ޅެން ލޯތްބަކީ….!

ލޯތްބަކީ….!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލޯތްބެއްގެ ފުރިހަމަ ފެށުމަކީ ނުރުހުންކަމަށް ބުނެވޭމެޔޭ

    ލޯތްބަށް އެހިތުގައި ނަފުރަތެއް އުފެދުންއެއީ ލޯތްބެއްމެޔޭ

ކަށަވަރުކުރަން ދާކަށްތަނެއް ނޯންނާނެތީ އަލަކުންބަލަން

    ދަރަކަށް ތިބާގޮސް ބެލިޔަކަސް ސާބިތުވެވެން ނޯވޭމެޔޭ

ލޯތްބާނުލާ އެއްވެސްކަމެއް ނުމެވާކަމަށް ހީކުރެވުނަސް

    ލޯތްބެއްއެއީ ނެތްއެއްޗަކަށް ދޮންބެގެބަހުން ސާބިތުވެޔޭ

އެކިދަޅަތަކަށް އެކިގޮތްގޮތަށް ހިނިތުންވެލާ އެއުޅޭގޮތުން

          ދެކިގެންއެއީ ލޯތްބޭހިތާ ބުނިހާކަމެއް ކޮށްދޭމެޔޭ

އެއަރާބުރޫ ނޭނގޭގޮތަށް އެކިކަންކަމާ ގުޅުވާލަމުން

      އެއަރާރުމެއް އެގޮތަށްފެށެވި ދިގުދެމިއެހެން އެބަދޭމެޔޭ

އަހަރެން ބުނާނީ ލޯތްބަކީ ވާއެއްޗެކޭ އެބުނާގޮތުން

     ޒަހަރެއްކަމަށް ހީކުރެވުނަސް ފޮނިއެއްޗަކަށް ބެލެވޭމެޔޭ

ޓެގް

ހިތްފަހި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.