ޚަބަރުކުއްލި ޚަބަރު

އެންމެ މޮޅު ކުޅިވަރު ކުރިންތެރިންނަށާއި ކުޅިވަރަށް ޚިދުމަތް ކުރި ފަރާތްތަކަށް އެވާރޑް ދީފި

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ކޮންމެއަހަރަކުވެސް ބާއްވާ މޯލްޑިވަސް ސްޕޯޓްސް އެވޯޑްގައި ފާއިތުވި އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު ކުޅުންތެރިންނަށާއި ކުޅިވަރަށް ޚިދުމަތް ކުރެއްވި ފަރާތްތަކަށްއެވާރޑް ދީފިއެވެ.

ފާއިތުވި އަހަރުގެ އެންމެ މޮޅު އެތުލީޓުންނަށް އެވާޑް ހަވާލު ކޮށްފައިވަނީ، ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން އެކުވެނި ދަނޑުގައި ރޭ ބޭއްވި އެވޯޑް ހަފްލާއެއްގައެވެ. މި ހަފްލާގައި ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުއާއި އެކަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން، ކުޅިވަރާއި ބެހޭ ވަޒީރު އަޙުމަދު މަޙްލޫފާއި، ދައުލަތުގެ ވަޒީރުންނާއި، ނައިޖީރިއާގެ ކުޅިވަރާ ބެހޭ ވަޒީރު ސަންޑޭ އަކިން ޑާރޭއާއި އަދި އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާއި އެތުލީޓުންނާއި، ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނާއި އެތުލީޓުން ބައިވެރިވިއެވެ.

“މޯލްޑިވްސް ސްޕޯޓްސް އެވޯޑް”ގެ ނަމުގައި ރާއްޖޭގައި ބޭއްވޭ ކުޅިވަރުގެ ދާއިރާގެ އެންމެ ބޮޑު އެވޯޑް ޙަފްލާގައި، ރާއްޖޭގެ މިދިޔަ އަހަރު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު)އެވެ. އެންމެ މޮޅު އެސޯސިއޭޝަންއަކަށް ބެޑްމިންޓަން އެސޯސިއޭޝަން ހޮވުނުއިރު، ކުޅިވަރު ޚަބަރުތައް އެންމެ ރަގަޅަށް ކަވަރުކުރި ނޫހަކަށް ހޮވުނީ އަދަދު އޮންލައިންއެވެ. އަދި ކުޅިވަރު ޚަބަރުތައް އެންމެ ރަގަޅަށް ބްރޯޑްކާސްޓް ކުރި މީޑިއާއަކަށް ހޮވުނީ ރާއްޖެ ޓީވީއެވެ.

ރޭގެ ހަފްލާގައި އެންމެ މޮޅު ކުޅިވަރު ކުޅުންތެރިންނަށް ހޮވުނީ:

އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ: އާއިޝަތު މާޖިދާ
ފިރިހެން ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާ: ގައުމީ ކެޕްޓަން އަލީ ހުޒާމް
އެންމެ މޮޅު އަންހެން ބާސްކެޓް ކުޅުންތެރިޔާ: އާމިނަތު އިޝްރާ އަބްދުއްޝުކޫރު
ފިރިހެން އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާ: އަބްދުﷲ އަމްޒަރު މުހައްމަދު
އެންމެ މޮޅު އަންހެން ހޭންޑްބޯޅަ ކުޅުންތެރިޔާ: ޒުލައިޚާ އިބްރާހީމު
އެންމެ މޮޅު ފިރިހެން ހޭންޑްބޯޅަ ކުޅުންތެރިޔާ: މުހައްމަދު ފިރްނާޒް އަބްދުﷲ
ޗެސްގެ އެންމެ މޮޅު ކުޅުންތެރިޔާ: ނިހާޔާ އަހުމަދު
ޕޫލްބިލިއާޑްގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ: އާމިނަތު ފަތުހީ
ޕޫލްބިލިއާޑްގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ: މުހައްމަދު ޝަރީފު
އެންމެ މޮޅު ކެރަމް ކުޅުންތެރިން: އާމިނަތު ވިދާދާއާއި ކުޅިވަރު ނޫސްވެރިޔާ އިސްމާއީލް އަޒްމީން
އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިޔާ: މަރިޔަމް ޝިނާތު
އެންމެ މޮޅު އަންހެން ދުވުންތެރިޔާ: އާމިނަތު ޖައިޝާ ޖުނައިދު
އެންމެ މޮޅު ފިރިހެން ދުވުންތެރިޔާ: ބާރު ދުވުންތެރިޔާ ހަސަން ސާއިދު
އެންމެ މޮޅު ފެތުންތެރިން: އާއިޝަތު ސައުސަންއާއި މުހައްމަދު އާން ހުސައިން
އެންމެ މޮޅު އަންހެން ސަރފަރ: މަރިޔަމް ރާހިލް ނަސީރު
އެންމެ މޮޅު ފިރިހެން ސަރފަރ: އަހުމަދު އާދިލް.
ބޮޑީބޯޑިންގ އެވޯޑް: އަލީ ހުޝްރުވާން އަހުމަދު
އަންހެން އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ: އާރާ އާސަލް އާޒިމް
ފިރިހެން އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ: އަބްދުﷲ ފާއިހް ފަޒީލް
ޓޭބަލް ޓެނިސްގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ: ފާތިމަތު ދީމާ އަލީ
ޓޭބަލް ޓެނިސްގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ: މޫސާ މުންސިފް އަހުމަދު
އެންމެ މޮޅު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ: ފާތިމަތު ނަބާހާ އަބްދުއްރައްޒާގު
އެންމެ މޮޅު ފިރިހެން ބެޑްމިންޓަން ކުޅުންތެރިޔާ: ނިބާލް އަހުމަދު
އެންމެ މޮޅު އަންހެން ޓެކްނިކަލް އޮފިޝަލުން: ވޮލީބޯޅަ ރެފްރީ އަހުމަދު ނަޝީދާއި އާއިޝަތު އަހުމިއްޔާ
އެންމެ މޮޅު އަންހެން ކޯޗު: ނީޝާ ހަލީމް.
އެންމެ މޮޅު ފިރިހެން ކޯޗު: އަބްދުލް ހަސީބް ހުސައިން.
އެންމެ މޮޅު ކުޅިވަރު ނޫސްވެރިއާ: އަދަދުގެ އައްޒާމް އަލިފުޅު.
އެންމެ މޮޅު ކުޅިވަރު ފޮޓޯގްރާފަރ: މުހައްމަދު ޝާބިން އިލްހާމް ރަޝީދު.
ޕެރަލިމްޕިކް އެވޯޑް ލިބުނީ ފާތިމަތު އިބްރާހީމު.
މިއަހަރު ލައިފް ޓައިމް އެޗީވްމެންޓް އެވޯޑު ދެއްވާފައި ވަނީ، އަލްމަރްޙޫމް ސަމަރު ބުލޫ އިބްރާހީމް މަނިކަށާއި، އަލްމަރްޙޫމް އަޙްމަދު ރިޒާ(ތަރަބޫޒް ރިޒާ) އަށާއި، އަލްމަރްހޫމް އަޙްމަދު މަނިކު (ލޯޖެހި އަޙުމަދު މަނިކު)އަށާއި، އަލްފާޟިލް އަޙުމަދު ވަޙީދު (ކްއީން ވަޙީދު) އަށާއި، އަލްފާޟިލް މައްލާ ޅަތުއްތު އަށެވެ.

އޭގެ އިތުރުން ނައިޖީރިއާގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ސަންޑޭ އަކިން ޑާރޭއަށް ސްޕެޝަލް ރެކޮގްނިޝަން އެވޯޑު ޙަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

“މޯލްޑިވްސް ސްޕޯޓްސް އެވޯޑް”އަކީ ރާއްޖޭގައި ބޭއްވޭ ކުޅިވަރުގެ ދާއިރާގެ އެންމެ ބޮޑު އެވޯޑް ޙަފްލާއެވެ. “މޯލްޑިވްސް ސްޕޯޓްސް އެވޯޑް” ތަޢާރަފްކޮށް ފުރަތަމަ އެވޯޑް ޙަފްލާ ބާއްވާފައި ވަނީ މިދިޔަ އަހަރުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close