ކުއްލި ޚަބަރު މާލޭގެ ގެއެއްގެ ފަސްވަނަ ފަންގިފިލާއިންތުއްތު ކުއްޖަކު ވެއްޓި ނިޔާވެއްޖެ

މާލޭގެ ގެއެއްގެ ފަސްވަނަ ފަންގިފިލާއިންތުއްތު ކުއްޖަކު ވެއްޓި ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


މާލޭގެ ގެއެއްގެ ފަސް ވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓި، ނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން، ހެންވޭރު ގެއެއްގެ ފަސް ވަނަ ފަންގިފިލާއިން ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިފައިވާ ކަމަށް ރޭ 12:20 ހާއިރު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެ ކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް، އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިމައްސަލަ ފުލުހުން ތަހުޤީޤު ކުރަމުންދާއިރު، މިފަދަ ހާދިސާތަކަކީ މާލޭގައި ދޭތެރެދޭތެރެއިން ހިނގާ ހާދިސާތައްކަން ފާހަގަކޮށްލަން ޖެހެއެވެ. ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންވެސް މިފަދަ އުސްއިމާރާތްތަކުންވަނީ ވެއްޓި ހިތާމަވެރި ހާދިސާތައް ހިނގާފައެވެ.

ޓެގް

ތުއްތުކުދިން ނިޔާވުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.