ޔޫރަޕާއި އެމެރިކާގައި މަންކީޕޮކްސް ފެތުރެނީ!
ލަންޑަން (އޭޕީ) — ޔޫރަޕާއި އެމެރިކާގެ ސިއްހީ އިދާރާތަކުން ފާއިތުވި ދުވަސްތަކުގައި ގިނަ އަދަދެއްގެ މަންކީޕޮކްސް ކޭސްތައް ފެނިފައިވާ ކަމަށް ބުނެފިއެވެ.
ގިނަ އަދަދަކަށް ކޭސްތައް ފެނިފައިވާއިރު، ގިނައީ ޒުވާނުންނެވެ. އެއީ އެފްރިކާއިން ބޭރުން މަދުން ނަމަވެސް ފެންނަ ބައްޔެއްގެ ހައިރާން ކުރުވަނިވި ރޯގާއެކެވެ.
ދުނިޔޭގެ ސިއްހީ އޮފިޝަލުން އިތުރު ކޭސްތަކަށް ފާރަލަމުން ދަނީ، ފުރަތަމަ ފަހަރަށް އެފްރިކާއަށް ދަތުރު ނުކުރާ މީހުންގެ ތެރޭގައި މި ބަލި ފެތުރެމުންދާ ކަމަށް ފެންނާތީ އެވެ. ނަމަވެސް އެމީހުން ފާހަގަކުރާގޮތުގައި މިބަލީގެ ސަބަބުން އާންމު އާބާދީއަށް ކުރިމަތިވާ ނުރައްކާ ކުޑަ ކަމަށެވެ.
މަންކީޕޮކްސް އަކީ ކޮބައި ހެއްޔެވެ؟
މަންކީޕޮކްސް އަކީ ރޮޑެންޓްސް އާއި ޕްރައިމެޓްސް ފަދަ ވަލު ޖަނަވާރުތަކުން އުފެދި، ދޭތެރެ ދޭތެރެއިން މީހުންނާ ހަމައަށް ވާޞިލްވާ ވައިރަސްއެކެވެ. އިންސާނުންގެ ގިނަ ކޭސްތައް ފެނިފައިވަނީ މެދުތެރެއާއި ހުޅަނގު އެފްރިކާގައި ކަމަށްވާއިރު، އެ ގައުމުތަކުގައި މި ބަލި ގިނަވެފައިވެ އެވެ.
މި ބަލި އެންމެ ފުރަތަމަ ސައިންސްވެރިން ދެނެގަތީ 1958 ވަނަ އަހަރު ދިރާސާކުރާ މަކުނުތަކުގައި “ޕޮކްސް ކަހަލަ” ބައްޔެއް ދެ ފަހަރު ފެތުރިގެން ދިޔުމުންނެވެ. އެހެންކަމުން މި ބައްޔަށް މަންކީ ފޮކްސް ނަންދީފައިވަނީ ވަނީއެވެ. އިންސާނުންނަށް ފުރަތަމަ މިބަލި ޖެހުނުކަން އެނގުނީ 1970 ވަނަ އަހަރު، ކޮންގޯގެ ދުރު ހިސާބެއްގައި ހުރި 9 އަހަރުގެ ކުޑަކުއްޖަކަށެވެ.
އަލާމާތްތަކަކީ ކޮބައިކަމާއި ފަރުވާ ދެނީ ކިހިނެއް ހެއްޔެވެ؟
މަންކީޕޮކްސް އަކީ ސްމޯލްޕޮކްސް އާއި އެއް ވައިރަސް އާއިލާއަކަށް ނިސްބަތްވާ އެއްޗެއް ނަމަވެސް އޭގެ ސަބަބުން އޭގެ އަލާމާތްތައް ކުޑަކޮށް ތަފާތު ކަމަށް ފެނެ އެވެ.
ގިނަ ބަލިމީހުންނަށް ދިމާވަނީ ހަމައެކަނި ހުމުގެ އިތުރުން ހަށިގަނޑުގައި ރިއްސުމާއި ފިނިވުމާއި ވަރުބަލިވުމެވެ. މިއަށްވުރެ ސީރިއަސް ބައްޔެއް ހުންނަ މީހުންގެ މޫނާއި އަތުގައި ރިއްސުމާއި ލޭހޮޅިތައް އުފެދި ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރިދާނެ އެވެ.
އިންކިއުބޭޝަން ޕީރިއަޑަކީ ގާތްގަނޑަކަށް ފަސް ދުވަހުން ފެށިގެން ތިން ހަފްތާއާ ދެމެދުގެ މުއްދަތެކެވެ. ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ނުޖެހި ގާތްގަނޑަކަށް ދެ ހަފުތާއާއި ހަތަރު ހަފްތާގެ ތެރޭގައި ރަނގަޅުވެއެވެ.
މަންކީޕޮކްސް އަކީ ކޮންމެ 10 މީހެއްގެ ތެރެއިން އެކަކު އެބަލީގައި މަރުވާ ބައްޔަކަށް ވެދާނެ ކަމަށާއި، މިއީ ކުޑަކުދިންނަށް މާ ބޮޑަށް ޖެހޭ ބައްޔެއް ކަމަށް ބެލެވެއެވެ.
ވައިރަސްއަށް ހުށަހެޅޭ މީހުންނަށް ގިނަ ފަހަރަށް ސްމޯލްޕޮކްސްގެ ބައެއް ވެކްސިންގެ ތެރެއިން އެއް ވެކްސިން ދޭއިރު، މިއީ މަންކީޕޮކްސް އާއި ދެކޮޅަށް ފައިދާހުރި ވެކްސިނެއްކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި އެންޓި ވައިރަލް ބޭސްތައް ވެސް ދަނީ އުފައްދަމުންނެވެ.
ބުރާސްފަތި ދުވަހު ޔޫރަޕިއަން ސެންޓަރ ފޯ ޑިޒީސް ޕްރިވެންޝަން އެންޑް ކޮންޓްރޯލް އިން ވަނީ ޝައްކުކުރެވޭ ހުރިހާ ކޭސްތަކެއް އެކަހެރިކޮށް، ހައި ރިސްކް ކޮންޓެކްޓްތަކަށް ސްމޯލްޕޮކްސް ވެކްސިން ދިނުމަށް ލަފާދީފަ އެވެ.


