ކުއްލި ޚަބަރު ތޭރައަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ތޭރައަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢުމުރުން 13 އަހަރުގެ އަންހެންކުއްޖަކު ވިލިމާލެއިން ގެއްލިގެން ހޯދަމުން އެބަ ދެއެވެ.

ފުލުހުން ބުނެފައިވަނީ ވިލިމާލެއިން 13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ރޭ 01:33 ގައި ރިޕޯޓްކޮށްފައިވާކަމަށެވެ.

“ފުލުހުން ދަނީ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން” ފުލުހުން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތަކުގައި ބުނެފައިވާގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 13 އަހަރުގެ، ޒޯޔާ ނަމަކަށްކިޔާ ކުއްޖެކެވެ. ކުއްޖާގެ ފޮޓޯވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ. އަދި ކުއްޖާއާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އެނގިއްޖެނަމަ 7282434 އަށް ގުޅުމަށްވެސް އެދިފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ކުއްޖާ ގެއްލިގެން ހޯދަން ފެށީ ފިހާރައަކަށް ދިޔަފަހުން އާއިލާއަށް ހަބަރެއް ނުވުމުންނެވެ.

ޓެގް

މީހަކުގެއްލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.