރެއް ނުހުންނާނެ ކަމަށެވެ.

ވިލާތުގެ ޤައުމުތަކާއި ހޮންކޮންގުން ވަނީ އިންޑިއާއިން އެކްސްޕޯޓްކުރާ ހަވާދުގެ ބާވަތްތަކުގައި ކެމިކަލް ނުވަތަ ޕެސްޓިސައިޑްގެ މިންވަރު މަތިކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ ސަބަބުން އެ ބާވަތްތައް ޓެސްޓްކުރާ މިންވަރު ވަނީ އިތުރުކޮށްފައެވެ.

މި މައްސަލަތައް ދިމާވާ ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ އުފެއްދުންތައް ދަނޑުވެރިންގެ އަތުން ފެށިގެން އެކްސްޕޯޓްކުރުމާ ހަމައަށްދާ ސަޕްލައި ޗޭން ބުރިބުރިވެފައިވުމާއި، ޓެސްޓްކުރާ ލެބޯޓްރީތަކުގެ ނިޒާމު ހަރުދަނާވެފައި ނެތުމެވެ. އެކި ޤައުމުތަކުގެ ފެންވަރު މިންގަނޑުތައް ހަރުކަށިވަމުންދާއިރު، އިންޑިއާއިން ދަނީ ޓެސްޓިންގ ނިޒާމުތައް ފުޅާކޮށް، ސިއްހީ މިންގަނޑުތަކަށް ފެތޭގޮތަށް މަސައްކަތްތައް އިޞްލާޙުކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.

ޓެގް

ދަނޑުވެރިން އިންޑިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.