ނަރަވެލި

ލަންކާގެ ސިޔާސީ މުސްތަގުބަލަށް އިންޑިއާ މުހިންމުވަނީ ކީއްވެ؟

ލަންކާގައި ސަރުކާރާ ދެކޮޅަށް މިހާރު ކުރިއަށްދާ މުޒާހަރާތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ ކުރީގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސައާއި އޭނާގެ އާއިލާއަށް އަމާޒުކޮށް އަޑުއުފުލާފައެވެ. އަދި ހަމަ އެއާއި އެކު އެމީހުން ވަނީ އިންޑިއާއާ ދެކޮޅަށްވެސް އަޑު އުފުލައިފަ އެވެ.

“އިންޑިއާ އާއި އެމެރިކާއަށް ގައުމު ނުވިއްކާށޭ”؛ ” ސްރީލަންކާ އަކީ އިންޑިއާގެ އެހެން ދައުލަތެއް ނޫން”؛ އަދި “އިންޑިއާއިން ލަންކާގެ ހާލަތުގެ ނާޖާއިޒު ފައިދާ ނުނަގާ” – މި ފަދަ ޝިއާރުތައް މުޒާހަރާތަކުގައި ބައިވެރިން ބޭނުންކޮށްފައިވެ އެވެ.

އިންޑިއާއާ ދެކޮޅު އިހްސާސްތައް އަދިވެސް ލަންކާގެ ރައްޔިތުންގެ މެދުގައި ދެމި އޮތްއިރު، ސިޔާސީ އަދި އިގުތިސޯދީ ކޯޅުންތަކާ ކުރިމަތިލާން ޖެހިފައިވާ މި ގައުމުގައި އިންޑިއާއާ މެދު ލަންކާއިން ދެކޭ ގޮތް ބަދަލުވެދާނެ އެވެ.

ސްރީލަންކާ އޮތީ އިގުތިސޯދީ ބޮޑު ކާރިސާއެއްގެ ތެރޭގައި ކަމަށްވާއިރު، މި ކާރިސާގެ ސަބަބުން އެގައުމުގައި ބޮޑެތި މުޒާހަރާތަކެއް ފެށި، ގައުމުން ފިއްލަވައިގެން ވަޑައިގެންނެވުމަށްފަހު އެގައުމުގެ ރައީސް މަގާމުން ދުރަށް ވަޑައިގަތުމަށް މަޖުބޫރުވެވަޑައި ގެންނެވިއެވެ.

ފާއިތުވި އަހަރުތަކުގައި ސްރީލަންކާއިން ވަނީ ބޮޑު ދަރަންޏެއް ބިނާކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ މިދިޔަ ހަފްތާގައި ސިންގަޕޫރަށް ފިއްލަވައިގެން ވަޑައިގެންނެވި މިސްޓަރ ރާޖަޕަކްސައާއި އޭނާގެ އާއިލާއަށް މިހާލަތުގެ ޒިންމާ އަޅުވާފައެވެ.

ސްރީލަންކާގެ ޕޮލިޓީޝަނުންގެ ބައެއް ބައިމީހުން އަބަދުވެސް ދެކެނީ އެގައުމުގެ ބޮޑު އަދި ބާރުގަދަ އަވަށްޓެރި އިންޑިއާ އާޢި މެދު ޝައްކުގެ ނަޒަރަކުންނެވެ. ގިނަ ސިންހަލަ ނޭޝަނަލިސްޓުންނާއި، ވާތުފިޔައިގެ ޕާޓީތަކުން ފާއިތުވި އަހަރުތަކުގައި ސްރީލަންކާގައި އިންޑިއާއާ ދެކޮޅަށް އެތައް މުޒާހަރާއެއް ކުރިތަން ވަނީ ފެނިފައެވެ.

އެކަމަކު މީގެ މަސްތަކެއް ކުރިން ކުއްލިއަކަށް ލަންކާ އިގްތިސޯދީ ފުން އަނދަވަޅަކަށް ގެނބިގެން ދިޔަ ތަން ފެނުނު އިރު، އިންޑިއާ އާއި ދިއްލީގައި އޮތް ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ސަރުކާރުން މާލީ އެހީއާ އެކު ޖަވާބު ދިނެވެ.

މިއީ، ޙަޤީޤަތުގައި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، އެހެން އެއްވެސް ޤައުމަކުން ނުވަތަ މުއައްސަސާއަކުން ސްރީލަންކާއަށް ވެދިން އެހީއަކަށްވުރެ މާބޮޑު އެހީއެކެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ސްރީލަންކާގެ ނާއުންމީދުވެފައިވާ މާލީ ބޭނުންތެރިކަމުގެ ސަބަބުން، ފާއިތުވީ 15 އަހަރުގެ ތެރޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ޗައިނާއިން ލޯނާއި އެހެނިހެން ގޮތްގޮތުން މާލީ އެހީ ދިނުމުން، 22 މިލިއަން މީހުންގެ އާބާދީއެއް އޮތް ލަންކާގައި ދިއްލީގެ ނުފޫޒު އަލުން ވަރުގަދަ ކުރުމަށް މަޖުބޫރުވިއެވެ.

އިންޑިއާ ސަރުކާރުން ވަނީ ސްރީލަންކާއަށް މާލީ ގޮތުންނާއި އެހެނިހެން ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅާފައެވެ.

“ހާއްސަކޮށް މި ނާޒުކު ދަނޑިވަޅުގައި އިންޑިއާ އިން ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައި. ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ނަށް މިވަނީ ނުހަނު ބޮޑު ކާރިސާއެއް ކުރިމަތިވެފައި، އިންޑިއާ އިން ވަނީ އަޅުގަނޑުމެންނަށް އެއްބާރުލުން ދީ ފައި،” ލަންކާގެ މައި އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސާ ބީބީސީ އަށް ވިދާޅުވި އެވެ.

އިންޑިއާއާއި ސްރީލަންކާއަކީ މާޒީގައި އެތައް ސަތޭކަ އަހަރެއް ވަންދެން ސަގާފީ، ދީނީ އަދި އިގުތިސޯދީ ގޮތުން ގާތް ގުޅުމެއް އޮންނަ ދެ ގައުމެވެ.

ދިއްލީއަކީ އިންޑިއާއިން ވަރަށް ގިނަ ބާވަތްތައް، ޚާއްސަކޮށް ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރާ ކޮލަމްބޯގެ ވިޔަފާރީގެ ބޮޑު ބައިވެރިއެކެވެ. ސްރީލަންކާގެ މައިނޯރިޓީ ޓެމިލް އާބާދީއަކީ އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓެމިލް ނާޑޫގައި ދިރިއުޅޭ މީހުންނާ ސަގާފީ އަދި ނަސްލީ ގޮތުން ގާތް ގުޅުންތަކެއް އޮންނަ އާބާދީއެކެވެ.

މަހިންދަ ރާޖަޕަކްސަ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތް ފަހުން 2005 ވަނަ އަހަރުން ފެށިގެން ކޮލަމްބޯ ވަނީ އިންޑިއާގެ ނުފޫޒުން ކޮންމެވެސް ވަރެއްގެ ފޭގައެވެ. ދެވަނަ ދައުރުގައި ދުވެލި މަޑުޖެހި، ދުވެލި ބާރުވެގެން ދިޔައީ، ދެކުނުގެ ސިޓީއެއް ކަމަށްވާ ހަމްބަންޓޯޓާގައި ބަނދަރު ހެދުން ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ޗައިނާއާއެކު ގިނަ އެއްބަސްވުންތަކެއް ވެވުނު ހިސާބުންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ޗައިނާއިން މިހާތަނަށް ލަންކާ 5 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ލޯނެއް ނަގާފައިވާއިރު، އެއީ ލަންކާގެ ޖުމްލަ ބޭރުގެ ދަރަނީގެ ގާތްގަނޑަކަށް 10 ޕަސެންޓެވެ.

ނަމަވެސް، ސްރީލަންކާއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް އިތުރު ލޯނުތަކެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، ތެލުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާ ބެއިޖިންއިން އަދިވެސް އާ އެއްވެސް ލޯނެއް ނަގާކަށް ނުފަށައެވެ.

އަނެއްކޮޅުން އިންޑިއާއިން ވަނީ ކްރެޑިޓް އަދި ކަރަންސީ ސްވޮޕްގެ ގޮތުގައި ގާތްގަނޑަކަށް 3.5 ބިލިއަން ޑޮލަރު ފޯރުކޮށްދީފައެވެ. ކްރެޑިޓް ލައިންގެ ދަށުން ފާއިތުވި މަސްތަކުގައި އެގައުމުން ވަނީ ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ތެލާއި ކާބޯތަކެއްޗާއި ތަރުކާރީގެ ގިނަ ޝިޕްމަންޓްތަކެއް ލަންކާއަށް ފޮނުވާފައެވެ.

އިންޑިއާ އެކޭ އެއްފަދައިން ޗައިނާއިންވެސް ވަނީ އިންޑިއާ ކަނޑުގައި އޮންނަ ސްޓްރެޓީޖިކް ލޮކޭޝަންގެ ސަބަބުން ސްރީލަންކާއާއެކު ރަނގަޅު ޑިޕްލޮމެޓިކް ގުޅުންތަކެއް ގާއިމްކުރުމަށް މަސައްކަތްކޮށްފައެވެ.

ދިއްލީން ދިން ލޯނުތަކުގެ އިތުރުން ޑީއެމްކޭ ޕާޓީގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން އިސްކޮށް ހުންނަވައިގެން ޓެމިލް ނާޑޫ ސަރުކާރުން ވަނީ ލަންކާއަށް ކާބޯތަކެއްޗާއި ބޭސް ޝިޕްމަންޓްތައް ވެސް ފޮނުވާފަ އެވެ. އަންގާރަ ދުވަހު ޓެމިލްނާޑޫގެ ސިޔާސީ ޕާޓީތަކުން ވަނީ އަވަށްޓެރި ގައުމުތަކުގައި ކުރިއަރަމުން އަންނަ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބޭއްވުމަށް ދިއްލީއަށް އަންގައިފަ އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އިންޑިއާއިން އެތައް ބިލިއަން ޑޮލަރެއްގެ މާލީ އެހީގެ ސަބަބުން ސްރީލަންކާގެ ރައްޔިތުންގެ މެދުގައި އާންމުންގެ ވިސްނުމަށް ވަނީ ބަދަލު ތަކެއް އައިސްފައެވެ.

“އަޅުގަނޑުމެންނަށް ތެލާއި ކާބޯތަކެތި ފޮނުވައިގެން އިންޑިއާއިން ވަނީ އެކަށީގެންވާ ވަގުތުގައި އެހީތެރިކަން ފޯރުކޮށްދީފައި. އިންޑިއާގެ އެހީއާ ނުލައި ލަންކާއަށް އުނދަގޫވީސް،” ޕްރައިވެޓް ސެކްޓާގެ މުވައްޒަފެއް ކަމަށްވާ ޓައިރޮނޭ ސެބަސްޓިއަން ބުންޏެވެ.

ސޯޝަލް އެކްޓިވިސްޓެއް ކަމަށްވާ މެލަނީ ގުނަތިލަކް ބުނާ ގޮތުގައި “އެއްބައިވަންތަކަމާއި އެހީތެރިކަމުގެ ފިޔަވަޅަށްޓަކައި” އިންޑިއާގެ ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ނަމަވެސް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އިންޑިއާއިން ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމި ނިންމުމަކީ ވެސް ސްޓްރެޓީޖިކް މުހިންމު ނިންމުމެކެވެ.

އިންޑިއާއިން އިނީޝިއަލް ކްރެޑިޓް ލައިން އިޢްލާން ކުރުމާއެކު، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އުތުރު އިރުމަތީ ޓްރިންކޮމަލީ ބަނދަރުގައި ހަދާފައިވާ 61 ބިޔަ ތެޔޮ ޓޭންކް، ދެ ޤައުމު ގުޅިގެން އޮޕަރޭޓް ކުރުމަށް ދެގައުމުންވެސް މިދިޔަ ޖެނުއަރީ މަހު ވަނީ އެއްބަސްވެފައެވެ. 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފެސިލިޓީއަށް އިންޑިއާއިން ވަނުމަށް މަސައްކަތް ކުރަމުން އަންނަތާ 30 އަހަރުވެފައިވާއިރު، މި ފެސިލިޓީގެ ސަބަބުން ސްޓްރެޓީޖިކް ތެލުގެ ރިޒާވް ރައްކާކުރުމަށް މަގުފަހިވެގެންދާނެއެވެ.

ހަމައެފަދައިން، މިދިޔަ ސެޕްޓެމްބަރު މަހު، ސްޓްރެޓީޖިކް ކޮލަމްބޯ ޕޯޓުގައި ވެސްޓަރން ކޮންޓެއިނަރ ޓަރމިނަލް ބިނާކޮށް، އޮޕަރޭޓް ކުރުމަށް، އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ އަޑާނީ ގްރޫޕަށް މެޖޯރިޓީ ހިއްސާ ދީފައި ވެއެވެ.

އަޅުގަނޑު ނުދެކެން، އެއްވެސް ޤައުމަކުން، އެޤައުމެއްގެ އަމިއްލަ ނަފްސަށް ބަދަލެއްގެ ގޮތުން އެއްޗެއް ބޭނުންނުކޮށް، އަޅުގަނޑުމެންނަށް އެހީވާނެ ކަމަކަށް. އިންޑިއާއިން އެމީހުންގެ މަސްލަހަތު ބަލަހައްޓާނެ،” ވައަތު ފިޔައިގެ ނެޝަނަލް ޕީޕަލްސް ޕަވާ އެލަޔަންސްގެ ޕާލަމެންޓް މެމްބަރު ހަރީނީ އަމަރަސޫރިޔާ ބީބީސީއަށް ވިދާޅުވި އެވެ.

މިސް އަމަރަސޫރިޔާ ވިދާޅުވަނީ އިންޑިއާ އެކޭ އެއްފަދައިން ސްރީލަންކާއަށްވެސް އެންމެ ފައިދާހުރި ނިންމުންތައް ނިންމަން ޖެހޭ ކަމަށާއި، އެ ޤައުމުގެ އިޤްތިޞާދީ އަދި ސްޓްރެޓީޖިކް ލޮކޭޝަންތަކުގެ ކޮންޓްރޯލް ދޫކޮށްލަން ޖެހިދާނެތޯ އަދިވެސް ބަލަންޖެހޭ ކަމަށެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ސްރީލަންކާގެ ތަމަޅަ މައިނޯރިޓީގެ ސުލުހައާއި ހައްގުތަކަށް އެމީހުން ކުރާ ޑިމާންޑްގެ ސަބަބުން ވެސް އިންޑިއާއާ އެކު ޑިޕްލޮމެޓިކް މަޝްވަރާތަކަށް އަސަރު ކުރާނެ އެވެ.

ދެގައުމުގެ ގުޅުން ހީނަރުވެގެން ދިޔައީ 1980 ގެ އަހަރުތަކުގައި ސްރީލަންކާގެ ތަމަޅަ ހަނގުރާމަވެރި ގިނަ ޖަމާއަތްތަކަކަށް އިންޑިއާއަށް ހިމާޔަތް ދިނުމުންނެވެ. ކޮލަމްބޯއިން ތުހުމަތު ކުރާ ގޮތުގައި ލަންކާގައި ތަމަޅައިންނަށް ވަކި ވަޒަނެއް ހޯދުމަށް ހަނގުރާމަ ކުރަމުން ދިޔަ ހަނގުރާމަވެރިންނަށް ހަތިޔާރާއި ތަމްރީނު ދިއްލީއިން ފޯރުކޮށްދިން ކަމަށެވެ.

ސްރީލަންކާ ވެގެންދިޔައީ، 20 އަހަރުގެ ތެރޭގައި، ބޭރުގެ ދަރަނި ނުދެއްކުނު، އޭޝިޔާ ޕެސިފިކް ގެ ފުރަތަމަ ޤައުމަށެވެ.

ދާޚިލީ ހަނގުރާމަ 2009 ވަނަ އަހަރުގެ މެއި މަހު ހަނގުރާމަވެރިން ބަލިކުރުމާއެކު ނިމުމަކަށް އައިސް، ހަނގުރާމައިގެ ދުވަސްވަރު އިންޑިއާ އޮތީ ސްރީލަންކާ ސަރުކާރާ އެކު އެވެ.

ނަމަވެސް، 1987 ވަނަ އަހަރު އެކުލަވާލި އިންޑިއާ-ސްރީލަންކާ ސުލްހައިގެ އެއްބަސްވުމަށް ސްރީލަންކާއިން އަދިވެސް ފުރިހަމައަށް އަމަލުކުރަމުން ނުދެއެވެ.

“މީގެ ކުރިން އަބަދުވެސް ކަންބޮޑުވަނީ ސިޔާސީ ގޮތުން އިންޑިއާއިން ސީދާ އިންޓަވެންޝަނެއް ހިންގާތީ،” މިސް އަމަރަސޫރިޔާ ވިދާޅުވެފައިވެ އެވެ.

ނަމަވެސް މިހާރު ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ސިޔާސީ ކަންބޮޑުވުންތައް މިވަގުތަށް އޯވަރައިޑް ވާނެ ކަމަށް ބެލެވެ އެވެ.

އިގުތިސޯދީ ހީނަރުކަމުގެ ސަބަބުން ޓެމިލްނާޑޫއިން ހިމާޔަތް ހޯދާފައިވާ ސްރީލަންކާގެ އެތައް ބަޔަކު މިހާރުވެސް ވަނީ، ޓެމިލް ނާޑޫއިން ހިމާޔަތް ހޯދާފައެވެ.

ސްރީލަންކާގެ މައިނޯރިޓީ ތަމަޅަ އަދި މުސްލިމް މުޖުތަމައުތަކުން އަބަދުވެސް އިންޑިއާގެ އެހީތެރިކަމަށް ބޭނުންވަނީ މައްސަލަތަކެއް ކުރިމަތިވެ، ހަމަހަމަ ހައްގުތަކެއް ބޭނުންވާ އިރު އެވެ.

ފާއިތުވެދިޔަ މަސްތަކުގައި ކިތަންމެ ހިތްދަތި އިހުސާސްތަކެއް ކުރެވުނު ނަމަވެސް، ސިންހަޅަ މުޖުތަމައުގެ ގިނަ ބަޔަކު ވެސް ވަނީ ފާއިތުވެދިޔަ މަސްތަކުގައި އިންޑިއާގެ އެހީގެ އަގު ވަޒަންކޮށްފަ އެވެ.

ސްރީލަންކާގެ މަޝްހޫރު އައިޓީ ޕްރޮފެޝަނަލް މުހައްމަދު ސުފިއާން ވިދާޅުވާ ގޮތުގައި ލަންކާ-އިންޑިއަން އޮއިލް ކޯޕަރޭޝަނުން އަދިވެސް ދަނީ އަހަރެމެން ކުރިއަށް ދިއުމަށް ބޭނުންވާ ބައެއް ސަޕްލައި ފޯރުކޮށްދެމުންނެވެ.

އިންޑިއާއިން އެހީތެރި ނުވިނަމަ ނޫންނަމަ ލަންކާގެ އެކި ކަންކޮޅުތަކުގައި ހުރި އަޅުގަނޑުމެންގެ ފިއުލް ސްޓޭޝަންތައް މުޅިން ބަންދުވީސް.” ސުފިޔާން ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close