ނަރަވެލި

ހަޖަމުގެ މައްސަލަ ދިމާވާނަމަ މި ކާނާތަކުގެ ބޭނުންކުރައްވާ!

ހަޖަމުގެ މައްސަލައަކީ ގިނަ ބަޔަކަށް ދިމާވެފައިވާ މައްސަލައެކެވެ. ހަމައެކަނި އެމެރިކާގެ އާބާދީގެ 62 މިލިއަން މީހުންގެ މި މައްސަލަ ހުންނަ ކަމަށް ވެއެވެ. ކާނާ ހަޖަމުނުވުން ރަގަޅުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ކެއުމެއް ނުވަތަ ބުއިމެއް އެ ފަދަ މީހުންނަށް ބޭނުންވެއެވެ. އެގޮތުން މި ކޔައިދޭ ބާވަތްތައް ބޭނުންކުރުމުން، ހަޖަމުވުން ރަމގަޅުވެ، މައިދާގެ މަސައްކަތްތަކަށް ދިރުން ގެނެސްދެއެވެ. މީގެ އިތުރުން، ބަނޑުހިކި ފާޚާނާ ނުކުރެވި ގިނަ ދުވަސްވާނަމަ އެކަން ހައްލުކުރުމަށް ވެސް މި ބާވަތްތައް ބޭނުންކުރެވިދާނެ އެވެ.

ފަޅޯ

ފަޅޮލަކީ ވަރަށް މަތީ ޑައިޔުރެޓިކް ވެލިއުއެއް ހުންނަ އެއްޗެކެވެ. މީގެ މާނައަކީ އޭގެ ސަބަބުން ޔޫރިން ސްޓިމިއުލޭޓްކޮށްދީ، ހަށިގަނޑުން ފެނާއި ލޮނު ބޭރުކުރުމަށް ބާރުއަޅާވާހަކައެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ކޮލޮން ކެންސަރުން ރައްކާތެރިވުމަށް ވެސް އެހީތެރިވެދޭ އެއްޗެކެވެ.

އާޓިކޯކްސް

އާޓިކޯކްގައި އިންސިއުލިން އެކުލެވިގެން ވެއެވެ. މިއީ އެތެރެހަށީގެ ގުނަވަންތައް ރަނގަޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭ ފައިބަރުގެ ބާވަތެކެވެ.

ގްރީން ބީންސް

ގްރީން ބީންސް އަކީ ހަށިގަނޑަށް ގިނަ އަދަދަކަށް ވިޓަމިންސް، މިނަރަލްސް، އެންޓިއޮކްސިޑެންޓްސް، އަދި ސޮލިއުބަލް ފައިބަރު ގެނެސްދޭ އެއްޗެކެވެ. އެތެރެހަށީގެ ގުނަވަންތަކަށް ބޭނުންވާ މުހިންމު ހަކަތަ އުފައްދައެވެ. ތިބާގެ ޑައިޓުގައި އެންމެ އައިޑިއަލް މިންވަރަކީ ހަފުތާއަކު ތިން ފަހަރު 250 ގްރާމް ގެ ގްރީން ބީންސް އެވެ.

ޒައިތޫނި ތެޔޮ

ޒައިތޫނިތެޔޮ ނުވަތަ އޮލިވް އޮއިލްގައި އެކުލެވިގެންވާ ސިއްހަތަށް ފައިދާހުރި ފެޓްސް އަކީ އެތެރެހަށީގެ ޓްރާންސިޓް ޕްރޮމޯޓްކުރާ އެއްޗެކެވެ. މި ތެޔޮ ބޭނުންކުރުމަށް އެންމެ ރަނގަޅު ގޮތަކީ ފައިބަރުން މުއްސަނދިވެފައިވާ ރަނގަޅު ސެލެޑެއްގެ ތެރެއަށް އެ ތެޔޮ އިތުރުކޮށްލުމެވެ.

ހޯލް ގްރެއިން ރައިސް

ބްރައުން ރައިސް ގައި ލަކްޝަޓިވް އިފެކްޓްސް ހުރުމުގެ އިތުރުން މިނަރަލްސް އާއި ވިޓަމިންބީ ވެސް ފޯރުކޮށްދޭ ކަމަށްވެއެވެ. ހުދު ރައިސް އާއި ޚިލާފަށް، މި ކާނާއަކީ، ބަނޑުގައި ރިއްސުން ހުއްޓުވުމަށް އެހީތެރިވެދޭ އެއްޗެކެވެ. ހަފްތާއަކު ތިން ފަހަރު ކެއުމަށް އާދަކުރާށެވެ.

އޯޓް ފްލޭކްސް

އޯޓް ފްލޭކްސް އަކީ ސޮލިއުބަލް ފައިބަރުގައި ހިމެނޭ އެންމެ މުއްސަނދި ހޯލް ގްރެއިން ސީރިއަލްތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. ހަޤީޤަތުގައި ތިބާ ނަގާ ހުރިހާ ސީރިއަލްއަކީ ވެސް ފައިބަރު އަދި ނިއުޓްރިއެންޓްސް ގިނައިން އެކުލެވޭ އެއްޗަކަށް ވާންޖެހޭތީ، ހޯލް ގްރެއިންސް އަކީ މިކަމަށް އޮތް ހައްލެކެވެ. އޯޓް ފްލޭކްސްގެ އައިޑިއަލް މިންވަރަކީ ދުވާލަކު 50 ގްރާމެވެ.

ކިވީ

ކިވީ އަކީ ހަޖަމު ރަނގަޅު ކުރުމަށް އެންމެ ރަނގަޅު އެއް މޭވާ އެވެ. އޭގައި ފައިބަރު އަދި ވިޓަމިން ސީ ސަޕްލައި ވަރަށް ބޮޑެވެ. ޑޮކްޓަރުން ލަފާ ދެނީ ދުވާލަކު 2 ކިވީ ކެއުމަށެވެ. ހެނދުނުގެ ނާސްތާ ގެ ވަގުތުގައި ކައިފިނަމަ ހުރިހާ ކަމެއްވެސް ރަނގަޅުވާނެއެވެ.

ހިކި މޭބިސްކަދުރު

ހިކިމޭބިސްކަދުރަކީ ފައިބަރު އަދި ނިއުޓްރިއެންޓްސް ގެ ވަރަށް ބޮޑު ބާވަތެކެވެ. ދުވާލަކު ދެ ފަހަރު އޭގެ މިންވަރެއް ކާނަމަ ހަޖަމު ކުރުމުގެ ބައި ރަނގަޅުކޮށްދޭނެ އެވެ.

އާމަންޑްސް

ހުރިހާ ނަޓްސްއަކީ ވެސް ފައިބަރުން މުއްސަނދި ވެފައިވާ ނަޓްސް ތަކެއް ނަމަވެސް އާމަންޑްސް އަކީ ފައިބަރު އެންމެ ގިނައިން އެކުލެވޭ ނަޓްސް އެވެ. ޕިސްޓާޗިއޯ، ވޯލްނަޓް އަދި ހެޒަލްނަޓް އުޅޭނީ އޭގެ ފަހަތުގައެވެ. ނަޓްސް ހަޖަމުކުރުމަށް އެހީތެރިވެދޭއިރު، އެފަދަ ބާވަތްތައް މާގިނައިންވެސް ކެއުން ރަނގަޅެއް ނޫނެވެ. ސަބަބަކީ އެތަކެއްޗަކީ ކެލޮރީސް ގިނަ އެއްޗިއްސަށް ވާތީއެވެ.

ލެގޫމްސް

ބީންސް، ދަ ލެގޫމް އަކީ ހުރިހާ ގޮތަކުން ވެސް ރިކޮމެންޑަބަލް ކާނާ އެކެވެ. އެއީ އެންމެންގެ ވެސް އެންމެ ފޭވަރިޓް ޑިޝްއަށް ނުވެދާނެ އެވެ. ނަމަވެސް އަހަރެމެންގެ އެތެރެހަށީގެ ގުނަވަންތައް ރަނގަޅަށް މަސައްކަތް ކުރުމަށް ލެގޫމް އެހީތެރިވެދެއެވެ.

އެވޮކާޑޯ

ސައިންސްޑެއިލީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެވޮކާޑޯ އަކީ ހަޖަމު ކުރުމަށް އެހީތެރިވެދޭ ކާނާއެކެވެ. ސިއްހަތަށް ފައިދާހުރި ފެޓްސް އިން މުއްސަނދިވުމުގެ އިތުރުން ސޮލިއުބަލް އަދި އިންސޮލިއުބަލް ފައިބަރުގެ ކާބޯހައިޑްރޭޓްސް ލިއްބައިދެއެވެ. ދުވާލަކު ބައި އެވޮކާޑޯ ކެއުމުން ރަނގަޅުވާނެ އެވެ.

އޮރެންޖް

ގިނަ ޢަދަދަކަށް ވިޓަމިން ސީ އޮރެންޖްގައި އެކުލެވިގެން ވުމުން އޮރެންޖު ގެ ސަބަބުން ގަވާއިދުން ހަޖަމް ކުރުމުގެ ރޮނގުން ވަރަށް ރަނގަޅު ނަތީޖާތަކެއް ލިއްބައިދެއެވެ.

ހޯލް ގްރެއިން ބްރެޑް

ޓްރެޑިޝަނަލް ބްރެޑް އަކީ ޢާއްމުގޮތެއްގައި ބަނޑުގައި ރިއްސުމާއެކު މީހާ ވަރުބަލި ކޮށްލާ އެއްޗެކެވެ. ނަމަވެސް ހޯލް ގްރެއިން ބްރެޑް (ނުވަތަ އެނޫންވެސް ސީޑް ބްރެޑް) އަކީ ތިބާގެ ބަނޑުގެ ހަރަކާތް ރެގިއުލޭޓް ކުރުމަށް އެހީތެރިވެދޭނެ އެއްޗެކެވެ.

ފިގްސް

ހާއްސަކޮށް ހިކިކޮށް ހުންނައިރު ފިގްސް އަކީ ވަރަށް އެފެކްޓިވް ކޮށް ހުންނަ މަސާނާ އެކެވެ. ގަވާއިދުން މި ކާނާ ކެއުމަކީ ހަޖަމުކުރުމުގެ ނިޒާމަށް އެންމެ އެކަށޭނަ އެއްޗެކެވެ.

ޕެއާސް

ފެހި އަދި އެކަށީގެންވާ މިންވަރަށް ދޮންވެފައި ނުވާ ކެއުމަށް ސަމާލުވާށެވެ. އޭގައި ވަރަށް ގިނަ އަދަދަކަށް ފެން އެކުލެވިގެންވާއިރު، މިއީ އެތެރެހަށީގެ ގުނަވަންތައް ރަނގަޅަށް ހިންގުމަށްވެސް މުހިއްމު އެއްޗެކެވެ.

ކަދުރު

ކަދުރަކީ އެތެރެ ހަށީގެން ގުނަވަންތަކަށް ވަރަށް ރަގަޅު މޭވާއެކެވެ. އަދި ޚާއްޞަކޮށް ހަޖަމްގެ ނިޒާމަށް މިވަރެއްނޯންނާނެއެވެ.

ސްޕިނެޗް

ސްޕިނެޗްގައި ފައިބަރު އަދި މެގްނީޒިއަމް ގިނަ އަދަދަކަށް އެކުލެވިގެންވާއިރު، މިއީ ހަޖަމުކުރުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ.

ޒައިތޫނި

ޒައިތޫންޏަކީ ކެއުމުގައި ހިމަނާލަން ރަނގަޅު މޭވާއެކެވެ.  ދުވާލަކު 25 ގްރާމް، ގެ މިންވަރަކަށް އާދަވެގެން ޒައިތޫނި ކާނަމަ ހަޖަމްގެ މައްސަލަ ދިމައެއް ނުވާނެއެވެ.

ފެން

ގިނައިން ފެން ބުއިމަކީ އެތެރެހަށީގެ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ޖުމްލަގޮތެއްގައި، އެކަށީގެންވާ ހައިޑްރޭޝަންގެ ސަބަބުން އަޅުގަނޑުމެންގެ ހަށިގަނޑުގެ މަސައްކަތް މިހާރަށްވުރެ ރަނގަޅަށް ކޮށްދޭނެއެވެ.

ކޮފީ

ކޮފީ އަކީ ހަޖަމު ކުރުމަށް ރަނގަޅު އެއްޗެކެވެ.  ނަމަވެސް ކެފެއިންގެ ސަބަބުން ހަޖަމުގެ ނިޒާމަށް ބައެއް ފަހަރު ބުރޫ އަރައި، ގުދުރަތީ ރިދަމް ބްރޭކް ކޮށްލަ އެވެ. އެކަމަކު ކޮފީ މެދު މިންވަރަކަށް ބޭނުން ކުރުމަކީ ހަޖަމު ރަނގަޅު ކޮށްދޭކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close