ވިޔަފާރި އެމެރިކާއާއި އީރާނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ފެށި ތެލުގެ އަގު ދަށަށް ހިނގައްޖެ

އެމެރިކާއާއި އީރާނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ފެށި ތެލުގެ އަގު ދަށަށް ހިނގައްޖެ

އެމެރިކާއާއި އީރާނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ފެށި ތެލުގެ އަގު ދަށަށް ހިނގައްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާއާއި އީރާނާ ދެމެދު މި ހަފުތާގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ބެލެވުމާއެކު، މެދުއިރުމަތީގެ މުހިންމު ސަރަހައްދުތަކުން ބޭރުކުރާ ތެލުގެ މިންވަރު އިތުރުވާނެ ކަމުގެ އުންމީދުގައި، އަންގާރަ ދުވަހު ތެލުގެ އަގު 1 ޑޮލަރަށްވުރެ ބޮޑަށް ދަށަށް ހިނގައްޖެއެވެ. މިއީ ކުރީ ދުވަހު އަގުތަކަށް އައި ކުރިއެރުމާ ހިލާފަށް އައި ބަދަލެކެވެ.

ބްރެންޓް ކްރޫޑްގެ އަގު 1.04 ޑޮލަރު ނުވަތަ 1.1 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ހުރީ 94.44 ޑޮލަރުގައެވެ. އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް (WTI) މެއި މަހުގެ ކޮންޓްރެކްޓްތަކުގެ އަގު 1.66 ޑޮލަރު ނުވަތަ 1.9 އިންސައްތަ ދަށަށް ގޮސް، 87.95 ޑޮލަރަށް ވަނީ ތިރިވެފައެވެ. މެއި މަހުގެ ކޮންޓްރެކްޓްތައް އަންގާރަ ދުވަހު ހަމަވާއިރު، ޖޫން މަހުގެ ކޮންޓްރެކްޓްތަކުގެ އަގު ވެސް ވަނީ 1.24 ޑޮލަރު ނުވަތަ 1.4 އިންސައްތަ ދަށަށް ގޮސް، 86.18 ޑޮލަރަށް ތިރިވެފައެވެ.

މިދިޔަ ހޯމަ ދުވަހު ތެލުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ބްރެންޓްގެ އަގު 5.6 އިންސައްތަ އަދި WTI ގެ އަގު 6.9 އިންސައްތަ މައްޗަށް ދިޔައީ، އީރާނުން އަނެއްކާވެސް ހޯރްމުޒް ކަނޑުއޮޅި ބަންދުކުރުމާއި، އެމެރިކާއިން އީރާނުގެ މުދާ އުފުލާ ބޯޓެއް ހިފެހެއްޓުމާ ގުޅިގެންނެވެ.

އިންވެސްޓަރުން މިހާރު އެންމެ ބޮޑަށް ބަލަމުންދަނީ މި ހަފުތާގައި ބާއްވާ މަޝްވަރާތަކުން މިހާރު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިތުރުކުރެވޭނެ ކަމަށް ނުވަތަ ދާއިމީ އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ފުރުސަތަށެވެ. އެހެންނަމަވެސް، އިތުރު ހަމަނުޖެހުންތަކެއް ހިނގައި ތެޔޮ ސަޕްލައިއަށް ބުރޫއެރުމުގެ ބިރު އަދިވެސް އެބައޮތެވެ.

ޓެގް

ތެލުގެއަގު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.