ރިޕޯޓް

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭގެ) އަމާޒަކީ މުޅިރާއްޖެ ތަރައްޤީކުރުން

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަކީ އެޕާޓީ އުފެދުނީއްސުރެވެސް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާ ޖަމާޢަތްތަކާއި، އަދި ޢާއްމު ފަރުދުންނަށްވެސް މާލީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ޢާއްމުކޮށް މުޅިރާއްޖޭގެ ރަށްތައް ތަރައްޤީ ކުރުމުގެ މާތް މަޤްޞަދުގައި ސިޔާސީ ގޮތުން ހަރަކާތްތެރިވަމުންއަންނަ ޕާޓީއެކެވެ.

އެމްޑީއޭގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުޙައްމަދަކީ ވިޔަފާރީގެ އިތުރުން ސިޔާސީ ގޮތުންވެސް ފުންނާބު އުސް ބޭފުޅެއްކަން ސާބިތު ކޮށްދީފައިވަނީ އެމަނިކުފާނު ފާއިތުވެދިޔަ ދިގު މާޒީގައި ރައްޔިތުންގެ މަޖްލިސް މީދޫދާއިރާ ތަމްޞީލް ކުރެއްވުން އެކަންޏެއްނޫނެވެ. އޭގެއިތުރުން ޕީޕީއެމް ސަރުކާރުގައިވެސް ސިޔާމްގެ އެމްޑީއޭ ސަރުކާރު ހިންގާ މައި ކޯލިޝަންގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި އޮތް އޮތުން ހެއްކަކަށް ފުދެއެވެ.

މިފަހަކަށް އައިސް އެމްޑީއޭ ސިޔާސީ ކަންކަމާ ކޮންމެވެސް ވަރަކަށް ދުރުގައި އޮތްނަމަވެސް މިއަދު މިވަނީ އަނެއްކާވެސް އާ ޖޯޝަކާއި އެކީ އަލުން އާ ހިތްވަރެއް ލައި ރައްޔިތުންގެ ޚިދުމަތަށް ނުކުމެފައެވެ.

އެމްޑީއޭގެ ސިޔާސީ ހަރަކާތްތަކަށް ކުޑަ މަޑުޖެހުމެއް އައީ ކޮވިޑް 19އާ ގުޅިގެންނެވެ. ކޮވިޑުގެ ތެރޭގައި ސިޔާސީ ކަންކަން މަޑުޖައްސާލި ނަމަވެސް ރައްޔިތުންގެ އިޖްތިމާޢީ ޢާއްމު ޙާލަތު ރަނގަޅު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއަށް ގެންދިޔައެވެ.  

ކޮވިޑްގެ ތެރޭގައި ސިޔާސީ މަސައްކަތްތައް ކުރިއަށް ގެންދިޔަ ނަމަ، އޭގެ ގެއްލުން ޕާޓީގެ މެމްބަރުންނަށާއި، ޢާއްމު ރައްޔިތުންނަށް ލިބިދާނެ ކަމަށް އެ ޕާޓީގެ ކައުންސިލު މެމްބަރުންނަށް ފެނިވަޑައިގަތުމުން ހަރަކާތްތައް މަޑުޖައްސާލީ ކަމަށް އެޕާޓީން ވަނީ ހާމަކުރައްވާފަ އެވެ.

އަހަރެއް ހާ ދުވަސްފަހުން އަނެއްކާވެސް އެމްޑީއޭގެ ސިޔާސީ ހަރަކާތްތައް ފަށާފައި އެވަނީ ރާއްޖޭގެ ކޮވިޑުގެ ހާލަތު ތަންކޮޅެއް ރަނގަޅުވެފައިވާތީއެވެ. އަދި މިއަދު އެ ޕާޓީން ދެކެނީ ރައްޔިތުންގެ ޚިދުމަތަށް އެޕާޓީ ނުކުތުމުގެ ވަގުތު މިހާރު ޖެހިފައިވާ ކަމަށެވެ.  

ޕާޓީގެ ލީޑަރު ސިޔާމް ވިދާޅުވީ އެ ޕާޓީގެ އެންމެ މުހިއްމު އަމާޒަކީ ރައްޔިތުންނަށް އަދުލު އިންސާފު ހޯދައިދިނުން ކަމަށެވެ. އެއާއެކު މިހާރަށް ވުރެ މާރަނގަޅު ގޮތްތަކެއް ވެސް ރައްޔިތުންނަށް ހޯދައިދޭނެ ކަމަށް ވިދާޅުވި އެވެ. އަދި މުޅިރާއްޖެ ތަރައްޤީ ކުރުމެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ ދިވެހި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދިނުން. ރައްޔިތުންގެ އާމްދަނީ އިތުރުކޮށްދީ އިޖުތިމާއީ ދިރިއުޅުމުގެ ހުރިހާ ކަމެއް މިއަށް ވުރެ ރަނގަޅުކޮށްދިނުން. އަޅުގަނޑުމެންނަކީ މިކަން ކުރެވޭނެ ބައެއް،” ސިޔާމް ވިދާޅުވި އެވެ.

“ކޮންމެ ދިވެހި ރައްޔިތަކީ އަމިއްލަ ގެއެއް ހުރި މީހަކަށް މި ޕާޓީން ހަދައިދޭނަން،” ސިޔާމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާއްމުކޮށްފައިވާ މައުލޫމާތުތަކުން އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 6،700 ކަމުގައި ވީނަމަވެސް އެޕާޓީގެ އަމާޒަކީ ކުރިއަށްއޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕާޓީގެ މެމްބަރުންގެ އަދަދު ދެގުނައަށް އިތުކުރުމެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީގެ ކެންޑިޑޭޓަކު ވާދަކުރުމެވެ. ނުވަތަ އިތުރު ޕާޓީތަކާއެކު ކޯލިޝަން ހަދާ އިންތިޚާބު ކާމިޔާބު ކުރުމެވެ.

އަދި ދެން އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުތަކުގައި އެއްވެސް ދާއިރާގެ ގޮނޑިއެއް ދޫކޮށްލުމުގެ ބަދަލުގައި 87 ދާއިރާއަށް އެ ޕާޓީން ވާދަކުރާނެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close