ނަރަވެލި

މިސްރުގެ ސަޤަރާއިން ދާދިފަހުން ފެނުނު ޒަމާންވީ ތާރީޚީ ވަޅުތައް

މިސްރުގެ ވެރިރަށް ގާހިރާގެ ބޭރުގައި ހުންނަ ފަރޯނިކް ނެކްރޮޕޮލިސް ގައި ދާދި ފަހުން ވަނީ ވަރަށް ފުރިހަމައަށް ޒީނަތްތެރިކޮށްފައިވާ އާސާރީ ވަޅުތަކެއް ދައްކާލާފައެވެ.

މި މަހުގެ ކުރީކޮޅު ން ފެށިގެން މިހާތަނަށް މިފަދަ ފަސް ވަޅުފެނިފައިވާއިރު، އެއީ މުސްކުޅި ރަސްކަން (1570 B.C) އަދި )1069 (B.C. އާއި، މުސްކުޅި ރަސްކަން ވެއްޓުނުތާ ގަރުނަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ވަޅުތަކެއް ކަމަށާއި، އެއީ ފުރަތަމަ އިންޓަމީޑިއޭޓް ޕީރިއަޑް ކަމަށްވެސް މިސުރުގެ މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންޓިކުއިޓީސް ވަނީ ބުނެފަ އެވެ.

މިސުރުގެ ސުޕްރީމް ކައުންސިލް އޮފް އެންޓިކުއިޓީސްގެ ސެކްރެޓަރީ ޖެނެރަލް މުސްތާފާ ވަޒީރީ ވިދާޅުވީ، މިސްރުގެ އާކިއޮލޮޖިސްޓުން މިދިޔަ ސެޕްޓެމްބަރު މަހު މިތަން ކޮންނަން ފެށި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ވަޅުތަކަކީ އިހު ޒަމާނުގައި މިސްރުގައި ހުރި ގަނޑުވަރުގެ ސަރަހައްދީ ގަވަރުނަރުންނާއި ސުޕަވައިޒަރުން ހިމެނޭ ގޮތަށް އިސް އޮފިޝަލުންނަށް ހާއްސަ ވަޅުތަކެކެވެ.

“އެ ފަސް ވަޅުގެ ތެރެއިން ކޮންމެ ވަޅަކީވެސް ވަރަށް ރަނގަޅަށް ކުރަހާ ކުލަ ލާފައި، ވަރަށް ރީތިކޮށް ފަރުމާކޮށްފައިވާ ވަޅެކެވެ.  އޭގެ އިތުރު ވަޅުތައް ފެނޭތޯ މިސުރުގެ އާކިއޮލޮޖިސްޓުން ދަނީ މަސައްކަތް ކުރަމުންނެވެ. އަޅުގަނޑުމެން ރާވަމުން މިދަނީ އަޅުގަނޑުމެންގެ އެކްސްކެވޭޝަންތައް ކުރިއަށް ގެންދިޔުމަށް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ދާއިރާއިން އިތުރު ވަޅުތައް ހޯދޭނެ،” އެ ސައިޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

މި ވަޅުތައް ފެނިފައިވަނީ ގާހިރާގެ ހުޅަނގު ދެކުނުން 24 ކިލޯމީޓަރު (15 މޭލު) ދުރުގައި އޮންނަ ސަޤްރާ ނެކްރޮޕޮލިސް ގައި ހުންނަ ޑުޖޯސަރގެ ސްޓެޕް ޕިރަމިޑް ކައިރިންނެވެ.

މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި ހިއްސާކޮށްފައިވާ ފުޓޭޖްތަކުން ފެންނަ ގޮތުގައި ވަޅުތަކުގެ ގޮޅިތައް ވަނީ އެކިއެކި ގޮތްގޮތަށް ބައިކޮށްފައެވެ. އަދި ވަޅުތަކަށް ދާ ގޮތަށް ހުރި މަގުތައް ވެސް ފެންނަން ހުއްޓެވެ. ފާރުތައް ޒީނަތްތެރިކޮށްފައި ވަނީ ހިރޮގްލިފިކް ލިޔުންތަކާއި، ޖަނަވާރުތަކުގެ ފޮޓޯތަކާއި، އިހު ޒަމާނުގެ މިޞްރު މީހުން ބޭނުންކުރި އާފްޓަރ ލައިފް އައިޓަމްތަކުންނެވެ.

ސަޤްރާ ސައިޓަކީ މިސްރުގެ ޒަމާންވީ ވެރިރަށް މެމްފިސްގައި ހުންނަ ނެކްރޮޕޮލިސްގެ ތެރޭގައި ހިމެނޭ މަޝްހޫރު ގީޒާ ޕިރަމިޑްތަކުގެ އިތުރުން އަބޫ ސަރ، ދަހްޝޫރު އަދި އަބޫ ރުވޭޝްގައި ހުންނަ ކުދި ޕިރަމިޑްތައް ވެސް ހިމެނޭ ގޮތަށް ހަދާފައިވާ ސައިޓެކެވެ. މެމްފިސްގެ ހަލާކުވެފައިވާ ތަންތަން ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 1970ގެ އަހަރުތަކުގައެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި މިސްރުން ވަނީ ބައިނަލްއަގްވާމީ މީޑިއާތަކާއި ޑިޕްލޮމެޓުންނަށް އާ އާއާކިއޮލޮޖިކަލް ހޯދުންތަކެއް ޕްރޮމޯޓްކޮށް، އެ ގައުމަށް އިތުރު ފަތުރުވެރިން ގެނެވޭނެ ކަމުގެ އުއްމީދުގައި އާކިއޮލޮޖިކަލް ހޯދުންތަކެއް ޕްރޮމޯޓްކޮށްފައެވެ.

މިސްރުގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލި އިންގިލާބަށް ފަހު ސިޔާސީ ހަލަބޮލިކަމާއި ހަމަނުޖެހުންތަކުގެ ސަބަބުން މިސްރަށް ވަނީ އެތައް އަހަރެއް ވަންދެން ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

19 މާޗް 2022، މިސްރުގެ ގީޒާގައި ހުންނަ ސަޤަރާ ސަރަހައްދުން ދާދި ފަހުން ފެނުނު ވަޅުގައި، ސުޕްރީމް ކައުންސިލް އޮފް އެންޓިކުއިޓީސްގެ ސެކްރެޓަރީ ޖެނެރަލް މުސްތާފާ ވަޒީރީ ކުޑަ ސްޓެޗޫއެއް ދައްކާލަނީ — ފޮޓޯ: ރޮއިޓާސް.

ފަހަކަށް އައިސް މި ސިނާއަތް ރަނގަޅުވާން ފަށާފައިވީ ނަމަވެސް، ކޮރޯނާވައިރަހުގެ ބަލިމަޑުކަމުންނާއި، ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމުން ލިބުނު ގެއްލުންތަކުގެ ސަބަބުން އަނެއްކާވެސް މި ސިނާއަތަށް ވަނީ ހީނަރުކަން އައިސްފައެވެ. ރަޝިއާގެ އިތުރުން ޔޫކްރެއިން އަކީ މެދުއިރުމަތީގެ ގައުމުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ބޮޑު ބާޒާރެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close