ކ. ގުޅީފަޅުގައި ހުރި އިމާރާތެއްގައި ރޯވެ އަނދަން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ގުޅީފަޅުގައި ހުންނަ އެމްޓީސީސީގެ ސައިޓްގައި ހުންނަ އެކޮމަޑޭޝަން ބްލޮކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ފުލުހުން ވިދާޅުވީ މިހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު 76 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، އޭގެތެރެއިން 63 މީހުން ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ކަމަށެވެ. އަދި 16 މީހަކަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.

މިހާދިސާގައި ވަރަށް ސީރިއަސް އަނިޔާތަކެއް 6 މީހަކަށް ލިބިފައިވާ ކަށް ފުލުހުން ވިދާޅުވިއެވެ. އެކަމަކު އެ އަނިޔާތަކުގެ ތަފްޞީލެއް ފުލުހުން ނުދެއްވައެވެ.
މި ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 00:31 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ރޭ އެ ރިޕޯޓް ލިބުނު ހިސާބުން ފެށިގެން ފުލުހުންނާއި، ސިފައިން ގުޅިފަޅުގެ އެ ހާދިސާ ހިނގި ސަރަޙައްދުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...