ސެޕްޓެމްބަރު މަހު އުފަންވާ ކުދިންނާ ބެހޭ ގޮތުން ސައިންސް ބުނާ އެއްޗެއް އެނގޭތަ؟
އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސައިންސް، ޓެކްނޮލޮޖީ އެންޑް ޑިވެލޮޕްމަންޓް ސްޓަޑީޒްގެ ޕްރޮފެސަރެއް ކަމަށްވާ ރާޖޭޝް ކޮޗާރް ބުނުއްވިއެވެ. “ހޮރަސްކޯޕް (ރާހީގެ) ނަތީޖާ އަބަދު އެއް ގޮތަކަށް ނުހުރެއެވެ. (ރާހީގައި ބުނާ ކޮންމެ ވާހަކައެއް ދިމައެއް ނުވެއެވެ.) އެހެންވީމާ އެއީ ރަނގަޅު ނަޒަރިއްޔާއެއް ނޫނެވެ. އެކަމަކު މިލިޔުމުގައި ބަލައިލަން ޖެހިފައިމިވަނީ އެފަދަ ނަޒަރިއްޔާ އަކަށެވެ.
ހޮރަސްކޯޕްގެ ރޮނގުން ބުނާނަމަ ސެޕްޓެމްބަރު މަހު އެކުލެވިގެންވަނީ ދެ ޖޯޑިއަކް ނިޝާނެއް ކަމަށްވާ ވިރްގޯ އާއި ލިބްރާ އެވެ. މި ދެ ނިޝާންގައި ވެސް ސެޕްޓެމްބަރު މަހު އުފަންވާ ދުވަސްތައް ލިޔެފައިވީ ނަމަވެސް، މި ދެ ނިޝާން ވެސް އަންނަނީ ޝަޚުޞިއްޔަތުގެ ސިފަތަކެއްގެ ތަފާތު ސެޓަކާ އެކުގަ އެވެ.
ކުރީގެ ސްޕަން އަކީ އޮގަސްޓް 22 އާއި ސެޕްޓެމްބަރު 22 އާ ދެމެދުގެ އުފަންދުވަސްތަކުގައި ކަމަށް މައިންޑްބޮޑީގްރީން އިން ބުނެ އެވެ. ވިރްގޯސް އަކީ ތަފްސީލާއި ޖަމާއަތަށް އިތުރު ސަމާލުކަމެއް ދޭ ބައެއް ކަމަށާއި، އެއީ މިނިވަން، އަމަލީ، އަދި ޚާއްޞަ ފަރުދުން ކަމަށް ވެސް ބުނެއުޅެއެވެ. އަދި ހިކިވާނެއެވެ. ސަމާސާ މިޒާޖެއްގެ ވެރިއެއް ކަމުން އެހެން މީހުންނަށް ޚިދުމަތް ކުރުމުން އަބަދުވެސް އުފާވެއެވެ.

ލިބްރާސް އިން އުފަންދުވަސް ފާހަގަކުރަނީ ސެޕްޓެމްބަރު 23 އާއި އޮކްޓޯބަރު 22 އާ ދެމެދު ކަމަށް އެލޫރު އިން ބުނެ އެވެ. އެއީ ފިކުރީ ބައެއްގެ ގޮތުގައި މަޝްހޫރުވެފައިވާއިރު، އިޖުތިމާއީ ހާލަތްތަކުގައި ޝައުގުވެރިކަން އަނބުރާލުމުގެ ހުނަރެއް ވެސް އެކުލެވިގެންވާ ބައެކެވެ.
ޖޯޑިއަކް ސައިން ހޯދުމަކީ ސެޕްޓެމްބަރު މަހު އުފަންވާ މީހުންގެ ޝަޚުޞިއްޔަތާއި ސިފަތައް ދެނެގަތުމަށް އޮތް އެންމެ ގޮތެކެވެ. ނަމަވެސް އެއީ ކޮންމެހެން އެންމެ ސައިންޓިފިކް އެއްޗެއް ނޫނެވެ. ނަސީބަކުން ނޭޝަނަލް ބިއުރޯ އޮފް އިކޮނޮމިކް ރިސާޗުން ކުރިއަށް ގެންދިޔައީ ސެޕްޓެމްބަރު މަހު އުފަންވާ ކުދިންނަށް ޚާއްޞަ ވަކި ސިފަތަކެއް ކަނޑައެޅުމަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ ރިސާޗް ދިރާސާއެކެވެ. މި ދިރާސާގެ ނަތީޖާއަށް ބަލާއިރު ތިބާ ހައިރާންވެދާނެއެވެ.
ނޭޝަނަލް ބިއުރޯ އޮފް އިކޮނޮމިކް ރިސާޗްގެ ދިރާސާއިން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ތުއްތު ކުދިންގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ގިނަ ފަހަރަށް މަތީ ކާމިޔާބީތަކެއް ހޯދާ ކުދިން ކަމާއި ތައުލީމީ ގޮތުން ކާމިޔާބު ހޯދުމުގެ ފުރުސަތު ބޮޑު ތުއްތު ކުދިން ކަމެވެ.
އެމީހުން މިކަން ގުޅުވާލީ ތުއްތުއިރު ކިންޑަރ ގާރޓަންއަށް ވަންނައިރު ސެޕްޓެމްބަރު މަހު އުފަންވި ގިނަ ތުއްތު ކުދިންނަކީ އެމީހުންގެ ކްލާހުގެ އެންމެ އިންޓެލިޖެންޓް ކުދިން ކަމުގައި ވުމާއެވެ. މިކަމުގެ ސަބަބުން އެމީހުން ފުރިހަމަވެ، އެކުވެރިންނާ އަޅާބަލާއިރު ކުރިއަރާފައިވާ ކަން ފާހަގަކުރެވެއެވެ.
މަތީގައިވާ ދިރާސާއަކީ ސެޕްޓެމްބަރު މަހު އުފަންވާ ފަރުދުންގެ ޖެނެރަލައިޒްޑް ޓްރެއިޓްސް ކަނޑައެޅުމަށް ސައިންސް ބޭނުން ކުރުމަށް ކުރެވުނު ފުރަތަމަ ދިރާސާއެއް ނޫނެވެ. ސެޕްޓެމްބަރު މަހު އުފަންވާ ކުދިންނަށް ކުރިއަރާފައިވާ އެކަޑަމިކް އެޕްޓިޓިއުޑްސް ފެނުމުގެ ފުރުސަތު ބޮޑު ނޫން ކަމަށާއި، ބައިޕޯލާ ޑިސްއޯޑާ ޖެހުމުގެ ފުރުސަތު ކުޑަވާނެ ކަމަށް 2012 ވަނަ އަހަރުގެ މި ދިރާސާއިން ދައްކަ އެވެ.
މި ނަފްސާނީ ބަލި ސީޒަނަލް ޑިސްޓްރިބިއުޝަނަކަށް ފަހު ކުރިމަތިވާކަން ފާހަގަކުރެވުނުއިރު، ޖެނުއަރީ މަހު އުފަންވާ ކުދިންނަށް މި ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑަށް ހުރީ ބޮޑެތި މީހުންގެ އުމުރުގައެވެ.
ހަގީގަތުގައި ސެޕްޓެމްބަރ މަހަށް ބަލާއިރު ތުއްތު ކުދިންނަށް ވިޓަމިން ޑީގެ މިންވަރު މަތިވާނެ ކަމަށާއި އެއީ ނިއުރޯ ޑިވެލޮޕްމަންޓް ރަނގަޅަށް ހެދުމަށް މުހިންމު ކަމެކެވެ. މިގޮތަށް ވިޓަމިން ޑީ އަށް ހުށަހެޅުމުން ވެސް ރަހިމުގައި އާދައިގެ ކަށި ބޮޑުވުން ތަޖުރިބާކޮށް ފުލް ޓާމަށް ގެންދެވޭނެކަން ކަށަވަރުކޮށްދޭނެ ކަމަށް 2006 ވަނަ އަހަރުގައި ހެދި ދިރާސާއިން ދައްކާއިރު، މިއީ ދުޅަހެޔޮ ދިރިއުޅުމަކަށް ގާއިމްކުރުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ދިރާސާއެކެވެ.


