ނަރަވެލި ޔޫކްރެއިންގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގެ 50 ދުވަސް، ދުނިޔެ ބަދަލުކޮށްލި ގޮތް

ޔޫކްރެއިންގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގެ 50 ދުވަސް، ދުނިޔެ ބަދަލުކޮށްލި ގޮތް

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

މީގެ 50 ދުވަސް ކުރިން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވަނީ އަވަށްޓެރި ޔޫކްރެއިންއަށް އަސްކަރީ ޙަމަލާއެއް ދިނުމުގެ މަސައްކަތް ފަށާނެކަން އިޢުލާނުކުރައްވާފައެވެ. ރަޝިޔާގެ އަސްކަރީ އަދި ވައިގެ ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގެ ސިޓީތައް ސުންނާފަތިވެ، ކްރެމްލިންގެ ފައުޖުތައް ބޯޑަރު ހުރަސްކޮށް ޔޫރަޕަށް ހިޖުރަކުރަން ފަށައިފިއެވެ.

ރަޝިޔާއިން ދާދިފަހުން އިސްތިޢުމާރުކޮށްފައިވާ ޓައުނެއްގައި ބޮޑެތި ވަޅުގަނޑުތަކެއް ފެނުމާ އެކު، މަރުގެ އަދި އަނިޔާގެ ހިތްދަތި ތަސްވީރުތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ސިހުން ލިބިގެންދިއައެވެ. ޕުޓިންއަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް ލޭބަލް ކުރެވިފައިވާއިރު ހުޅަނގުގެ ގިނަ ލީޑަރުން ވަނީ ރަޝިޔާއިން “ނަސްލު ނައްތާލުމުގެ ޖަރީމާއެއް” ހިންގާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ޕޫޓިންގެ އިންގިލާބުގެ ސަބަބުން ޔޫކްރެއިންގެ އިތުރުން ދުނިޔޭގެ ކަންކޮޅުތަކަށް އެކަމުގެ ނޭދެވޭ އަސަރުތައް ފޯރައެވެ. އޭގެ ސަބަބުން ގައުމުތަކަށް ވަނީ ނިއުޓްރަލިޓީ އާއި ރެފިއުޖީންގެ ސިޔާސަތާ މެދު އަލުން ވިސްނަން މަޖުބޫރުވެ، ދުނިޔޭގެ އިގުތިސޯދު ހަލަބޮލިވެދާނެ ކަމުގެ ބިރު ހީވެފަ އެވެ.

އާދެ، މިވޭތުވެދިޔަ 50 ދުވަހުގެ ތެރޭގައި ދުނިޔެ ބަދަލުވެގެން ދިޔަގޮތަށް ބަލައިލަމާތޯއެވެ.

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިން ފިލައިގެން ދިޔަ މީހުންނަށް ޕޮލެންޑްގެ މެޑިކާގައި ވަގުތީ ހިޔާއެއް / ފޮޓޯ: ރޮއިޓާސް

ޔޫކްރެއިންގެ ރެފިއުޖީންނަށް ހޫނު މަރުޙަބާއެއް

ޔޫކްރެއިންގެ 4.6 މިލިއަން މީހުން އެ ގައުމު ދޫކޮށް ގޮސްފައިވާ އިރު، ގިނަ ބަޔަކު ވަނީ ޕޮލެންޑާއި ރޫމޭނިއާ ފަދަ އަވަށްޓެރި ސްޓޭޓްތަކަށް ފިލައިގެން ގޮސްފަ އެވެ. މި އިން ކޮންމެ ސަރުކާރަކުން ވެސް މީގެ ކުރިން ރެފިއުޖީންނަށް މަރުހަބާ ނުކިޔާ މިންވަރަށް ބޯޑަރުތައް ހުޅުވާލައިފައިވާއިރު، މި އިންފްލުއެންޝަނަށް ޖާގަ ދިނުމުގެ ގޮތުން ޔޫރަޕްގެ ލީޑަރުން ވަނީ އެއް ރޫހެއްގައި ސިޔާސީ ގޮތުން އެއްގަލަކަށް އަރައި، ހިމާޔަތް ހޯދުމުގެ ޕްރޮސެސް ތަރުތީބުކޮށްފަ އެވެ.

ސްވިޓްޒަލެންޑްގެ ލުޒާންގައި ބޭއްވި ފައިނޭންޝަލް ޓައިމްސް ކޮމޯޑިޓީސް ގްލޯބަލް ސަމިޓްގެ ބޭރުގައި ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާ ދެކޮޅަށް އަންގާރަ ދުވަހު ބޭއްވި މުޒާހަރާގައި މުޒާހަރާގެ ބައިވެރިން ވަނީ “ބޮއިކޮޓް ނެސްލޭ” ކަމަށް ބުނެ ޝުއޫރުތައް ލިޔެފައިވާ ބެނާތަކެއް ހިފައިގެން / ފޮޓޯ: ރޮއިޓާސް

ޖަޕާނުން ވެސް ވަނީ ޔޫކްރެއިންގެ އެތައް ހާސް ރައްޔިތުންނެއް ބަލައިގެންފައެވެ. އޭޕްރީލް މަހުގެ ކުރީކޮޅު ޓޯކިޔޯއިން ވަނީ 400 އަށްވުރެ ގިނަ މީހުންނަށް މަރުޙަބާ ކިޔާފައެވެ.

ޔޫކްރެއިންގެ ރެފިއުޖީންނަށް ދިން ހޫނު މަރުހަބާގެ ސަބަބުން އެޤައުމުގެ ރައްޔިތުން ހިތްހަމަ ޖެހިފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސޫސް ދާދިފަހުން ވަނީ އިތިއޯޕިއާ އާއި ޔަމަން ފަދަ ގައުމުތަކަށް ވުރެވެސް ޔޫކްރެއިންގެ ހާލަތު ގޯސްވެފައިވާކަމަށް ފާހަގަކުރައްވާފައެވެ.

ސިޔާސީ ނޮން-އެލައިންމަންޓް ގެ ވިސްނުން

ރަޝިޔާއާ ދެކޮޅަށް ހުޅަނގުން އިސްވެ އޮވެ ކުރި މާލީ ހަނގުރާމައިގައި ބައިވެރިވެފައިވާ ގިނަ ޤައުމުތަކަކީ އާދަޔާ ޚިލާފަށް ސިޔާސީ ގޮތުން ނިއުޓްރަލް ނުވަތަ ރަޝިޔާގެ ވެރިންނާ އިޤްތިޞާދީ ގޮތުން ގާތް ގުޅުންތަކެއް އޮންނަ ޤައުމުތަކެވެ.

އެހެންނަމަވެސް މި ޙަމަލާ ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސްވިޓްޒަރލޭންޑުން ވަނީ މޮސްކޯއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގައި ޔޫރަޕިއަން ޔޫނިއަންއާ ބައިވެރިވާނެކަން އިޢުލާނުކޮށްފައެވެ. ރަޝިއާގެ މުއްސަނދި މަހުޖަނުން ގޮނޑިކޮއްކޮ މޮނާކޯ އިން ވެސް ވަނީ އީ.ޔޫ.ގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެއްގޮތަށް ރަޝިއާގެ ވެރިންގެ އެސެޓްތައް ފްރީޒް ކުރުމަށް އެއްބަސްވެފައެވެ.

ހަމަ އެފަދައިން، އދގެ ސަލާމަތީ މަޖިލީހުގެ ގަރާރެއް ނެތި، ގައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ސިންގަޕޫރުން އެޅި ފިޔަވަޅަކީވެސް “އާދަޔާ ޚިލާފު” ފިޔަވަޅެއް ކަމަށް ސިންގަޕޫރުން ވަނީ ސިފަކޮށްފައެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް ދަނީ އިތުރުވަމުންނެވެ. ރަޝިއާގެ ފައިސާގެ އަގު ކޮންމެވެސް ވަރަކަށް ރަނގަޅުވެފައި ވީ ނަމަވެސް، ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި މި އަހަރު ރަޝިއާގެ އިގްތިސޯދު 11.2 ޕަސެންޓް ދަށް ވެދާނެ އެވެ.

ވެރިރަށް މޮސްކޯގެ މެދުތެރޭގައި ހުންނަ ކަރަންސީ އެކްސްޗޭންޖް އޮފީހެއްގެ ކައިރިން ބަޔަކު ހިނގާފައި ދަނީ / ފޮޓޯ: ރޮއިޓާސް

ރަޝިޔާގެ އިޤްތިޞާދު ހުއްޓުމެއްނެތި ޑިގްލޯބަލައިޒްވަމުން ގެންދިއުން

2014 ވަނަ އަހަރު ކްރައިމިއާ ހިފުމަށް ޕޫޓިން ކުރެއްވި މަސައްކަތަށް ބައިނަލްއަގްވާމީ ގޮތުން ރައްދު ދިނުމުގެ ސަބަބުން ރަޝިޔާގެ މުޖުތަމައާއި އިގުތިސޯދު ހުޅަނގުގެ ދުނިޔެއިން ވަކިކުރުމުގެ މަސައްކަތް ފެށުނު ނަމަވެސް، ފެބްރުވަރީ 24 ވަނަ ދުވަހު ރަޝިޔާގެ އިންގިލާބުގެ ސަބަބުން އެ މަސައްކަތް ވަނީ ވަރަށް ބޮޑަށް އަވަސްވެފައެވެ.

އެމީހުންގެ އަމިއްލަ ސަރުކާރުތަކާއި ކޮންސިއުމަރސްގެ ޕްރެޝަރުގެ ސަބަބުން ބޮޑެތި ކުންފުނިތަކާއި ޖަމާޢަތްތަކުން ވަނީ ޕުޓިންގެ ޤައުމުގައި ހިންގާ އޮޕަރޭޝަންތައް ހުއްޓާލުމަށް ނުވަތަ ބޭރަށް ނުކުތުމަށް ބަދަލުވެ، ރަޝިޔާގެ ގިނަ ކޮންސިއުމަރ މުދާ ލިބުމުގެ ފުރުޞަތު ހަނިކޮށްފައެވެ. ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތަކާއި މަޝްހޫރު ސަގާފީ މުއައްސަސާތަކުން ވެސް ވަނީ ރަޝިއާގެ ބައިވެރިންނާ ގުޅުން ކަނޑާލައިފައެވެ.

ޗާންސެލަރ އޯލާފް ޝޮލްޒް އިސްކޮށް ހުންނަވައިގެން ޖަރުމަނު ސަރުކާރުން ވަނީ ދިފާއީ ޚަރަދުތައް ވަރަށް ބޮޑަށް އިތުރުކޮށް ޔޫކްރެއިންއަށް އަސްކަރީ އެހީ ފޮނުވާފައި / ފޮޓޯ: ރޮއިޓާސް

ޖަރުމަނުގެ ދިފާޢީ ޚަރަދުތަކަށް ބޫމްއެއް

ޔޫރަޕްގެ އެންމެ ބޮޑު އިގުތިސޯދު އަދި ނޭޓޯގެ ނުފޫޒުގަދަ މެމްބަރު ގައުމަކަށް ވީ ނަމަވެސް، ޖަރުމަނުން ދުނިޔޭގެ މައިދާނުގައި ފައިހަމަ ކުރުމަށް ޒަމާނުއްސުރެ ސަމާލުކަން ދެއެވެ. ފިނި ހަނގުރާމައަށްފަހު ބާލިންއިން ވަނީ މޮސްކޯއާއެކު އިގްތިސާދީ އަދި ހަކަތައިގެ ވަރުގަދަ ގުޅުންތަކެއްވެސް އުފައްދާފައެވެ.

ނަމަވެސް ޕުޓިންގެ މި ޖަރީމާގެ ސަބަބުން ޖަރުމަނަށް ވަނީ މިސްރާބު ބަދަލުކުރަން މަޖުބޫރުވެ ފަހަތަށް ޖެހިވަޑައިގެންފައެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅު ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލާފް ޝޮލްޒް ވިދާޅުވީ އޭނާގެ ސަރުކާރުން ދިފާޢީ ޚަރަދުތައް ވަރަށް ބޮޑަށް އިތުރުކުރާނެކަމަށެވެ. އަދި ޔޫކްރެއިންއަށް ހަތިޔާރު ފޯރު ކުރުމުގައި ވެސް އިތުރަށް ވިސްނާނެނެ އެވެ.

ދިގު މުއްދަތުގެ ޚަރަދުތަކުގެ ވަޢުދުތަކާއެކު، ޖަރުމަނުވިލާތުގެ އަސްކަރިއްޔާއިން އެޤައުމުގެ ދިފާޢީ ބަޖެޓަށް ވުރެ ދެގުނަ އިތުރު 110 ބިލިއަން ޑޮލަރުގެ ބަޖެޓެއް ވަނީ ފާސްކޮށްފައެވެ.

ދުނިޔޭގެ ދިރިއުޅުމަށް ހުރި ނުރައްކަލެއް

ހަނގުރާމައިގެ ކުރިން ޔޫކްރެއިން އަކީ ދުނިޔޭގައި ހަތަރުވަނައަށް އެންމެ ގިނައިން ކުކުޅު ބިހާއި ގަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ ގައުމެވެ. ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ރަޝިޔާއަކީވެސް އެންމެ ގިނައިން ތަރުކާރީ ސަޕްލައިކުރާ ޤައުމެވެ. ނަމަވެސް ދިގުދެމިގެން ދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަކެތީގެ އަގުތައް އުފުލި، ކާބޯތަކެތީގެ ރައްކާތެރިކަމާއި ފަގީރުކަން ނައްތާލުމަށް އެފްރިކާ އާއި މެދުއިރުމަތީގައި ކުރަމުންދާ މަސައްކަތްތަކަށް ވަނީ ނުރައްކާކުރިމަތިވެފަ އެވެ.

އެމެރިކާގައި ޕެޓްރޯލްގެ އެވްރެޖް އަގު ފާއިތުވި އަހަރުތަކުގައި ހުރީ އެންމެ މަތީ މިންވަރާ ކައިރީގައި / ފޮޓޯ: ބްލުންބާގް

ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ 41 މިލިއަން މީހުންނަށް ކާބޯތަކެއްޗާއި ނިއުޓްރިޝަންގެ ކާރިސާއެއް މިއަހަރު ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމުން ބުނެފައި މިވަނީ، މި ސަރަހައްދަކީ ފާއިތުވީ ގަރުނެއްހާ ދުވަހުގެ ތެރޭގައި އެންމެ ބޮޑު އަގުތަކެއް އުފުލި، ގޮވާމާއި، ތެލާއި، ތަރުކާރީ ފަދަ ބާވަތްތަކުގެ އަގުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާ ސަރަހައްދަކަށް ވެފައި، ކާބޯތަކެއްޗާއި ނިއުޓްރިޝަންގެ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ބުނެއެވެ. މި ހަނގުރާމައިގެ ސަބަބުން ޔޫކްރެއިން އާއި ރަޝިއާގެ އިމްޕޯޓަށް ބަރޯސާވާ މިސްރު، ސީރިއާ އަދި ލެބަނަން ފަދަ ގައުމުތަކުގައި އަސާސީ ކާބޯތަކެތި ގަތުމުގެ ބިރުވެރިކަން ވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އަންގާރަ ދުވަހު ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއު ޓީ އޯ) އިން ވަނީ ހަނގުރާމައިގެ ކުރިން މި އަހަރުގެ ކުރިއެރުމުގެ އަންދާޒާ 4.1 ޕަސެންޓުން 2.8 ޕަސެންޓަށް ދަށްކޮށްފަ އެވެ. އަދި ހަނގުރާމަ ދިގުދެމިގެންގޮސް، ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، އެ ހަނގުރާމަދިގުދެމިގެންދާނަމަ މި ގެއްލުން ތައް އިތުރުވެގެންދާނެވެ.

ޓެގް

ޔޫކްރެއިން ޔޫކްރެއިންހަނގުރާމަ ރަޝިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.